Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ އިހުމާލު

ސްޓްރޯކެއް ޖެހުނު ކަމަށް ބެލެވޭ މީހަކު، މަސްތުވެގެން ކަމަށް ތުހުމަތުކޮށް ފަރުވާ ނުދީ ފަސް ގަޑިއިރު ހިފަހައްޓައިފި

އަލީ ޝިމާން ނަސީރު (41އ.) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓަކާއި ގުޅިގެން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2025 | ހޮނިހިރު 14:35
ޝިމާން ދުއްވި އުޅަނދު އެކްސިޑެންޓްވި ސަރަހައްދު

ޝިމާން ދުއްވި އުޅަނދު އެކްސިޑެންޓްވި ސަރަހައްދު

ސްޓްރޯކެއް ޖެހުނު ކަމަށް ބެލެވޭ މީހަކު، މަސްތުވެގެން ކަމަށް ތުހުމަތުކޮށް ފަރުވާ ނުދީ ފުލުހުންގެ ބަންދުގައި 5 ގަޑި އިރު ބަހައްޓައިފިއެވެ.

އަލީ ޝިމާން ނަސީރު (41އ.) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓަކާއި ގުޅިގެންނެވެ.

އޭނާގެ އާއިލާ އިން ރާއްޖެއެމްވީ އަށް ކިޔާދިން ގޮތުގައި ޝިމާން އަކީ ޓެކްސީ ޑްރައިވަރެކެވެ. އަދި އޭނާ ހޮނިހިރު ދުވަހު ހެނދުނު 10:30 ހާއިރު ގެއިން ނުކުމެގެން ޓެކްސީގައި ދަތުރުކޮށްފައި ވަނީ ފޭސް 2ން ވެމްކޯ ބްރިޖަށް އެރުމަށް ކަމަށް ވަނީ އެނގިފައެވެ. އަދި ބްރިޖަށް އަރަން ޓެކްސީ ގައި ދުއްވާފައި ދަނިކޮށް ބްރިޖްގެ މެދުގައި އިން ކޮންކްރީޓް ޓަވަރުގަ ޖެހުމަށް ފަހު އޭނާ ދުއްވަން އިން ވެހިކަލް ކޮންޓްރޯލް ނުވެ ގޮސް އެޕޯލޯ ޓަވަރ ކައިރީގައި ހުރި ގަސް އިންދާފައިވާ ތަނުގައި ހުރި ވަޅުގަނޑެއް ތެރެއަށް ކުރީ ފުރޮޅު ވަތް ކަމަށް ވެސް މި ނޫހަށް މައުލޫމާތު ދެމުން އާއިލާގެ ފަރާތުން ބުނެފައިވެއެވެ.

ފުލުހުން ޝިމާން ހައްޔަރުކުރީ އެކްސިޑެންޓް ހިނގި ސީނުން ކަމަށް ވާއިރު ފުލުހުންގެ ބަންދުގައި އޭނާ ބެހެއްޓީ މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށް ތުހުމަތުކޮށް ކަމަށް އެނގިފައިވެއެވެ. އަދި ގާތްގަނޑަކަށް 5 ގަޑި އިރު އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާ އިރު އޭނާ ވާހަކަ ނުދައްކާ ކަމަށާއި ކުޑަކަމުދާ ތަކެތި ނުދޭކަމަށް ބުނެ ފުލުހުން ވަނީ އޭނާ އާއި އާއިލާ އާއި ބައްދަލުކުރުމަށް ފުރުސަތު ދިނުމަށް ވެސް ދެކޮޅު ހަދާފައެވެ.

ޝިމާންގެ އާއިލާ އިން ރާއްޖެއެމްވީ އަށް މައުލޫމާތު ދިން މީހާ ބުނި ގޮތުގައި ޝިމާން ހައްޔަރުކުރިކަން އެނގުނީ ޝިމާން ދުއްވި އުޅަނދުގެ ވެރިފަރާތުން ގުޅާ އެކަން އޭނާގެ އާއިލާ އާއި ހިއްސާކުރުމުންނެވެ. މީގެ އިތުރުން ފުލުހުން ޝިމާން ހުރީ މަސްތުގެ ހާލުގައިކަމަށް ޝައްކު ކުރަމުންދާ ކަން ވެސް އެނގުނީ ޝިމާން ހައްޔަރު ކުރި ތަނުގައި ތިބި މީހުން ދިން މައުލޫމާތުން ކަމަށް އޭނާ ބުނެފައެވެ.

ޝިމާން ހައްޔަރުކުރިކަން އެނގުމާއި އެކު އޭނާގެ އާއިލާގެ ބައެއް މީހުން ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ގޮސް ޝިމާން ހައްޔަރު ކުރި ސަބަބާއި މެދު ސުވާލުކުރުމުން އޭނާ ހައްޔަރުކޮށްފައި ހުރީ މަސްތުގެ ހާލަތުގައި ހުރެ އުޅަނދު ދުއްވި ކަމަށް ޝައްކު ކުރެވޭތީ ކަމަށް ފުލުހުން ވަނީ އޭނާގެ އާއިލާ އަށް އަންގާފައެވެ. މެންދުރު 11 ޖެހި އިރު ފުލުހުން ވަނީ ވީހާވެސް އަވަހަކަށް ކުޑަކަމުދާތަކެތި ޗެކްކުރުމަށް ފަހު ޓެސްޓެ ނެގެޓިވް ނަމަ ޝިމާން ދޫކޮށްލާނެ ކަމަށް އޭނާގެ އާއިލާ އަށް އަންގާފައެވެ.

ޝިމާންގެ އާއިލާ އިން ވަނީ އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ނޫންކަން ފުލުހުންނަށް ސާފުކޮށްދީފައެވެ. އަދި 11 ޖަހާ ކަން ހާއިރު ޝިމާންގެ ކުޑަކަމުދާތަކެތި ނަގާ ޓެސްޓުކުރުމަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ ޝިމާންގެ އާއިލާ އަށް މައުލޫމާތުދީފައެވެ. އެހެންކަމުން އެހިސާބުން ޝިމާން ދޫކޮށްލާނެ ކަމަށް ވިސްނައިގެން ޕޮލިސް ސްޓޭޝަން ދޫކޮށް އާއިލާ އިން ގޮސްފައިވާ ކަމަށް އެ އާއިލަ އިން މި ނޫހަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް 3 ޖަހަން ކައިރިވި އިރު ވެސް ޝިމާން ދޫކޮށްލާފައި ނުވާތީ އަނެއްކާވެސް ޕޮލިސް ސްޓޭޝަނަށް އާއިލާ އިން ގޮސް އޭނާ ކޮބާތޯ ސުވާލުކޮށްފައިވާ ކަަމަށް އާއިލާ އިން ވަނީ ބުނެފައެވެ. އާއިލާ އިން ސުވާލުކުރުމުން ފުލުހުން ވަނީ އޭނާ ކުޑަކަމުދާތަކެތި ނުދޭ ކަމަށް ބުނެފައެވެ. އެހެންކަމުން އާއިލާއިން ވަނީ ކުރިން ފުލުހުން އޭނާގެ ކުޑަކަމުދާތަކެތި ނަގާ ޓެސްޓްކުރުމަށް ފޮނުވާފައިވާ ކަމަށް ބުނި ވާހަކަ އާއި ފަހުން ދެއްކި ވާހަކަ އާ ދިމާ ނުވާކަން ފާހަގަކޮށްފައެވެ. އާއިލާއިން ފުލުހުންނާއި އިތުރަށް ސުވާލުކުރުމުން ޝިމާން ވާހަކަދައްކަން ދެކޮޅު ހަދަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޝިމާން އަކީ މިޒާޖުގެ ގޮތުން ވެސް އަނގަ ގަދަ މީހެއް ކަމަށް ވުމާއި އެކު އެނާ އަނގައިން ނުބުނެ ހުރުމުން ވަރަށް ބޮޑަށް ސުވާލު އުފެދުނު ކަމަށް އޭނާގެ އާއިލާ އިން ވަނީ ބުނެފައެވެ. ޝިމާންގެ އާއިލާ އިން ބުނިގޮތުގައި އޭނާ އަކީ ހިތުގެ މައްސަލަ ހުންނަ މީހެކެވެ. އަދި އޭނާ އަކީ ހަކުރު ބަލި ހުންނަ މީހެކެވެ. އެކަން ޝިމާންގެ އާއިލާ އިން ވަނީ ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. ފުލުހުން ޝިމާންގެ ސިއްހީ ރެކޯޑްތައް ހިއްސާކުރުމަށް އެދުމުން އެކަން ވެސް އާއިލާ އިން ވަނީ ކޮށްފައެވެ. އާއިލާ އިން ވަނީ ފުލުހުންގެ ކިބައިން އޭނާ ހޮސްޕިޓަލަކަށް ގެންގޮސްދިނުމަށް ތަކުރާރުކޮށް އެދިފައެވެ. ފުލުހުން އެންމެ ފުރަތަމަ ބުނީ މާލެ އަށް ނޫސަންދަ އަށް ޝިމާން ގެންގޮސްދޭނެ ކަމަށެވެ. ނަމަވެސް އާއިލާ އިން ވަނީ ހުޅުމާލެ ހޮސްޕިޓަލަށް އޭނާ ގެންގޮސްދިނުމަށާއި، ކުރަން ޖެހޭ ޚަރަދެއް ނަމަ އާއިލާ އިން ކުރާނެ ކަމަށް ބުނެފައެވެ.

ޝިމާންގެ ކުޑަކަމުދާތަކެތީގެ ޓެސްޓުވެ ނަތީޖާ ލިބުނީ 3 ޖެހި އިރެވެ. އެ ޓެސްޓުން އެނގޭ ގޮތުން އޭނާ މަސްތުވާތަކެއްޗަށް ނެގެޓިވްއެވެ. އެހެންނަމަވެސް 4 ޖެހި އިރުވެސް ޝިމާން ދޫކޮށްނުލާތީ އެކަމާއި މެދު އަނެއްކާވެސް އޭނާގެ އާއިލާ އިން ވަނީ ފުލުހުންނާއި ސުވާލުކޮށްފައެވެ. ފުލުހުން ބުނީ އޭނާ ދޫކޮށް ނުލެވި ވަނީ ކުށްވެރިން ދޫކުރާ ޗިޓުގައި ސޮއިކުރާނެ ވެރިޔަކު ނެތިގެން ކަމަށާއި އެ ގަޑީގައި ހުރި ވެރި މީހާ ހުރީ މެސްގައި ކާން ގޮސް ކަމަށެވެ. އަދި ފަހުން ފުލުހުން ވަނީ ޝިމާން އެނާ ދޫކޮށްލުމުގެ ޗިޓުގައި ސޮއިކުރަން އިންކާރު ކުރާ ކަމަށް އާއިލާ އަށް އަންގާފައެވެ.

އެހެންކަމުން އާއިލާ އިން ވަނީ އޭނާ އާއި ބައްދަލުކުރުމަށް ފުލުހުންގެ ކިބައިން އެދިފައެވެ. އެންމެ ފުރަތަަމަ ފުލުހުން ޝިމާން އާއި ބައްދަލުކުރުމަށް ފުރުސަތު ދިނީ އޭނާގެ އަނބި މީހާ އަށެވެ. އޭގެ ފަހު ޝިމާންގެ ކޮއްކޮ އާއި މަންމަ އާއި ބައްދަލުކުރުމަށް ވެސް ފުލުހުން ފުރުސަތު ދިނެވެ. އާއިލާ އާއި ޝިމާން އާއި ބައްދަލުވި ހިސާބުން އެނާ އަށް ވާހަކަ ނުދެއްކޭ ކަން އާއިލާ އަށް ވެސް އެނގުނެވެ. އަދި މޫނުމަތިން ސްޓްރޯކެއް ޖެހިފަވާކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ. އެނގިފައިވާ ގޮތުން ޝިމާން ހޮސްޕިޓަލަކަށް ގެންދެވޭ ވަރުވީ އިރުއޮއްސި 6 ޖަހަން އުޅެނިކޮށެވެ.

އައިޖީއެމްއެޗް އިން ހެދި ޓެސްޓް ތަކުން ޝިމާން އަށް ސްޓްރޯކެއް ޖެހިފައިވާކަން ވަނީ ކަށަވަރުވެފައެވެ.

މިކަމާއި ގުޅޭ ގޮތުން ޕޮލިސް މީޑިއާ އިން ބުނީ އެކަމާއި ގުޅުން ހުރި މައުލޫމާތުތައް ސާފުކުރަމުންދާ ކަމަށާއި އެ ކަން ހިނގި ގޮތް ސާފުވުމުން މީޑިއާ އާއި އެކަން ހިއްސާކުރާނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު