Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭ ކަޕް

ފަހު ވަގުތު ލެސްޓަރ ބަލިކޮށް، ޔުނައިޓެޑު އަނެއް ބުރަށް

ލަނޑު ޖެހި ވަގުތު މެގުއާ ހުރީ އޮފްސައިޑުގައި ކަމަށް ބުނެ، ލެސްޓަރ އިން އެކަމުގެ ޝަކުވާ ވެސް ކުރި އެވެ. ނަމަވެސް މެޗުގެ ލައިސްމަން އޮފްސައިޑު ކަމަށް ދިދަ ނުނަގާތީ، ރެފްރީ ވަނީ އެ ލަނޑު ބަލައިގެންފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ފެބުރުއަރީ 2025 | ހޮނިހިރު 04:03
މެޗުގައި ލަނޑު ޖެހުމަށްފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ލެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ޔުނައިޓެޑުން މުބާރާތުގެ އަނެއް ބުރުން ޖާގަ ހޯދައިފި އެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި ލެސްޓަރ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. މެޗުން ޔުނައިޓެޑު މޮޅުވީ އެންމެ ފަހު ވަގުތުގައި ޖެހި ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، ލެސްޓަރ އަށް ކުރި ހޯދައިދިނީ  ބޮބީ ޑީކޯޑޯވާ ރީޑު ޖެހި ލަނޑުންނެވެ. ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 68 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ  ޖޯޝުއާ ޒާކްޒީ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޔުނައިޓެޑު މޮޅުވީ ހެރީ މެގުއާ ޖެހި ލަނޑުންނެވެ. އެއީ ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އެ ލަނޑު ޖެހި ވަގުތު މެގުއާ ހުރީ އޮފްސައިޑުގައި ކަމަށް ބުނެ، ލެސްޓަރ އިން އެކަމުގެ ޝަކުވާ ވެސް ކުރި އެވެ. ނަމަވެސް މެޗުގެ ލައިސްމަން އޮފްސައިޑު ކަމަށް ދިދަ ނުނަގާތީ، ރެފްރީ ވަނީ އެ ލަނޑު ބަލައިގެންފަ އެވެ.

ލެސްޓަރ އަތުން މޮޅުވެ ޔުނައިޓެޑުން އަނެއް ބުރުގެ ޖާގަ ހޯދިއިރު، މި ދަނޑިވަޅަކީ އެ ޓީމުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެކެވެ. ޚާއްސަކޮށް އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުގެ ނަތީޖާތައް ދަށްވެފައިވާއިރު، އެ ޓީމުގެ ކޯޗު ރުބެން އަމޯރިމް އަށް ޕްރެޝަރު ބޮޑުވަމުން އަންނަ ކަމުގައި މީޑިއާ ތަކުން ވަނީ އެކި ފަހަރު މަތިން ރިޕޯޓުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު