Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އެމެރިކާ އިން ހިއުމަން ރައިޓްސް ކައުންސިލުން ވަކިވަނީ، އަންރުވާ އަށް ދޭ އެހީ ކަނޑާލަނީ

އދ. ގެ އޭޖެންސީތަކަށް އަމާޒުކޮށް ޓްރަމްޕް ނެރުއްވާ މި އައު އަމުރު ދިމާވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓް ހައުސް އަށް ޒިޔާރަތް ކުރައްވާ ދަނޑިވަޅާއެވެ

ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2025 | އަންގާރަ 20:49
2025 ފެބުރުއަރީ 3 - ޓްރަމްޕް އޯވަލް އޮފީހުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

2025 ފެބުރުއަރީ 3 - ޓްރަމްޕް އޯވަލް އޮފީހުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލް (ޔޫއެންއެޗްއާރްސީ) އިން ވަކިވުމަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ ރިލީފް އެންޑް ވަރކްސް އޭޖެންސީ (އަންރުވާ) އަށް އެމެރިކާ އިން އެހީ ދިނުން ހުއްޓާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ވައިޓް ހައުސްގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑީއާ ރިޕޯޓުތައް ބުނާ ގޮތުގައި އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަކި ވުމުގެ އެގްޒެކެޓިވް އޯޑަރުގައި އަންގާރަ ދުވަހު ރައީސް ޓްރަމްޕް ސޮއި ކުރައްވާ ގޮތައް ވަނީ ހަމަޖެހިފައެވެ.

ޔޫއެންއެޗްއާރްސީ އަކީ ޖެނީވާގައި ހުންނަ، ދުނިޔޭގެ އެކި ޤައުމުތަކުގައި އިންސާނީ ޙައްޤުތައް ދިފާޢުކޮށް ކުރިއެރުވުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އދ ގެ އޭޖެންސީއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އެމެރިކާގެ އިސްވެރިން ވަނީ އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލަކީ ތަޢައްޞުބުން ފުރިގެންވާ، "ދޮގުހަދާ އަދި އަމިއްލަ މަޞްލަޙަތު އިސްކުރާ" އޭޖެންސީއެއް ގޮތުގައި އެ އޭޖެންސީ ސިފަކޮށްފައެވެ.

ޓްރަމްޕް ނެރުއްވާ އެގްޒެކެޓިވް އޯޑަރުގެ ދަށުން ހަނގުރާމައިގެ ވޭނުގައި އޮތް ޣައްޒާ ސަރަޙައްދުގެ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ މައިގަނޑު އޭޖެންސީ ކަމުގައިވާ އަންރުވާ އަށް ކުރިމަގުގައި ދޭ ފައިސާގެ އެހީ ވެސް ކަނޑާލެވޭނެއެވެ.

އދ. ގެ އޭޖެންސީތަކަށް އަމާޒުކޮށް ޓްރަމްޕް ނެރުއްވާ މި އައު އަމުރު ދިމާވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓް ހައުސްއަށް ޒިޔާރަތް ކުރައްވާ ދަނޑިވަޅާއެވެ.

އިސްރާއީލުގެ ސަރުކާރުން ބުނާ ގޮތުގައި އަންރުވާ އިން ހިންގާ ސްކޫލުތަކުގައި ފަލަސްޠީނުގެ ދަރިވަރުންނަށް "ޔަހޫދީންނާ ދެކޮޅު" ވިސްނުން އުނގަންނައިދެއެވެ. އަދި އެ އދ. ގެ އޭޖެންސީގެ ބައެއް މުވައްޒަފުންނަކީ "ޓެރަރ" ގްރޫޕްތަކާ ގުޅުން ހުރި ބައެއް ކަމަށާއި، އެ ސަބަބަށްޓަކައި އިސްރާއީލާ ދެކޮޅު ޢަމަލުތައް ހިންގުމަށް އެ އޭޖެންސީގެ ޢިމާރާތްތައް ބޭނުންކުރުމުގެ ފުރުޞަތު އެ ފަރާތްތަކަށް ލިބިދޭ ކަމަށެވެ.

ކުރީގެ ފްރާންސްގެ ޚާރިޖީ ވަޒީރު ކެތެރިން ކޮލޯނާ ކުރެއްވި މިނިވަން ތަހުގީގަކުން ދައްކާ ގޮތުގައި އިސްރާއީލުގެ މި ތުހުމަތުތައް ސާބިތުކުރެވޭ ވަރުގެ އެއްވެސް ހެއްކެއް ނެތެވެ.

އޭގެ ބަދަލުގައި، މި ތަހުގީގުން ދައްކައިދެނީ އެ އޭޖެންސީން ވަނީ ވަކި ފަރާތަކަށް ނުޖެހޭ ސިފަ ދެމެހެއްޓުމަށް އެ އޭޖެންސީގެ ބާރުގެ ދަށުގައިވާ ހުރިހާ ކަމެއް ކޮށްފައެވެ.

ނަމަވެސް، އިސްރާއީލު ސަރުކާރުގެ އަސާސެއްނެތް މި ދަޢުވާތަކުގެ ސަބަބުން އަންރުވާ އަށް ލިބެމުންދިޔަ މުހިންމު ބައިނަލްއަޤްވާމީ ފަންޑިންގ ގެއްލިފައިވެއެވެ.

މި ދަނޑިވަޅުގައި، އެމެރިކާގެ ސަރުކާރުން ވަނީ ޓްރަމްޕްގެ އިންތިޚާބީ ކެމްޕޭނުގައި ވެ ވަޑައިގެންނެވި ވައުދާ އެއް ގޮތައް ބޭރު ޤައުމުތަކަށް އެމެރިކާއިން ދޭ ހުރިހާ އެހީއެއް ހުއްޓާލާފައެވެ.

ޓްރަމްޕް ވިދާޅުވާ ގޮތުގައި އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ ބޭރު ޤައުމުތަކަށް އެހީގެ ގޮތުގައި ދިނުމަކީ އޭނާގެ "އެމެރިކާ ފަސްޓް" އެޖެންޑާއާ ޚިލާފު ކަމެކެވެ.

އޭނާ ރައީސްކަމާ ހަވާލުވެ ވަޑައިގަތުމާއެކު ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ގާތްގަނޑަކަށް އެމެރިކާގެ ހުރިހާ ބޭރު އެހީގެ ޕްރޮގްރާމްތަކެއް ހުއްޓާލުމަށް އަމުރުކުރައްވާފައެވެ.

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާޑޮނަލްޑް ޓްރަމްޕްއަންރުވާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު