Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ކުޅުން ދަށް ވިޔަސް، ރެއާލް އޮތީ އެއް ވަނައިގައި: އަންޗެލޮޓީ

21 ޖެނުއަރީ 2025 | އަންގާރަ 04:10

ނަމަވެސް، ރެއާލްގެ ފަރާތުން ފެންނަނީ ވަރަށް ދަށް ކުޅުމެއް ކަމަށާއި، އެ ޓީމުގެ ފެންވަރު ދަށްވެފައިވާ ކަމަށް ބުނާ ވާހަކަ ފާއިތުވި ދުވަސްތަކުގައި އިވެމުން އަންނަ ކަމަށް އަންޗެލޮޓީ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖެނުއަރީ 2025 | އަންގާރަ 04:10
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ފަރާތުން ފެންނަނީ ދަށް ކުޅުމެއް ކަމަށް ބުނާ އަޑު އިވޭ ކަމަށާއި، ނަމަވެސް ލީގު ތާވަލްގެ އެއް ވަަނައިގައި އޮތީ އެ ޓީމު ކަމަށް، ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ސްޕެނިޝް ލީގުގައި ރެއާލް އިން ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ފަހަތުން އަރައި އެ މެޗުން ރެއާލް މޮޅުވީއިރު، މިހާރު ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ ވެސް ރެއާލް އެވެ.

އަންޗެލޮޓީ ބުނީ، ފުޓުބޯޅައިގައި އެއްވެސް އިރެއްގައި ޙާލަތު އެއް ގޮތަކަށް ނޯންނާނެ ކަމަށެވެ. އޭނާ ބުނީ އަބަދު ވެސް ފުޓުބޯޅައިގައި ޙާލަތު ބަދަލުވަމުން ދާނެ ކަމަށާއި، އެ މަންޒަރު ހުރިހާ ދިމާލަކުން ވެސް ފެންނާނެ ކަަމަށެވެ. ނަމަވެސް، ރެއާލްގެ ފަރާތުން ފެންނަނީ ވަރަށް ދަށް ކުޅުމެއް ކަމަށާއި، އެ ޓީމުގެ ފެންވަރު ދަށްވެފައިވާ ކަމަށް ބުނާ ވާހަކަ ފާއިތުވި ދުވަސްތަކުގައި އިވެމުން އަންނަ ކަމަށް އަންޗެލޮޓީ ބުންޏެވެ. އޭނާ ބުނީ މިވަގުތު ވެސް ލީގު ތާވަލްގެ ކުރީގައި އޮތީ ރެއާލް ކަމަށާއި، ގޯސްތަކެއް ހެދެނީ ކޮން ބަޔަކަށްކަން އަބަދު ވެސް އޭނާ ބަލާ ކަމަށެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ކުޅުމުގެ ވައްޓަފާޅި އާއި ދެން ވެސް ހުރި ކަންކަމުގައި ރެއާލަކީ އެންމެ މޮޅު ޓީމުކަމަށް އޭނާ ނުބުނާނެ ކަމަށެވެ. ބައެއް ޙާލަތްތަކުގައި ރެއާލް އިން ވަރަށް ރަނގަޅަށް އަދި މޮޅެއް ކުޅޭ ކަމަށާއި، ނަމަވެސް އަނެއްބައި ޙާލަތްތަކުގައި ރެއާލަށް މޮޅު ކުޅުން ނުދެއްކި، ކުޅުމުގެ ފެންވަރު ދައްވާ ކަމަށް އަންޗެލޮޓީ ބުންޏެވެ. އެއްވެސް ޓީމަކީ އެންމެ ފުރިހަމަ ޓީމު ނޫން ކަމަށާއި، އެ ފެންވަރުގެ ޓީމެއް ނޯންނާނެ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ. އިތުރަށް އަންޗެލޮޓީ ބުނީ، ރެއާލް ކުޅެމުން އަންނަނީ އެ ޓީމުގައި ތިބި ކުޅުންތެރިންގެ ހުނަރާއި، އެ ކުޅުންތެރިންގެ ފެންވަރުން ކަމަށެވެ.

ރެއާލް ކުރިއަށް ދާ ގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، އޭނާ ޤަބޫލު ކުރާ ގޮތުގައި ރެއާލް ކުރިއަށް ދަނީ ރަނގަޅު މިސްރާބުގައި ކަމަށެވެ. އަބަދު ވެސް ދަސް ކުރަން ޖެހޭ އައު ކަންތައްތަކާއި، ރަނގަޅު ކުރަން ޖެހޭ ގޯސްތައް ވެސް ހުންނާނެ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ. އަދި އަބަދު ވެސް ރެއާލް މަސައްކަތް ކުރަނީ ގޯސްތައް ރަނގަޅުކޮށް، ރެއާލްގެ ފެންވަރުގައި ކުރިއަށް ދާން ކަމަށް ވެސް އޭނާ ބުންޏެވެ.

ލީގު ތާވަލްގެ އެއް ވަަނައިގައި މިވަގުތު ރެއާލް އޮތީ ދެ ޕޮއިންޓުގެ ލީޑަކުންނެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 20 މެޗުން ރެއާލަށް ލިބެނީ 46 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 44 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އަށް ލިބެނީ 38 ޕޮއިންޓެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް