Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ވަގު ފޯމު"ގެ މައްސަލަ

"ވަގު ފޯމު"ގެ މައްސަލަ ނުބަލަން ފުލުހުންނަށް އޮތް ހަމައެކަނި އިޖުރާއަތަކީ ސިޔާސީ ނުފޫޒު - އައިކު

އައިކު ވަނީ އިހުސާން އިސްތިއުފާދެއްވުން ނުވަތަ މަޤާމުން ވަކިކުރުމަކީ އެއްމެ ރަނގަޅު ގޮތްކަމަށް ފާހަގަކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 ޖެނުއަރީ 2025 | ހޯމަ 04:46
އައިކު އަހުމަދު އީސާ، އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ

އައިކު އަހުމަދު އީސާ، އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ

ވަގު ފޯމް ފުރައިގެން ޕީއެންސީ އަށް މީހުން ވައްދާފައިވާ މައްސަލަ ނުބަލަން ފުލުހުންނަށް އޮތް ހަމައެކަނި އިޖުރާއަތަކީ ސިޔާސީ ނުފޫޒު ކަމަށް އެމްޑީޕީގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމަށް ސައްހަ ނޫން ގިނަ އަަދަދެއްގެ ފޯމް ހުށަހެޅި މައްސަލަ އެއް ފެންމަތިވެފައިވާ އިރު އެކަން ކުރީ ޑީއެންއާރުން ޑާޓާ ނަގައިގެންކަން ވަނީ ހާމަވެފައެވެ. އެގޮތުން އާއްމުންގެ ފިންގަރޕްރިންޓް، ސޮއި ފޯރޖްކުރުމާއި އައިޑީކާޑުގައި ހުރި ފޮޓޯ ވަގަށް ނަގައިގެން ފޯމްފުރިކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.

އެކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން އައިކު ވިދާޅުވީ މި ދުވަސްކޮޅަކީ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތި ވެގެން އަންނަކަން ދުވަސްކޮޅެއް ކަމަށެވެ. އައިކު ވިދާޅުވީ އެފަދަ މައްސަލަތައް ބެލުމުގައި ފުލުހުން ވަކި މައްސަލަތަކަކާއި މެދު ޚާއްސަ ނަޒަރަކުން ބަލާކަން ފާހަގަކުރެވޭ ކަމަށެވެ. އެއްކަހަލަ މައްސަތަކެއްގައި ތަފާތު ގޮތްގޮތަށް އަމަލުކުރާ ސަބަބާއި މެދު އައިކު ވަނީ ސުވާލު އުފައްދަވާފައެވެ. ހަމައެހެންމެ ކޮރަޕްޝަނާއި ގުޅުން ހުރި ހުރިހާ މައްސަލަ އެއް ބަލަމުން ނުދާތީ އެކަމުގެ ކަންބޮޑުވުން އޭނާ ވަނީ ހިއްސާކުރައްވާފައެވެ.

މީގެ ކުރިން ސޯޝަލްމީޑިއާގައި މައްސަލަތައް ފެންމަތިވުމުން ފުލުހުންގެ އިސްނެގުމުގައި އެ މައްސަލަ ބަލަން ފެށި ނަމަވެސް، ވަގު ފޯމްގެ މައްސަލައިގައި އެ މޭރުމުން އަމަލުކޮށްފައި ނުވާ ސަބަބާއި މެދު އައިކުވަނީ ސުވާލު އުފައްދާފައެވެ.

މި މައްސަލައިގައި ފޯރޖް ޑޮކިއުމެންޓްތަކެއް ބޭނުންކުރުމުގެ އިތުރުން ހޯމް މިނިސްޓްރީގެ ވަސީލަތްތައް ބޭނުންކޮށްގެން ޕީއެންސީގެ ފޯމް ފުރުމަކީ ކޮރަޕްޝަންކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ނަޒާހަތްތެރި ތަހުގީގެއް ކުރަން ބޭނުން ނަމަ މިނިސްޓަރ އިހުސާން ވަގުތީގޮތުން ނަމަވެސް މަޤާމުން ދުރުކުރަން ޖެހޭކަމަށް އައިކު ވަނީ ވިދާޅުވެފައެވެ. އައިކު ވަނީ އިހުސާން އިސްތިއުފާދެއްވުން ނުވަތަ މަޤާމުން ވަކިކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ފާހަގަކުރައްވާފައެވެ.

ގިނަ އަދަދެއްގެ މީހުން ވަގު ފޯމު ފުރައިގެން ޕިއެންސީ އަށް ވައްދާފައިވަނީ ހޯމް މިނިސްޓަރ އިހްސާނުގެ ބައިވެރިވުން އޮވެގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ވެފައިވާ ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގެ ޑޭޓާބޭސް އިން ވަގަށް މައުލޫމާތު ނަގައިގެން އެ އޮފީހުގެ ތެރޭގަކަމަށް ބެލެވެއެވެ.

މިބޮޑު ޚިޔާނާތް ހިންގުމުގައި ހޯމް މިނިސްޓަރުގެ ސީދާ ބައިވެރިވުން އޮތް ކަމަށް ބެލޭތީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މިއީ ޑރ މުއިއްޒުގެ ކެބިނެޓް މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުނު ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު