Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ ބަހެއް ނެތި އެކުލަވާލާ ފްލެޓް ލިސްޓެއް ބަލައެއް ނުގަންނާނަން - އާޒިމް

14 ފެބުރުއަރީ 2025 | ހުކުރު 13:20

މިހާރު އެކުލަވާލާ ފްލެޓް ލިސްޓެއްގައި ސިޓީ ކައުންސިލްގެ ބައިވެރިވުން ނެތްކަން އާޒިމް ފާހަގަކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ފެބުރުއަރީ 2025 | ހުކުރު 13:20
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް

މާލެ ސިޓީ ކައުންސިލްގެ ބަހެއް ނެތި އެކުލަވާލާ ފްލެޓް ލިސްޓެއް ބަލައި ނުގަންނާނެ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެކުލަވާލި ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން 4000 މީހުންނަށް ފްލެޓް ދިނުމަށް ނިންމާ އެ ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އޭރުގެ ސަރުކާރުން ވަނީ އެކުލަވާލާފައެވެ. އެހެންނަމަވެސް ވެރިކަން ބަދަލުވުމުގެ ކުރިން އޭސީސީން ވަނީ އެ ފްލެޓް ލިސްޓާއި މެދު ބައެއް ޝަކުވާތައް ހުށަހެޅިފައިވާ ކަމަށް ބުނެ ފްލެޓް ދިނުމުގެ މަރުހަލާ ހުއްޓުވާފައެވެ.

Advertisement - newsAdvertisement

އޭގެ ފަހުން އޭސީސީން މައްސަލަ ބަލާ ނިމުނުތާ ވެސް އެތައް ދުވަހެއް ވެފައިވާ އިރު ފްލެޓް ދޫކުރުމުގެ މަރުހަލާ ވަނީ މަޑު ޖެހިފައެވެ. ކުރިން ހައުސިން މިނިސްޓަރަކަށް އަލީ ހައިދަރު ހުންނެވި އިރު ވެސް ފްލެޓް ލިސްޓް އިވަލުއޭޓްކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިހާރުގެ ހައުސިން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބް ވަނީ ހައުސިން މިނިސްޓަރގެ މަޤާމާއި ހަވާލުވުމަށް ފަހު އަލުން އަނެއްކާވެސް ފްލެޓް ލިސްޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމަށް ވާއިރު އެ މަރުހަލާގައި ކިހާވަރަކަށް ސިޓީ ކައުންސިލްގެ ބައިވެރިވުން ހިމެނޭތޯ ސާފުކުރުމަށް ރާއްޖެއެމްވީން ސުވާލުކުރުމުން އާޒިމް ވަނީ ފްލެޓްގެ މައްސަލައިގެ ހަގީގަތް އެއްވެސް މިންވަރަކަށް ސިޓީ ކައުންސިލަށް ނޭނގޭކަން ހާމަކުރައްވާފައެވެ. ސިޓީ ކައުންސިލްގައި ފްލެޓް ކޮމިޓީ އެއް އޮތް ނަމަވެސް އެ ކޮމިޓީ އާއި އެއްވެސް މިންވަރަކަށް ފްލެޓާއި ގުޅުން ހުރި ކަންކަމާއި މެދު މަޝްވަރާކުރަމުން ނުދާކަން ފާހަގަކުރައްވާ އާޒިމް ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އާޒިމް ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް ހޮނިހިރު ދުވަހު ހައުސިން މިނިސްޓްރީ އަށް ސިޓީ އެއް ފޮނުވަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އެ ކައުންސިލްގެ ބައިވެރިވުން ނެތި އެކުލަވާލާ ލިސްޓަކީ ސައްހަ ލިސްޓެއްގެ ގޮތުގައި ބަލައި ނުގަންނާނެ ކަމަށާއި، އެކަމާއި މެދު ކައުންސިލްގެ ބައްދަލުވުންތަކުގައި ވެސް މަޝްވަރާކުރައްވާފައިވާނެ ކަމަށް އެނާ ވަނީ ވިދާޅުވެފައެވެ.

ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލީ 20،000 މީހުންގެ ތެރެއިން ސަރުކާރުން އިވަލުއޭޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ފްލެޓް ދިނުމަށް ނިންމާފައިވާ 4000 މީހުންގެ ފުލެޓުގައި ހިމެނޭ ނަންތައް އެކަންޏެވެ. އެ ނިންމުން ނިންމާފައި ވަނީ ވެސް ސިޓީ ކައުންސިލްގެ ބައިވެރިވުމަކާއި ނުލައެވެ.

ގެދޮރުވެރިޔާ ސްކީމުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި 15،000 އަށްވުރެ ގިނަ މީހުންނަށް ފުލެޓު ދިނުމަށް އެމްޑީޕީ ސަރުކާރުން އޮތީ ނިންމައިފައެވެ.

ރައީސް މުއިއްޒު ވަނީ ބަޔަކަށް ލިބިފައި އޮތް ފުލެޓެއް އަތުލުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ވެރިކަމަށް އައުމުގެ ކުރިން ވިދާޅުވެފައެވެ. އަދި ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު، މި ރޯދަ މަހުގެ ކުރިން އިއުލާނުކުރެވޭނެކަމުގެ ބޮޑު ޔަޤީންކަމެއް އެބައޮތް ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރޯދަ މަސް ފެށެން ދެ ހަފްތާ އަށް ވެފައިވާ އިރު މިހާތަނަށް އައި އިރު ވެސް އިވަލުއޭޝަން މަރުހަލާ ކުރިއަށް ގެންގޮސްފައިވާ ހިސާބު ސަރުކާރުން ހާމައެއް ނުކުރެއެވެ. އެހެންކަމުން ރައީސް ވިދާޅުވި ގޮތަށް ރޯދަ މަހާއި ހިސާބަށް ވެސް ފްލެޓް ލިސްޓު އާއްމުކުރެވިދާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް