Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސައުދީ އަރަބިއްޔާ

ފަތުރުވެރިކަމުގެ ދާއިރާ އިން ސައުދީ އަރަބިއްޔާ އިން ރާއްޖެ ފަހަތައް ޖައްސައިފި

އދ. ގެ ފަތުރުވެރިކަމާ ބެހޭ ތަފާސްހިސާބަށް ބަލާއިރު، 2024 ވަނަ އަހަރު ދުނިޔޭގެ ޓޫރިޒަމް ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި، ބައިނަލްއަޤްވާމީ ފަތުރުވެރިންގެ އަދަދު 1 ބިލިއަނަށް އަރައި، ކޮވިޑްގެ ކުރިން ފަތުރުވެރިކަން އޮތް މިންވަރާ ވަރަށް ކައިރި ކުރިއެވެ. ގިނަ ޤައުމުތަކުން ވަރުގަދަ ކުރިއެރުމެއް ފާހަގަކުރިއިރު، އޭގެ ތެރެއިން އެއް ގައުމެއް ވަނީ ވަކިން ބޮޑަށް ފާހަގަ ކުރެވިފައެވެ - އެއީ ސަޢޫދީ ޢަރަބިއްޔާއެވެ.

ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2025 | އާދީއްތަ 08:54
2024 ޑިސެމްބަރު 30 - އިޓަލިއަން ސުޕަރ ކަޕް ގެ ބައިވެރިން ސައުދީ އަށް ޒިޔާރަތް ކުރުމުން މަރުހަބާ ކިޔަނީ

2024 ޑިސެމްބަރު 30 - އިޓަލިއަން ސުޕަރ ކަޕް ގެ ބައިވެރިން ސައުދީ އަށް ޒިޔާރަތް ކުރުމުން މަރުހަބާ ކިޔަނީ

ހުސްވި 2024 ވަނަ އަހަރު ފަތުރުވެރިކަން ކުރިއެރި ނިސްބަތައް ބަލާއިރު ދިވެހި ރާއްޖެ ހިމެނޭ ގޮތުން ދުނިޔޭގެ އެތައް މަންޒިލެއް ފަހަތައް ޖައްސާ ސައުދީ އަރަބިއްޔާ ކުރި ހޯދައިފިއެވެ.

ރާއްޖޭގެ އިތުރުން ބަޙްރައިން، ޓެންޒޭނިއާ، ޕިއުޓޯ ރިކޯ، ޖަޕާން، ބްރެޒިލް، ޔޫކޭ އަދި ފްރާންސް ފަދަ ޤައުމުތައް ފަހަނައަޅައި 69 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ސައުދީން ވަނީ ހޯދާފައެވެ.

Advertisement - businessAdvertisement

އދ. ގެ ފަތުރުވެރިކަމާ ބެހޭ ތަފާސްހިސާބަށް ބަލާއިރު، 2024 ވަނަ އަހަރު ދުނިޔޭގެ ޓޫރިޒަމް ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި، ބައިނަލްއަޤްވާމީ ފަތުރުވެރިންގެ އަދަދު 1 ބިލިއަނަށް އަރައި، ކޮވިޑްގެ ކުރިން ފަތުރުވެރިކަން އޮތް މިންވަރާ ވަރަށް ކައިރި ކުރިއެވެ. ގިނަ ޤައުމުތަކުން ވަރުގަދަ ކުރިއެރުމެއް ފާހަގަކުރިއިރު، އޭގެ ތެރެއިން އެއް ގައުމެއް ވަނީ ވަކިން ބޮޑަށް ފާހަގަ ކުރެވިފައެވެ - އެއީ ސަޢޫދީ ޢަރަބިއްޔާއެވެ.

ސައުދީ އަރަބިއްޔާ އަށް މިދިޔަ އަހަރު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 69 އިންސައްތައިގެ ކުރިއެރުމެއް ލިބުން އެއީ ހައިރާންކުރުވަނިވި ކުރިއެރުމެއް ކަމަށް ޓްރެވެލް އެންޑް ޓުއަރ ވޯލްޑް ވެބްސައިޓުގައި ބުނެފައިވެއެވެ.

ފަތުރުވެރިކަމަށް މަޝްހޫރު އެހެން ބައެއް މަންޒިލުތަކުގައި ފަތުރުވެރިކަން ކުރިއެރި ނިސްބަތައް ބަލާއިރު ބަޙްރައިން 52 އިންސައްތަ، ޓެންޒޭނިއާ 43 އިންސައްތަ، ޕިއުޓޯ ރިކޯ 23 އިންސައްތަ، ދިވެހިރާއްޖެ 20 އިންސައްތަ، ޖަޕާން 16 އިންސައްތަ، ބްރެޒިލް 5 އިންސައްތަ، ޔޫކޭ އިންސައްތަ އަދި ފްރާންސް 1 އިންސައްތަ ހާސިލު ކޮށްފައިވެއެވެ.

ސަޢޫދީ ޢަރަބިއްޔާއިން މި ބޮޑު ކުރިއެރުން ހޯދި ސަބަބުތަކުގެ ތެރޭގައި ދުރުވިސްނުންތެރި ލީޑަރޝިޕާއި، ރެކޯޑު އަދަދެއްގެ އިންވެސްޓްމަންޓްތަކާއި، އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ މަރުކަޒަކަށް ވުމަށް ކުރެވުނު ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާ ކަމަށް ޓްރެވަލް އެންޑް ޓުއަރ ވޯލްޑް އިން ބުނެފައިވެއެވެ. ދުނިޔޭގެ އެހެން ޤައުމުތަކުން އާންމު ޓޫރިޒަމް މޮޑެލްތަކަށް ބަރޯސާވިޔަސް، ސަޢޫދީ ޢަރަބިއްޔާއިން އައު ވިސްނުންތައް ވަނީ ތައާރުފް ކޮށްފައެވެ. އެންމެ މަތީ ފަންތީގެ މަންޒިލްތަކާއި، ދުނިޔޭގެ ފެންވަރުގެ ޘަޤާފީ ތަޖުރިބާތަކާއި، ކުރިއަރަމުންދާ މުނިފޫހިފިލުވުމުގެ ޞިނާޢަތެއް ތަރައްޤީކުރުން ފާހަގަ ކުރެވެއެވެ.

ޖަޕާން، ތުރުކީ އަދި ސްޕެއިން ފަދަ ޤައުމުތަކުން މެދުމިނުގެ ކުރިއެރުމެއް ފެނުނު ނަމަވެސް، އެ ޤައުމުތަކަށް ސަޢޫދީ ޢަރަބިއްޔާގެ ބޮޑު ކުރިއެރުމާ ގާތްވެސް ނުކުރެވޭކަން ފާހަގަ ކުރެވެއެވެ. ބަޙްރައިން އަދި ޓެންޒޭނިއާ ފަދަ ޤައުމުތަކުން ފާހަގަކޮށްލެވޭ އަދަދުތަކެއް ދެއްކި ނަމަވެސް، އެ ޤައުމުތައްވެސް ވަރަށް ބޮޑުތަނުން ވަނީ ސައުދީ އަށް ވުރެ ފަހަތުގައެވެ.

2024 ވަނަ އަހަރު، ސައުދީ އަރަބިއްޔާ އަށް ގާތްގަނޑަކަށް 30 މިލިއަން ބައިނަލްއަޤްވާމީ ފަތުރުވެރިން ޒިޔާރަތްކޮށް، އައު ރެކޯޑެއް ޤާއިމުކޮށް، ދުނިޔޭގެ އެންމެ އަވަހަށް ކުރިއަރަމުންދާ މަންޒިލްތަކުގެ ތެރެއިން އެއް މަންޒިލުގެ ގޮތުގައި ފައިހަރުކޮށްލާފައިވާކަން ފާހަގަ ކުރެވެއެވެ.

ސައޫދީ އަރަބިއްޔާފަތުރުވެރިކަން

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

07 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު