Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް

12 ނުކުތާއެއް ފާހަގަކޮށް، ޖެމްސްގެ ހުކުމް ބާތިލުކޮށް ދޭން އެދިއްޖެ

ތަހުގީގު ހިންގީ ޣައިރު ގާނޫނީ ބަންދެއްގައި: ދިފާއީ ވަކީލު

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 28 މެއި 2018 | ހޯމަ 08:03
ފުލުހުންގެ ބެލުމުގެ ދަށުން އުއްތަމަ ފަނޑިޔާރު ދޫނިދޫއަށް ގެންދަނީ

ފުލުހުންގެ ބެލުމުގެ ދަށުން އުއްތަމަ ފަނޑިޔާރު ދޫނިދޫއަށް ގެންދަނީ

ގަވަމެންޓް އީލެޓަރ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެންގެވިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކުރަން 12 ނުކުތާއެއް ހައި ކޯޓުގައި ފާހަގަކޮށްފިއެވެ.

ހައި ކޯޓުގައި ހޯމަ ދުވަހު ބޭއްވި އެ މައްސަލައިގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހަށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއެކު، ގާނޫނީ ވަކީލު ހިސާން ހުސައިން އާއި ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަޑައިގެންނެވި އެވެ.

އިސްތިއުނާފު ކުރި ސަބަބުތައް ހައި ކޯޓުގެ ޝަރީއަތަކަށް އިއްވައި ދެއްވީ ނޫރުއްސަލާމެވެ. ބާރަ ނުކުތާއެއް ފާހަގަ ކުރެއްވުމަށްފަހު، އޭނާ އެދިވަޑައިގެންނެވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމަކީ ބާތިލު ހުކުމެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށެވެ.

ނޫރުއްސަލާމް ވިދާޅުވީ އުއްތަމަފަނޑިޔާރުގެ މައްޗަށް ތަހުގީގު ހިންގާފައި ވަނީ ޣައިރު ގާނޫނީ ބަންދެއްގައި ބަހައްޓައިގެން ކަަމަށެވެ. މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށްފަހު، އެ ހާލަތު އުވާ ނުލަނީސް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުން ހިފަހައްޓާފައިވާ ހައްގުތަކާއި ހަނިކޮށްފައިވާ ގާނޫނުތަކުގެ ބާރު އުއްތަމަފަނޑިޔާރުގެ މައްޗަށް ހިންގާފައިވާ ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.

ފަނޑިޔާރުން ހައްޔަރު ކުރެވޭނެ ގޮތް ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައި ވަނިކޮށް، އެ އުސޫލާ ހިލާފަށް އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްގެން ތަހުގީގު ހިންގައި، ޝަރީއަތް ކުރިއަށް ގެންދިޔަ ކަމަށާއި އެ ޝަރީއަތްތަކަކީ ބާތިލު އިޖުރާއަތުތަކެއްގެ މައްޗަށް ހިންގި ޝަރީއަތްތަކެއް ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތް ދަށު ކޯޓުގައި ކުރިއަށް ގެންދިޔައީ ދެ ފަނޑިޔާރުން ކަމަށާއި ފަނޑިޔާރުން ބަދަލުކުރަންޖެހޭ އުސޫލާ ހިލާފަށް ފަނޑިޔާރު ބަދަލުކޮށްފައިވާ ކަމަށެވެ. ނޫރުއްސަލާމް ވިދާޅުވި ގޮތުގައި ޖެމްސް މައްސަލަ ބައްލަވާ ފަނޑިޔާރު ބަދަލުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ އުސޫލާ ހިލާފަށެވެ.

މައްސަލަ އިސްތިއުނާފު ކުރަން ހުށަހެޅި ނުކުތާތަކުގެ ތެރޭގައި ބުނެފައި ވަނީ މައްސަލައާ ގުޅޭ ލިޔުންތައް ސިއްރު ކުރުމަށް ކޯޓުން އަމުރު ނުކުރަނީސް ބައެއް ލިޔުންތައް ސިއްރުކޮށްފައިވާ ކަމަށެވެ. އެކަމަކީ ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށްކޮށްފައިވާ ކަމެއް ކަމަށް އިސްތިއުނާފު ކުރި ލިޔުންތަކުގައި ބުނެފައިވެއެވެ.

ދެ ގަޑިއިރަށް ދިގު ދެމިގެންދިޔަ ޝަރީއަތުގައި ނޫރުއްސަލާމް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުގައި ސޮއިކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ނޫން ކަމަށާއި ޕީޖީއަށް ސޮއި ނުކުރެވޭ ހާލަތުގައި އެހެން މީހަކު ސޮއި ކުރާނަމަ، ޕީޖީގެ ހުއްދަ އޮވެގެން އެކަން ކުރިކަން އެނގެން ޖެހޭނެ ކަމަށެވެ. ނަމަވެސް ދައުވާ ފޯމުން އެކަން އެނގެން ނެތް ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ޖަލަށްލުމަށް ދަށު ކޯޓުން ހުކުމް ކުރީ ފެބްރުއަރީ 4 ވަނަ ދުވަހާއި 5 ވަނަ ދުވަހު ޖެމްސްގެ ހިދުމަތް ސުޕްރީމް ކޯޓުން މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އުއްތަމަ ފަނޑިޔާރު އެންގެވިކަން ހެކިންގެ ހެކި ބަހުން އެކަށީގެންވާ ވަރަށް ސާބިތުވާތީއެވެ.

އެކަމާ ގުޅޭ ގޮތުން ނޫރުއްސަލާމް ވިދާޅުވީ ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ހެކިބަސް ދެއްވީ އެންމެ މީހެއް ކަމަށާއި އެންމެ މީހެއްގެ ހެކިބަހަށް ބަލައިގެން ހުކުމް ނުކުރެވޭނެ ކަމަށެވެ. އަދި ހެކިބަސް ދިން މީހާއަކީ އަންހެނެއް ކަމެއް އަދި ފިރިހެނެއް ކަމެއް ވެސް ނޭނގޭ ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.

ދިފާއުގައި އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ހުށަހެޅުއްވި ފަސް ހެކިންގެ ތެރެއިން ހަތަރު ހެކިން ކޯޓަށް ހާޒިރުކޮށްފައި ނުވާތީ އެކަން ވެސް ނޫރުއްސަލާމް ވަނީ ކޯޓުގައި ފާހަގަ ކުރައްވާފައެވެ. ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ފާތުމަތު ޔުމްނާ އާއި ޑިވިޝަން ހެޑު، އާތިކާ އިބްރާހިމް ހެކިބަސް ދެއްވަން ކްރިމިނަލް ކޯޓަށް ވަޑައިނުގެންނެވި ސަބަބާ ގުޅޭ ގޮތުން ވެސް ދިފާއީ ވަކީލު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެކަމުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހޯމަ ދުވަހު ހައި ކޯޓުގައި ބޭއްވި ޖެމްސް މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ނިންމާނީ ދައުލަތުގެ ފަރާތުން ފާހަގަ ކުރަން ބޭނުންވާ ނުކުތާތަކާ ގުޅޭ ގޮތުން ދެން އޮންނަ އަޑުއެހުމެއްގައި ވާހަކަ ދެއްކުމަށް ފުރުސަތު ދެމުންނެވެ.

ޖެމްސް މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުގައި ބައްލަވަނީ ފަނޑިޔާރު ސުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުއްޣަނީ މުހައްމަދާއި ފަނޑިޔާރު ހަސަން އަލީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު