Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް ރައީސް އަބްދުލްރަހީމް

މީޑީއާ އާ އިތުރަށް ވާހަކަ ނުދެއްކެވުމަށް ރައީސް މުއިއްޒު އަބްދުލްރަހީމަށް އަންގަވައިފި

28 ޖެނުއަރީ 2025 | އަންގާރަ 19:12

އިތުރަށް މިކަމާ ގުޅޭ ގޮތުން މީޑިއާ އަށް ވާހަކަ ދައްކަވައިފިނަމަ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާނެ ކަމަށް އަބްދުލްރަހީމަށް ދެންނެވި ކަމަށްވެސްވޭ

ރާއްޖެ އެމްވީ | 28 ޖެނުއަރީ 2025 | އަންގާރަ 19:12
އަބްދުލްރަހީމް އަބްދުﷲ - ރައްޔިތުންގެ މަޖިލީހުގެ ރައީސް

އަބްދުލްރަހީމް އަބްދުﷲ - ރައްޔިތުންގެ މަޖިލީހުގެ ރައީސް

މީޑީއާ އާ އިތުރަށް ވާހަކަ ނުދައްކަވަން ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އަށް އަންގަވައިފި ކަމަށް އިތުބާރު ހުރި ގޮތެއްގައި އެނގިއްޖެއެވެ.

އަބްދުލްރަހީމަށް މުއިއްޒުގެ ފަރާތްޕުޅުން އެކަން އެންގީ އޭނާ މެލޭޝިއާ ގައި އޭނާ ހުންނަވަނިކޮށް އަންގާރަ ދުވަހު ޕީއެންސީގެ ސީނިއަރ މަޖިލިސް މެމްބަރެއް މެދުވެރިކޮށް ފޯނުން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

Advertisement - newsAdvertisement

އަބްދުލްރަހީމަށް ރައީސް މުއިއްޒުގެ ފަރާތްޕުޅުން ދެންނެވި ކަމަށްވަނީ އޭނާގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އަންގާރަ ދުވަހު ރައީސް ވަކި ކުރެއްވުމާ ގުޅިގެން ދެއްވި އިންޓަވިއުގެ ސަބަބުން ޕާޓީ އަށާއި ސަރުކާރަށް ވަރަށް "ޑެމޭޖް" ވެއްޖެ ކަމަށާއި އިތުރަށް މިކަމުގައި މީޑިއާ އަށް ވާހަކަ ނުދެއްކެވުމަށެވެ.

އިތުރަށް މިކަމާ ގުޅޭ ގޮތުން މީޑިއާ އަށް ވާހަކަ ދައްކަވައިފިނަމަ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާނެ ކަމަށް އަބްދުލްރަހީމަށް ދެންނެވި ކަމަށްވެސް ވެއެވެ.

މިކަމާ ގުޅޭ ގޮތުން އަބްދުލްރަހީމުގެ ކޮމެންޓެއް ހޯދުމަށް މި ނޫހުން ކުރި މަސައްކަތް އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

އޭގެ އިތުރުން މި ކަމާ ބެހޭ ގޮތުން އަންގާރަ ދުވަހުގެ ރޭ އޭނާ ރާއްޖެ ވަޑައިގެންނެވި ގަޑިއަށް އެއަރޕޯޓަށް ގޮސް ސުވާލު ކުރަން މި ނޫހުގެ ނޫސްވެރިން ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބު ނުވެފައެވެ.

އަބްދުލްރަހީމް ވަޑައިގަންނަވާ ގަޑިއަށް ރާއްޖޭގެ ގިނަ މީޑިއާ ތަކުން އެމަނިކުފާނާ ބައްދަލު ކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގޮސް ތިބި ނަމަވެސް އަބްދުލްރަހީމަށް އެއަރޕޯޓުން މާލެ އަށް ވަޑައިގަތީ ނޫސްވެރިންނަށް ފިއްލަވައިގެންނެވެ.

އެއަރޕޯޓަށް ދިޔަ ރާއްޖެޓީވީގެ ނޫސްވެރިޔާ ބުނިގޮތުގައި އަބްދުލްރަހީމް ބޭރަށް ނުކުންނެވުމުގެ ބަދަލުގައި އޭނާ ބަލައި އައި ވެހިކަލްތައް އޭޕްރަން އަށް ވަދެފައި ތިބިކަން އެނގުނީ ވެހިކަލުގައި ވަރަށް ބާރަށް ދުއްވާފައި ބޭރަށް ނުކުތުމުން ކަމުގައެވެ.

ރައީސް މުއިއްޒުގެ ކެބިނެޓުގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުލްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް ކުއްލި ގޮތަކަށް އަންގާރަ ދުވަހު ވަނީ ރައީސް މުއިއްޒު ވަކި ކުރައްވާފައެވެ.

އެކަމާ ގުޅިގެން މެލޭޝިޔާގައި ހުންނަވައި ފޯނުން 'ދައުރު' ނޫހަށް ދެއްވި އިންޓަވިއުގައި އަބްދުލްރަހީމް ވިދާޅުވީ ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ރައީސް މުއިއްޒު އާ އޭނާ އާ ގުޅުން ރަނގަޅު ނަމަ އެފަދަ ފިޔަވަޅެއް ރައީސް ނާޅުއްވާނޭ ކަމަށެވެ.

ފައިސަލް ވަކިކުރުމަކީ "ވަރަށް ދެރަވަރުކޮށް" ރައީސް ކުރެއްވި ކަމެއް ކަަމަށް ވެސް އަބްދުލްރަހީމް ވިދާޅުވިއެވެ.

އަބްދުލް ރަޙީމް އަބްދުﷲޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2025

ފުލުހުން ގަޔަށް ހައްޕުޑު ޖަހައި، އަވަގުރާނަ ގޮވި މީހުން އިޙުތިރާމްގެ ވާހަކަ ދެއްކީމާ ލަދުވެތި!

06 އޮކްޓޯބަރު 2025
ފުލުހުން ގަޔަށް ހައްޕުޑު ޖަހައި، އަވަގުރާނަ ގޮވި މީހުން އިޙުތިރާމްގެ ވާހަކަ ދެއްކީމާ ލަދުވެތި!
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
09 ސެޕްޓެމްބަރު 2025

ވައްކަމާއި ކޮރަޕްޝަން ހިންގާ މީހުންނަށް ސަރުކާރުން ކިޔަނީ މަރުޙަބާ!

09 ސެޕްޓެމްބަރު 2025
ވައްކަމާއި ކޮރަޕްޝަން ހިންގާ މީހުންނަށް ސަރުކާރުން ކިޔަނީ މަރުޙަބާ!
04 މެއި 2025

މައްސަލަ ތަކެއް ޖެހި، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވެއްޖެ

04 މެއި 2025
މައްސަލަ ތަކެއް ޖެހި، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވެއްޖެ
13 ފެބުރުއަރީ 2025

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

13 ފެބުރުއަރީ 2025
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
04 ފެބުރުއަރީ 2025

ދެން އިތުރު އެއްވެސް ގޮތެއް އަބްދުއްރަހީމަށް ހަމަ ނެތީތޯއެވެ!

04 ފެބުރުއަރީ 2025
ދެން އިތުރު އެއްވެސް ގޮތެއް އަބްދުއްރަހީމަށް ހަމަ ނެތީތޯއެވެ!
04 ފެބުރުއަރީ 2025

މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަބްދުއްރަހީމް

04 ފެބުރުއަރީ 2025
މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަބްދުއްރަހީމް
04 ފެބުރުއަރީ 2025

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

04 ފެބުރުއަރީ 2025
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
02 ފެބުރުއަރީ 2025

"އަބްދުއްރަހީމް އޮފީހަށް ނުކުންނަވާ، ފެންނަނީ ވަރަށް އެކަހެރިކޮށް"

02 ފެބުރުއަރީ 2025
"އަބްދުއްރަހީމް އޮފީހަށް ނުކުންނަވާ، ފެންނަނީ ވަރަށް އެކަހެރިކޮށް"
02 ފެބުރުއަރީ 2025

ކުޅިބައި އަތުރާލުމުގައި ހުރި މޮޅުކަމެއް ދައްކާލަންވީ ވަގުތަކީ މިއީ!

02 ފެބުރުއަރީ 2025
ކުޅިބައި އަތުރާލުމުގައި ހުރި މޮޅުކަމެއް ދައްކާލަންވީ ވަގުތަކީ މިއީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް