Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލިޓްލްޖެމްސްގެ އެގްރީމެންޓް

ލިޓްލް ޖެމްސްގެ އެގްރީމެންޓަށް ވާގޮތެއް ނޭނގޭތީ ބެލެނިވެރިން ކަންބޮޑުވުމެއްގައި

މެނޭޖްމެންޓް ބަދަލުވާ ހާލަތު ނުވަތަ ސްކޫލްގެ ހިންގުން ބަަދަލުވާ ނަމަ އެހެން ސްކޫލަކަށް ދާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ގެއްލުން ނުވަތަ ހަނިވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެނިވެރިން ދަނީ ފާހަގަކުރަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2025 | އަންގާރަ 15:08
ލިޓްލް ޖެމްސް

ލިޓްލް ޖެމްސް

އާ އަހަރު ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާ އިރު ވެސް ލިޓްލްޖެމްސް ޕްރީސްކޫލްގެ އެގްރީމެންޓަށް ވާގޮތެއް ނޭނގޭތީ ބެލެނިވެރިން އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

2025ގައި ފެށޭ ދިރާސީ އަހަރަށް ކުދިން ވެއްދުމާއި، ރެޖިސްޓްރީ ކުރުމާއި މެދު ސްކޫލުން ލިޓްލް ގެމްސް ޕްރީސްކޫލުން ވަނީ ބެލެނިވެރިންނާއި ބަޔާނެއް ހިއްސާކޮށްފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މި އަހަރުގެ އެޕްރިލް 6 އިން ފެށިގެން ކުރިއަށްދާ ދިރާސީ އާ އަހަރަށް ކުދިން އަލަށް ވެއްދުމަށާއި، މިހާރު ކިޔަވާ ކުދިންގެ ތެރެއިން އާ ދިރާސީ އަހަރު ސްކޫލްގައި ތިބޭ ކުދިން ސްކޫލްގައި ރަޖިސްޓްރީކުރުމަށް، ފޯމް ބަލައިގަތުން ކުރިއަށް ދާނެ ގަޑިތައް އަންގާފައެވެ.

މީގެ އިތުރުން މިހާރު ސްކޫލްގައި ކިޔަވާ ކުދިންގެ ތެރެއިން ފެށޭ ދިރާސީ އަހަރުވެސް އެ ސްކޫލްގައި ބައިތިއްބަން އެދޭ ދަރިވަރުންގެ ބެލެނިވެރިންނަށް ދޭންޖެހޭ އިރުޝާދުތައް ވަނީ އެ ބަޔާނުގައި ފޯރުކޮށްދީފައެެވެ. އެ ބަޔާނުގައި ރެޖިސްޓްްރޭޝަންގެ މަރުހަލާ ފުރިހަމަކުރި ނަމަވެސް އާ ދިރާސީ އަހަރު އެ ސްކޫލުން ޖާގަ ދެވޭނެކަމުގެ ޔަޤީންކަން ނެތްކަމަށް ވަނީ ފާހަގަކޮށްފައެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ މިހާރު ސްކޫލް ހިންގާ އިމާރާތުގައި ސްކޫލް ހިންގަމުން ދަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި އެކު ހަދާފައިވާ މެނޭޖްމެންޓް ކޮންޓްރެކްޓެއްގެ ދަށުން ކަަމަށް ވެފައި، އެ ކޮންޓްރެކްޓްގެ މުއްދަތު އަންނަ ޖޫން 24 އަށް ހަމަވާ އިރު އެ ތާރީހުގެ ފަހުން އެ އިމާރާތުގައި ސްކޫލް ކުރިއަށް ގެންދެވޭނީ އެޑިއުކޭޝަނުން އެ ފުރުސަތު ދޭ ހާލަތުގައިކަމަށްވުމެވެ.

ރާއްޖެއެމްވީ އަށް ވެސް ލިބިފައިވާ އެ ބަޔާނުގައިވާ ގޮތުން ސްކޫލުން ވަނީ މި މައްސަލަ އާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އާއި މުއާމަލާތުކޮށްގެން މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފާހަގަކޮށްފައެވެ. އެކަމާއި މެދު ގޮތެއް ނިންމާދިނުމަށް ތަކުރާރުކޮށް އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުން ވެސް އެކަށީގެންވާ އިޖާބައެއް ނުލިބޭކަމަށް ސްކޫލުން ވަނީ ބެލެނިވެރިންނަށް އަންގާފައެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތުދިން ބެލެނިވެރިޔަކު ކިޔާދިން ގޮތުގައި ނިމިދިޔަ އޮކްޓޯބަރ 7 ވަނަ ދުވަހު އެކަމާއި މެދު ގޮތެއް ނިންމާދިނުމަށް ސިޓީ އެއް ފޮނުވާ އެކި ފެންވަރުގައި އެކަމާއި މެދު މަޝްވަރާކޮށްފައިވާ ކަމަށް އެ ސްކޫލުން ދަނީ ބުނަމުންނެވެ. އަދި ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެ ރޭ ބޭއްވި ވޮލެންޓިއަރ ބެލެނިވެރިންގެ ބައްދަލުވުމުގައި ލިބުނު ލަފާގެ މަތިން 8 ޖެނުއަރީގައި ވެސް އެޑިއުކޭޝަން މިނިސްޓްރީ އަށް ސިޓީ އެއް ވަނީ ފޮނުވާފަކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ބެލެނިވެރިއަކު ވަނީ ބުނެފައެވެ. 8 ޖެނުއަރީގައި އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްގެ ފަރާތުން ވަނީ ބައްދަލުވެސް ކޮށްފައެވެ. އެހެންނަމަވެސް މި މައްސަލައިގައި އެދެވޭ ކުރިއެރުމެއް ނުލިބޭ ކަމަށް ސްކޫލުން ވަނީ ބެލެނިވެރިންނށް އަންގާފައެވެ.

ސްކޫލާއި ހަވާލާދީ އެ ބެލެނިވެރިޔާ ބުނީ މި މަހުގެ 12އިގެ ނިޔަލަށް އެކަމާއި މެދު ޖަވާބެއް ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނި ނަމަވެސް އަދިވެސް އެކަމާއި މެދު އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އެކަން އެހެން އޮތުމުން އެ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ މުސްތަގްބަލާއި މެދު ސުވާލު އުފެދިފައިވާ ކަމަށް ރާއްޖެއެމްވީ އާއި ވާހަކަދެއްކި ބެލެނިވެރިން ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ތޯރިފް މުހައްމަދު ވިދާޅުވިގޮތުގައި ލިޓްލްޖެމްސްގެ އެގްރީމެންޓްގައި ވާގޮތުން، 2022 ވަނަ އަހަރުގެ ފުރަތަމަ ޓަރމްގައި މިނިސްޓްރީގެ ޓީމަކުން ސުޕަރވައިޒްކޮށް، ހިންގުން ހިފެހެއްޓިފައިވާ ނަމަ، އިތުރު 2 އަހަރު ދުވަހަށް މެނޭޖްމެންޓް ހަވާލުވާ ފަރާތާއި ޕްރީސްކޫލް ހިންގުން ހަވާލުކުރުމުގެ އިޚްތިޔާރު އެ ވުޒާރާއަށް އޮވެއެވެ. އެހެންނަމަވެސް އެ މުއްދަތަށް ފަހު ސްކޫލް ހިންގާނެ ފަރާތެއް ހޯދަން އާއްމުކޮށް އިއުލާންކުރަންވާނެ ކަމަށް އެ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެއާއި ޚިލާފަށް ޢަމަލު ނުކުރުމަށް އެޓަރނީޖެނެރަލް ލަފާދެއްވާފައިވާތީ ސްކޫލް ހިންގާނެ ފަރާތެއް ހޯދަން އިޢުލާންކުރާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޓެންޑަރ ކޮންމެ ފަރާތަކުން ކާމިޔާބުކުރިއަސް ލިޓްލް ޖެމްސްގެ ބެލެނިވެރިންނާއި ދަރިވަރުން އަދި ސްކޫލްގެ ކަންބޮޑުވުންތައް ހައްލުކޮށްދޭނެ ކަމަށާއި ދަރިވަރުންގެ ހައްގުތަކާއި މުދައްރިސުންގެ ހައްގުތައް ކަށަވަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައިވާއިރު ސްކޫލްގެ މަސައްކަތް ކުރިއަށް ގެންދަން އަނގަ ބަހުން ސްކޫލަށް އަންގާފައިވާކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ ރާއްޖެއެމްވި އަށް މައުލޫމާތު ދީފައެވެ. އެހެންނަމަވެސް ލިޔުމުން އެގްރީމެންޓަށް ވާގޮތެއް ހޯދަން ތަކުރާރުކޮށް އެދިގެން ވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެޑިކޭޝަން މިނިސްޓްރީ އިން މިހެން ވިދާޅުވެފައިވާއިރު މިހާތަނަށް ވެސް އެކަމާއި ގުޅޭ މައުލޫމާތު ރަސްމީކޮށް ނާންގާތީ ބެލެނިވެރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ބޮޑު އޮޕަރޭޝަނެއް ކުއްލިއަކަށް ބަދަލުކުރަންޖެހިއްޖެ ނަމަ އެއީ ވަރަށް ބޮޑު ތަކުލީފެއް ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި މެނޭޖްމެންޓް ބަދަލުވާ ހާލަތު ނުވަތަ ސްކޫލްގެ ހިންގުން ބަަދަލުވާ ނަމަ އެހެން ސްކޫލަކަށް ދާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ގެއްލުން ނުވަތަ ހަނިވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެނިވެރިން ދަނީ ފާހަގަކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަސް މަޑުނުކޮށް ދިޔައީ އެކްސިޑެންޓް ހިނގިކަން ނޭނގޭތީ: އެމްޓީސީސީ

ބަސް މަޑުނުކޮށް ދިޔައީ އެކްސިޑެންޓް ހިނގިކަން ނޭނގޭތީ: އެމްޓީސީސީ

13 ނޮވެމްބަރު 2019
ޖެމްސްގެ މައްސަލައިގައި އުއްތަމަފަނޑިޔާރަށް ކުރި ހުކުމަށް ވެސް ހައިކޯޓުން ތާއީދުކޮށްފި

ޖެމްސްގެ މައްސަލައިގައި އުއްތަމަފަނޑިޔާރަށް ކުރި ހުކުމަށް ވެސް ހައިކޯޓުން ތާއީދުކޮށްފި

07 ޖޫން 2018
12 ނުކުތާއެއް ފާހަގަކޮށް، ޖެމްސްގެ ހުކުމް ބާތިލުކޮށް ދޭން އެދިއްޖެ

12 ނުކުތާއެއް ފާހަގަކޮށް، ޖެމްސްގެ ހުކުމް ބާތިލުކޮށް ދޭން އެދިއްޖެ

28 މެއި 2018
ޖެމްސްގެ މައްސަލައިގައި ބާއްވާ އަޑުއެހުމެއް މާދަމާ

ޖެމްސްގެ މައްސަލައިގައި ބާއްވާ އަޑުއެހުމެއް މާދަމާ

05 މެއި 2018
ޖެމްސްގެ ހިދުމަތް ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި: ހެކި

ޖެމްސްގެ ހިދުމަތް ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި: ހެކި

04 މެއި 2018

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު