Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެ ފެކްޝަނެއް އުފެދުން

މި ސަރުކާރުގައި ދެ ފެކްޝަނެއް އުފެދި އެއްބަޔަކު އަނެއްބައެއްގެ ނާގާބިލްކަން ދަނީ ހާމަކުރަމުން: އިކްރާމް

23 ޖެނުއަރީ 2025 | ބުރާސްފަތި 07:25

މިނިސްޓަރު އިހުސާންއަކީ ރައީސް މުއިއްޒު ފެކްޝަންގެ އަރިސް ބޭފުޅެއް

އަމްނާ އިމާދު
އަމްނާ އިމާދު | 23 ޖެނުއަރީ 2025 | ބުރާސްފަތި 07:25
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އިކްރާމް ހަސަން ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އިކްރާމް ހަސަން ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގައި ދެ ފެކްޝަނެއް އުފެދި އެއްބަޔަކު އަނެއްބައެއްގެ ނާގާބިލްކަން ހާމަކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އިކްރާމް ވިދާޅުވީ މިސަރުކާރުގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ފެކްޝަނާއި، ރައީސް މުއިއްޒުގެ ފެކްޝަން ކަމަށެވެ. މިހާރު މި ދެފެކްޝަންގެ މައްސަލަތައް ބޮޑުވެ، އެއްބަޔަކު އަނެއްބަޔެއްގެ ކަންކަން ފަލީހަތްކޮށް، އެބޭފުޅުންގެ ނާގާބިލްކަން ރައްޔިތުންނަށް ސާބިތުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގައި ރައްކައުކޮށްފައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ގަވައިދާ ޚިލާފަށް ވަގަށް ރައީސް މުއިއްޒުގެ ޕާޓީ ޕީއެންސީ އަށް މީހުން ވެއްދި ކަމަށް ތުހުމަތުވާ މައްސަލައަށް އިޝާރާތް ކުރައްވައި އިކްރާމް ވިދާޅުވީ މިހާރު ސަރުކާރުގެ ތެރެއިން ގިނަ މައްސަލަތައް ރައްޔިތުންނާއި ހަމައަށް ފެންމަތިވަމުންދަނީ މި ދެފެކްޝަންގެ ކޯޅުމުގެ ސަބަބުން ކަމަށެވެ. ޑީއެންއާރުން މައުލޫމާތު ވަގަށް ނެގި މައްސަލާގައި އެންމެ ބޮޑު ތުހުމަތެއް އަމާޒުވެފައިވާ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާންއަކީ ރައީސް މުއިއްޒު ފެކްޝަންގެ އަރިސް ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުގެ ތެރެއިން މިހާރު ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަގާމުން ވަކިކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން އިކްރާމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް، އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުގެ ތެރޭގައި ހިނގާކަންކަމުން އަބްދުއްރަހީމް ވަރަށް ބޮޑަށް އެކަހެރިކޮށްފައިވާ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ 13 ޖެނުއަރީ 2025ގައި ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެސްޓޯނިއާއަށް ވަޑައިގެންނެވިއިރު، އެދަތުރުފުޅުގައި އަބްދުއްރަހީމް ބައިވެރިކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އަމިއްލަ ކުންފުނިތަކުގެ ވެރިންނާއި، ކެބިނެޓްގެ ވަޒީރުން ބައިވެރިވެވަޑައިގެންވި ކަމަށް އިކްރާމް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިސްކޮށް ހުންނަވައި، ސިޔާސީ ކަންކަމުގައި އިސްކޮށް އުޅުނު ބޭފުޅުން ނިކަމެތިކުރަމުންދާކަން ފާހަގަކުރައްވައި އިކްރާމް ވިދާޅުވީ މިހާރު ގައުމު އޮތް ހާލަތުން ގައުމު ހަމަމަގަށް ގެންދިއުމަށް ޑިމޮކްރަސީގެ އުސޫލުން މަސައްކަތް ކުރާ ޕާޓީއަކަށް އޮތީ ހަމައެކަނި އެމްޑީޕީ ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ވެސް އެމްޑީޕީއާއެކު ކުރިއަށް ދިއުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 ޖޫން 2017

މިސަރުކާރުގައި އިގްތިޞާދީ ސިޔާސަތެއް ނެތް، ކަންކަން ދަނީ ދިމާ އިދިކޮޅަށް: އެމްޑީޕީ

01 ޖޫން 2017
މިސަރުކާރުގައި އިގްތިޞާދީ ސިޔާސަތެއް ނެތް، ކަންކަން ދަނީ ދިމާ އިދިކޮޅަށް: އެމްޑީޕީ
31 މެއި 2017

ޖެންޑަރ މިނިސްޓްރީގެ 7 މިލިއަނަށްވުރެ ގިނަ ރުފިޔާއާމެދު ސުވާލު އުފެދިއްޖެ

31 މެއި 2017
ޖެންޑަރ މިނިސްޓްރީގެ 7 މިލިއަނަށްވުރެ ގިނަ ރުފިޔާއާމެދު ސުވާލު އުފެދިއްޖެ
12 މެއި 2017

ބާރުވެރި ކައުންސިލްތަކެއް އުފެދިގެން އަންނާނެތަން ފެނިގެންދާނެ: ހަސަން ލަތީފް

12 މެއި 2017
ބާރުވެރި ކައުންސިލްތަކެއް އުފެދިގެން އަންނާނެތަން ފެނިގެންދާނެ: ހަސަން ލަތީފް
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
16 މާރިޗު 2017

އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ

16 މާރިޗު 2017
އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ
12 މާރިޗު 2017

ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ

12 މާރިޗު 2017
ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ
20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް