Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ. އާރަށުގެ ހިޔާނާތުގެ މައްސަލަ

އާރަށުގެ ޚިޔާނާތުގެ މައްސަލަ - " ހައިކޯޓުގެ ނިންމުމުގެ ސަބަބުން ހެކިތަކަށް ރިއާޔަތްކުރުމަށް ފުރުސަތު ގެއްލި، ހެއްވާ ނަތީޖާ އެއް ނުކުމެދާނެ"

ހޯމަ ދުވަހު ސުޕްރީމްކޯޓުގައި ކުރިއަށް ގެންގޮސްފައި ވާއިރު މި މައްސަލަ ކުރިއަށް ދިޔައީ މި މައްސަލައިގައި ދައުވާކޮށްފައިވާ ޔޫސުފް ނަޢީމްގެ އިސްތިއުނާފްގެ ބަޔާނާއި އެކުގަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2025 | ހޯމަ 06:38
އާރަށުގެ ޚިޔާނާތުގެ އިސްތިއުނާފް އަޑުއެހުމުގެ ތެރެއިން

އާރަށުގެ ޚިޔާނާތުގެ އިސްތިއުނާފް އަޑުއެހުމުގެ ތެރެއިން

ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލްކުރި މައްސަލައިގައި ބައެއް ހެކިތައް އެއްކިބާކުރުމުގެ ސަބަބުން ދަށު ކޯޓުގެ ފަނޑިޔާރަށް ހެކިތަކަށް ރިއާތްކުރުމުގެ ފުރުސަތު ގެއްލި، އެކަމުގެ ސަބަބުން ހެއްވާ ނަތީޖާ އެއް ނުކުތުމަށް މަގުފަހިވާ ކަމަށް ދައުލަތުގެ ފަރާތުން ފާހަގަކޮށްފިއެވެ.

ވ. އާރަށް ކުއްޔަށްދިނުމާ މުޢާމަލާތުގައި ރިޝްވަތާއި މަނީ ލޯންޑްރިންގގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ޔާމީންގެ މައްޗަށް ރިޝްވަތު ދިނުމާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް އަދި ވ. ފުލިދޫ، ހަނދުވަރީގެ، ޔޫސުފް ނަޢީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވާކަމަށް 25 ޑިސެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްއާއި، ޔޫސުފް ނަޢީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ކްރިމިނަލް ކޯޓުގެ ނިންމުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކްރިމިނަލް ކޯޓަށް ތަޙުވީލުކުރުމަށް 18 އެޕްރީލް 2024 ދުވަހު އެ ކޯޓުން ނިންމާފައިވެއެވެ. އަދި އެ ނިންމުމުގައި، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2016/12) ގެ 135 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހެޅި ހެކިތައް އެއްފަރާތްކުރުމަށް އަންގާފައިވެއެވެ. އެ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން އަންގާފައިވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅުނޫންކަމަށް ބަޔާންކޮށެވެ.

ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލްކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ހޯމަ ދުވަހު ސުޕްރީމްކޯޓުގައި ކުރިއަށް ގެންގޮސްފައި ވާއިރު މި މައްސަލަ ކުރިއަށް ދިޔައީ މި މައްސަލައިގައި ދައުވާކޮށްފައިވާ ޔޫސުފް ނަޢީމްގެ އިސްތިއުނާފްގެ ބަޔާއި އެކުގައެވެ. ޙުލާސާކޮށް ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް ހޯމަ ދުވަހު ވަނީ ފުރުސަތު ދީފައެވެ.

ދައުލަތުގެ ފަރާތުން ވަކާލާތުކޮށްފައި ވަނީ މި މައްސަލައިގައި ހިމެނޭ އިޖުރާއީ އައިބުގެ ސަބަބުން މުޅި މައްސަލަ ފާސިދު ނުވާ ކަމަށެވެ. އެގޮތުން ކުރިން ގޮތް ނިންމާފައިވާ މައްސަލަތަކުގައި އެފަދަ ހާލަތުތަކުގައި އަމަލުކޮށްފައި ހުރި ގޮތަށް އިޝާރާތްކޮށް ބައެއްކަންކަން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެގޮތުން 2022 ވަނަ އަހަރު ނިންމާފައިވާ މައްސަލަ އެއްގެ ގަޒިއްޔާ އަށް ދައުލަތުގެ ވަކީލް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެ ގަޒިއްޔާގައި ފަނޑިޔާރު ހުސްނުއް ސުޢޫދު ހާމަކުރައްވާފައިވާ ކަންކަމަށް ބަލާއިރު އިޖުރާއީ އައިބެއްގެ ސަބަބުން މުޅި މައްސަލަ ފާސިދު ވަނީ އެ އިޖުރާއީ އައިބަކީ މުޅި މައްސަލަ ފޫވައްޓަނިވި އައިބެއް ކަމަށް ބަޔާންކުރައްވާފައިވާ ކަމަށް ވަކީލް ވިދާޅުވިއެވެ. އަދި އެއީ ސީރިއަސް އައިބަކަށް ވިޔަސް، އެ އުނިކަމަކީ ނުވަތަ އެ އައިބަކީ ރަނގަޅު ކުރެވިދާނެ ކަމެއް ކަމަށް ވާނަމަ އެކަމެއް ރަނގަޅުކޮށްގެން ކޯޓުން ކުރިއަށް ގެންދާނެ ކަމަށް އެ ގަޒިއްޔާގައި ބަޔާންކޮށްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ދައުލަތުން އެދެނީ ޤާނޫނުގައި ނެތް ހައްލެއް ހޯދާދިނުމަށް ނޫން ކަމަށް ދައުލަތުގެ ވަކީލް ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ. އެގެ ބަދަލުގައި އެދެނީ ޤާނޫނުގައި އޮތް ފުރުސަތުތައް ދަަށު ކޯޓުގެ ފަނޑިޔާރަށް ފަހިކޮށްދެވޭނެ މަގު ހޯދާދިނުމަށް ކަމަށް ވެސް ވަކީލް ވަނީ ވިދާޅުވެފައެވެ.

އެހެންކަމަށް ވާއިރު ހައިކޯޓުން މައްސަލައިގެ ހެކިތައް އެއްފަރާތް ކުރީ މައްސަލައިގެ ހެކިތަކާއި ގުޅިގެން ހުށަހެޅި ހެކިތަކަށް ފަހުގައި، އެކަމާއި މެދު ރައީސް ޔާމީނާއި ޔޫސުފް ނައީމަށް ހުށަހެޅުންތައް ހުށަހެޅުމާއި، ބަހުސް ކުރުމުގެ ފުރުސަތު ލިބިފައި ނުވާތީ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. ދައުލަތުން ޤަބޫލުކުރާ ގޮތުގައި އެ މަރުހަލާ ފުރިހަމަކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ. މި މައްސަލައިގައި ހެކިތައް އެއްކިބާކުރުމުން ނާއިންސާފު ދިމާވާ ކަމަށް ވެސް ދައުލަތުން ފާހަގަކުރެއެވެ. އެ ހެކިތައް ހާމަކުރެވިދާނެ ކަމާއި މެދު ހައިކޯޓުން ވެސް ސުވާލު ނުއުފައްދާ ކަމަށާއި، މައްސަލަ އަލުން ބެލުމަށް ތަހުވީލުކުރާ އިރު ވެސް މައްސަލައިގެ ހެކިތައް ހުރީ ދަށު ކޯޓަށް ހާމަވެފައި ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އެހެންކަމުން ހައިކޯޓުގެ ޙުކުމް އޮތްގޮތުން ދަށު ކޯޓުގެ ފަނޑިޔާރަށް މި މައްސަލައިގެ ހެކިތަކަށް ރިއާޔަތްކުރުމުގެ ފުރުސަތު ގެއްލިގެން ގޮސްފައިވާ ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

އެއީ ނާއިންސާފެއް ކަމަށް ފާހަގަކޮށް ދައުލަތުން ބުނީ، ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ދިފާއީ ހެއްކަކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، ރައީސް ވިދާޅުވެގެން ވަކި ކަމެއް ކުރުމަށް ބަޔާންކޮށް ފޮނުވާ ކޮންމެ ސިޓީއަކީ ރައީސަށް އެނގިވަޑައިގެން ފޮނުވާ ސިޓީ އެއް ނޫންކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ. އެއީ ދޮގު ހެއްކެއްކަން ބަޔާންކުރުމަށް ދައުލަތުން ހެކިތަކެއް ހުށަހަޅާފައި ވާއިރު އެ ހެކިތަކަށް ރިއާތްކުރުމުގެ ފުރުސަތު ދަށުކޯޓަށް ގެއްލޭގޮތަށް ހައިކޯޓުގެ ނިންމުން ނިންމާފައިވާ ކަަމަށް ދައުލަތުން ވަނީ ބުނެފައެވެ. ދިފާއީ ހެކިން ވެސް ދޮގުހަދާފައިވާކަން ހާމަވި ނަމަވެސް އެކަމަށް ވެސް އިޝާރާތްކުރުމުގެ ފުރުސަތު ދަށު ކޯޓަށް ނުލިބޭ ކަމަށާއި އެއީ ކަނޑައެޅިގެން ނާއިންސާފެއް ކަަމަށް ދައުލަތުން ފާހަގަކުރެއެވެ.

އިންސާފަކީ ހަމައެކަނި ތުހުމަތުކުރެވޭ މީހާގެ ހައްގެއް ނޫން ކަމަށާއި އެއީ މުޖުތަމައުގެ ވެސް ހައްގެއް ކަަމަށް ދައުލަތުގެ ވަކީލް ޝަފީއު ވަނީ ފާހަގަކުރައްވާފައެވެ. އެ މައްސަލައިގައި އެ ދެފަރާތުގެ ހައްގު އެއް ހަމަކުރެވުނު ކަމަށް ބެލެވޭނީ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކަށް ބަހުސްކުރުމުގެ ފުރުސަތު ލިބުނު ފަދައިން ފަހުން ހުށަހެޅި ހެކިތަކާއި މެދު ވެސް ބަހުސްކުރުމަށް ފުރުސަތު ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ ފަރާތުން އެދިފައި ވަނީ އެ ނިންމުން ބާތިލްކަމަށް ކަނޑައަޅާ ދިނުމަށާ، މައްސަލަައިގައި އަލުން ގޮތެއް ކަނޑައެޅުމުގައި ދިފާއުގެ ހުށަހެޅުންތައް ހުށަހެޅުމަށާއި ބަހުސްކުރުމަށް ފުރުސަތު ދިނުމަށް ފަހު މައްސަަލައިގައި ގޮތެއް ކަނޑައެޅުމަށް ދަށުކޯޓަށް އަންގަވާދެއްވުމަށެވެ. އެގޮތުން ދައުލަތުގެ ފަރާތުން މި މައްސަލައިގައި ވާކަލާތުކުރެއްވި އަހުމަދު ޝަފީއު ވިދާޅުވީ މި މައްސަލައިގައި ހައިކޯޓުން ނިންމަވާފައިވާ ނިންމުމުގެ ސަބަބުން ހެކިތައް ދަށުކޯޓަށް ހަނާއެޅެމުން ދަނިކޮށް ހެކިތަކަށް ބެލުމުގެ ފުރުސަތު ދަށުކޯޓުގެ ފަނޑިޔާރަށް ގެއްލިގެންދާ ކަމަށާއި އެކަން އެގޮތަށް ދިމާވަނީ ހަމައެކަނި އިޖުރާއީ ސަބަބުތަކަށްޓަކާ ކަމަށެވެ. އެކަމުގެ ސަބަބުން ކަނޑައެޅިގެން ޝަރީއަތުގެ މަޖިލީހުގައި ހެއްކަކު ދެއްކީ ދޮގު ވާހަކަކަން އެނގިވަޑައިގެން ހުންނަވާ، އެއީ ދޮގެއް ކަމަށް ކަނޑައެޅުމުގެ ފުރުސަތު ގެއްލޭ ކަމަށް ދައުލަތުން ފާހަގަކުރެއެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ޕީޖީގެ ފަރާތުން ފާހަގަކުރި ގޮތުގައި ދައުލަތުން ހާމަކުރި ހެކިތައް އެއްކިބާކުރަން ހައިކޯޓުން ނިންމާފައިވާ ނިނަމުމަކީ އިޖުރާއީ އައިބުތަކަށް ހައްލު ހޯދާދިނުމުގެ އުސޫލާއި ޚިލާފުކަމެއް ކަމަށް ޕީޖީން ޤަބޫލުކުރެއެވެ. އަދި އެ މައްސަލަ އިސްތިޢުނާފްކުރަން ނިންމި ސަބަބަކީ އެއީ ކަމަށް ޕީޖީގެ ވަކީލް ފާހަގަކުރެއްވިއެވެ. މި މައްސަލަ އަކީ އެ މައްސަލަ ދަށު ކޯޓުން އަލުން ބެލުމަށް ހައިކޯޓުން ތަހުވީލުކޮށްފައިވާ މައްސަލަ އަކަށް ވާއިރު އެ ނިންމުން ހައިކޯޓުން ނިންމާފައި ވަނީ ދަށުކޯޓު މަރުހަލާގައި، ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކަށް ބަސްހުސްކުރުމަށް ފުރުސަތު ލިބިފައިނުވާތީ އާއި އަދި އެ ހުށަހެޅުންތައް ބަލައިގަނެފައި ނުވާތީ، އެ ބަހުސް އަލުން ދަށު ކޯޓުގައި ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވުމުގެ ގޮތުންކަން ޕީޖީގެ ވަކީލް ފާހަގަކުރެއްވިއެވެ.

އެ މައްސަލަ ތަހުވީލުކުރީ އަލީ ޒުބައިރު ގަޒިއްޔާގައި ކަނޑައަޅުއްވާފައިވާ އިޖުރާއީ އައިބުތަކަށް ފަރުވާ ހޯދުމާއި ގުޅޭ އުސޫލުގެ ދަށުން ކަމަށް ވާއިރު، އެ އުސޫލު އުފެދެން ޖެހުނީ އިޖުރާއަތުގެ ތެރޭގައި ކަސްތޮޅު އެޅިގެން ގޮސް އަދުލު އިންސާފު ޤާއިމްކުރުމަށް އޮތް ހުރަސްތައް ބަންދުކުރުންކަމަށް ވަކީލް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމަށް ވާއިރު ދައުލަތުން ހުށަހަޅުއްވާ މައްސަލައިގެ އިސްތިއުނާފް ރައްދުވާ ފަރާތްތަކުން އެ ގަޒިއްޔާގައި (އަލީ ޒުބައިރު ގަޒިއްޔާ)ގައި ކަނޑައަޅާފައިވާ ޓެސްޓުގެ މައްސަލަ އަށް އެޕްލައި ނުކުރެވޭ ކަމަށް ވަނީ ބުނެފައެވެ.

މި މައްސަލަ ބެއްލެވުމުގައި އިސްކޮށް ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދުވަނީ އެއްކިބާކުރެވިފައިވާ ހެކިތަކަކީ ކޮބާކަން ސާފުކޮށްދެއްވުމަށް ދައުލަތުގެ ފަރާތުން އެދިފައެވެ. ދިފާއީ ހެކިން ދިން ހެކިބަހާއި ގުޅިގެން، ހުރި ދެއުޅި އެއްނުވާ ކަންކަމާއި ގުޅިގެން ހުށަހެޅި ހެކިތައް އެއްކިބާކޮށްފައިވާ ކަމަށް ދައުލަތުގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. އެ ހެކިތަކަކީ އާ ހެކިތަކެއް ކަމަށާއި، އެ ހެކިތައް ހުށަހެޅީ ޕީޖީ އޮފީހަށް ހެކި ލިބުނު ދުވަހު ( 4 އޮކްޓޯބަރ 2022) ވަނަ ދުވަހު ކަމަށް ދައުލަތުން ވަނީ ފާހަގަކުރައްވާފައެވެ. އެ ހެކިތަކަކީ ދިފާއީ ހެކިން ދެއްކި ވާހަކަތަކާއި ގުޅިގެން ފުލުހުން ބެލި ބެލުމުން ހޯދުނު ހެކިތައް ކަމަށް ފާހަގަކުރައްވާ ދައުލަތުގެ ވަކީލް ވިދާޅުވީ އެ ހެކިތައް ހުށަހެޅީ ދިފާއީ ހެކިންގެ ކްރެޑިބިލިޓީ ނުވަތަ ސައްހަކަމާއި މެދު ސުވާލު އުފެދުމުގެ ގޮތުން ކަމަށެވެ.

ޝަރީއަތް ކުރިއަށް ދަނިކޮށް ހެކި ހާމަކުރުމާއި، ހެކި ހުށަހެޅުމަކީ ޖިނާއީއިޖުރާއަތުގެ ޤާނޫނުގެ ދަށުން ހުއްދަކަމެއް ކަމަށް ވެސް ދައުލަތުގެ ވަކީލް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެއީ އާ ކަމެއް ކަމަށް ދިފާއުން ބުނާ ބުނުމަކީ ރަނގަޅު ބުނުމެއް ނޫން ކަމަށާއި އެއީ އީޖާބީ ކަމެއް ނޫންކަމަށް ޝަފީއު ވިދާޅުވިއެވެ. އެގޮތުން ޝަރީއަތުގެ ކޮންމެ މަރުހަލާއެއްގައި ވެސް އެ ހެކިތައް ހުށަހެޅުމުގެ ފުރުސަތު އޮންނަކަން ފާހަގަކުރައްވާ ވަކީލް ވަނީ އެކަމާއި ގުޅުން ހުރި ޤާނޫނީ މާއްދާތަކަށް އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން ހެކިތަކަށް ޗެލެންޖްކޮށް ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަރާތަށް ލިބިފައި ނުވާތީ އެ ހެކިތައް އެއްކިބާކުރުމަށް ހައިކޯޓުން ނިންމާފައިވާކަމަށް ވަކީލް ވަނީ ފާހަގަކުރައްވާފައެވެ. އެ އިޖުރާއަތަކީ ތަހުވީލުކޮށްފައިވާ މައްސަލައިގައި ދެ ފަރާތުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަކަށް ތަހުވީލުކުރެވޭނެ މައްސަލަ އެއް ކަމަށް ޤަބޫލުކުރެވޭ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އެކަން އިސްލާހުކުރެވޭނެ ގޮތަކީ ޕީޓީއެމް އާއި ގުޅޭގޮތުން ހުށަހެޅި ހުށަހެޅުންތަކާއި މެދު ބަހުސްކުރުމަށް ފަހު މައްސަލައިގައި ހުކުމަކާއި ހިސާބަށް ވާސިލްވުންކަމަށާއި އިންސާފުގެ މަގަކީ އެއީ ކަމަށް ދައުލަތުން ޤަބޫލުކުރާ ކަމަށް ދައުލަތުގެ ވަކީލް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު