Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވައިގެ އެކްސިޑެންޓް

އެމެރިކަން އެއާލައިންސްގެ މަތިންދާބޯޓެއް އަސްކަރީ ހެލްކަޕްޓަރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މަތިންދާބޯޓު އަސްކަރީ ހެލިކަޕްޓަރެއްގައި ޖެހުނީ ރަންވޭއަށް ތިރިކުރަމުންދަނިކޮށެވެ. މި މަތިންދާބޯޓު ޖެހުނީ އެމެރިކާގެ އަސްކަރިއްޔާގެ ބްލެކް ހޯކް ހެލިކަޕްޓަރެއްގައެވެ. އަދި އެ ހެލިކަޕްޓަރުގައި ތިބި މީހުންގެ އަދަދު އަދި ހާމަކޮށްފައި ނުވެއެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2025 | ބުރާސްފަތި 04:49
އެމެރިކަން އެއާލައިންސްގެ މަތިންދާބޯޓެއް އަސްކަރީ ހެލްކަޕްޓަރެއްގައި ޖެހޭ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް

އެމެރިކަން އެއާލައިންސްގެ މަތިންދާބޯޓެއް އަސްކަރީ ހެލްކަޕްޓަރެއްގައި ޖެހޭ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް

އެމެރިކަން އެއާލައިންސްގެ މަތިންދާބޯޓެއް ރީގަން ވޮޝިންޓަން ނޭޝަނަލް އެއާޕޯޓެއްގައި ޖައްސަން އުޅެނިކޮށް އަސްކަރީ ހެލްކަޕްޓަރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގީ އެ މަތިންދާބޯޓު ރަންވޭއަށް ޖައްސަމުންދަނިކޮށެވެ. މި ނުރައްކާތެރި ހާދިސާގައި، މަތިންދާބޯޓު ޖެހުނީ އެމެރިކާގެ އަސްކަރިއްޔާގެ 'ބްލެކް ހޯކް'ގެ ހެލިކޮޕްޓަރެއްގައެވެ. ސީބީއެސް ނިއުސްއަށް އަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވި ގޮތުގައި ހެލިކޮޕްޓަރުގައި އެމެރިކާގެ ތިން ސިފައިން ތިއްބެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.

މިއެކްސިޑެންޓް ހިނގުމާއެކު، މަތިންދާބޯޓު ވަނީ ރަންވޭގައި ނުޖެއްސި ކައިރީގައި އޮންނަ ޕޮޓަމަކް ކޯރަށް ވެއްޓިފައެވެ.

އެމެރިކަން އެއަރލައިންސްގެ ފްލައިޓް 5342 ގައި 60 ފަސިންޖަރުންނާއި 4 ކްރޫ މެންބަރުން ތިއްބެވެ. މި ހާދިސާ ހިނގި ވަގުތުން ފެށިގެން އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއު ޓީމު ތަކުން ފަށާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ގިނަ އަދަދެއްގެ ރެސްކިއު ޓީމުތަކުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާއިރު، މިހާތަނަށް 4 މީހަކު ސަލާމަތްކުރެވިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް މަރުވި މީހުންގެ އަދަދެއް އަދި ހާމަކޮށްފައިނުވެއެވެ.

އެ މަތިންދާބޯޓު ވޮޝިންޓަންއަށް ދަތުރުކުރަމުން ދިޔައީ ކެންސަސް އިންނެވެ.

މި ހާދިސާއާ ގުޅިގެން ވޮޝިންގޓަންގެ ރޭގަން އިންޓަރނޭޝަނަލް އެއާޕޯޓުގެ ހުރިހާ ފްލައިޓުތަކެއް މިހާރު ވަނީ ކެންސަލްކޮށްފައެވެ. އަދި މިއެކްސިޑެންޓް ހިނގަން މެދުވެރި ސަބަބު ހޯދުމަށް ޚާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކަން އެއާލައިންސްއަކީ އެ ގައުމުގެ އެންމެ ބޮޑު އެއް އެއާލައިނެވެ.

އެމެރިކަން އެއާލައިންސް މަތިންދާ ބޯޓު އެކްސިޑެންޓް

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2025

އެމެރިކާގެ ފިލަޑެލްފިއާ ގައި ކުޑަ ކުއްޖަކާއި އިތުރު 5 މީހުން ދަތުރުކުރަމުން ދިޔަ އެއަރ އެމްބިއުލާންސެއް ވެއްޓިއްޖެ

01 ފެބުރުއަރީ 2025
އެމެރިކާގެ ފިލަޑެލްފިއާ ގައި ކުޑަ ކުއްޖަކާއި އިތުރު 5 މީހުން ދަތުރުކުރަމުން ދިޔަ އެއަރ އެމްބިއުލާންސެއް ވެއްޓިއްޖެ
20 މެއި 2017

އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް

20 މެއި 2017
އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް
30 އެޕްރީލު 2017

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ
30 އެޕްރީލު 2017

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު