Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޙަމާސް އިން ބުނަނީ އިސްރާއީލަށް "އަނިޔާވެރި މަޤްޞަދުތައް ޙާޞިލުކުރުމުގައި ނާކާމިޔާބުވެފައިވާ" ކަމަށް

އިސްރާއީލަށް "ކާމިޔާބުވެފައިވަނީ ހަމައެކަނި އިންސާނީ ކަރާމަތާއި ޢިއްޒަތަށް ނިކަމެތިކަން ގެނެސްދޭ ހަނގުރާމައިގެ ޖަރީމާތައް ހިންގުން" ކަމަށް ހަމާސް އިން ބުނެފައިވޭ.

ރާއްޖެ އެމްވީ | 19 ޖެނުއަރީ 2025 | އާދީއްތަ 03:55
2025 ޖެނުއަރީ 15 - ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްބުން އިއުލާނު ކުރުމާއެކު ފަލަސްތީނު ރައްޔިތުން ޚާން ޔޫނިސްގައި އުފާ ފާޅު ކުރަނީ

2025 ޖެނުއަރީ 15 - ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްބުން އިއުލާނު ކުރުމާއެކު ފަލަސްތީނު ރައްޔިތުން ޚާން ޔޫނިސްގައި އުފާ ފާޅު ކުރަނީ

އިސްރާއީލުން ޣައްޒާ ގައި "އަނިޔާވެރި މަޤްޞަދުތައް ޙާޞިލުކުރުމުގައި ނާކާމިޔާބުވެފައިވާ" ކަމަށް ހޮނިހިރު ދުވަހު ޙަމާސްއިން ބުނެފިއެވެ.

ހަމާސް އިން ނެރުނު ބަޔާނެއްގައި މިހެން ބުނީ އިސްރާއީލާއެކު އެއްބަސްވެފައިވާ ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުން ފެށުމަށް އެއް ދުވަހަށް ވަގުތު ކުޑަތަންވެފައި ވަނިކޮށްނެވެ.

އެ ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލަށް "ކާމިޔާބުވެފައިވަނީ ހަމައެކަނި އިންސާނީ ކަރާމަތާއި ޢިއްޒަތަށް ނިކަމެތިކަން ގެނެސްދޭ ހަނގުރާމައިގެ ޖަރީމާތައް ހިންގުން" ކަމަށެވެ.

އަދި އެ ޖަމާޢަތުން ބުނެފައިވަނީ ޣައްޒާގައި އެމީހުން ހިފަހައްޓާފައިވާ އިސްރާއީލީ ރަހީނުން ދޫކޮށްލުމުގެ ނިޒާމު ބިނާވެފައި އޮންނާނީ އިސްރާއީލުން މިނިވަންކުރާ ފަލަސްޠީނު މީހުންގެ އަދަދުގެ މައްޗަށް ކަމަށެވެ.

ޙަމާސްއިން ބުނެފައިވަނީ އިސްރާއީލުން މިނިވަންކުރާނެ ފަލަސްޠީނު މީހުން ލިސްޓު ޝާއިޢުކުރާނީ ބުދަ ދުވަހު އިސްރާއީލާއެކު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން މީހުން ބަދަލުކުރުމުގެ އެއް ދުވަސް ކުރިން ކަމަށެވެ.

ޤަޠަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓާލުން ފެށޭނީ އާދީއްތަ ދުވަހުގެ ހެނދުނު 8:30 ގައި ކަމަށެވެ.

އިތުރަށް ކިޔާލަން

30 މެއި 2018

ޣައްޒާ އިން އިސްރާއީލަށް ހަމަލާދެމުން ދާތީ ކަމަށް ބުނެ އދ. ގެ ސެކިޔުރިޓީ ކައުންސިލު ބައްދަލުވުމެއް ބާއްވަނީ

30 މެއި 2018
ޣައްޒާ އިން އިސްރާއީލަށް ހަމަލާދެމުން ދާތީ ކަމަށް ބުނެ އދ. ގެ ސެކިޔުރިޓީ ކައުންސިލު ބައްދަލުވުމެއް ބާއްވަނީ
29 މެއި 2018

އިނގިރޭސިވިލާތުން އިސްރާއީލަށް ރެކޯޑް އަދަދަކަށް ހަތިޔާރު ވިއްކައިފި

29 މެއި 2018
އިނގިރޭސިވިލާތުން އިސްރާއީލަށް ރެކޯޑް އަދަދަކަށް ހަތިޔާރު ވިއްކައިފި
15 މެއި 2018

އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާ ގުޅިގެން ދެކުނު އެފްރިކާ އިން އިސްރާއީލަށް ކަނޑުއަޅުއްވާފައިވާ އެމްބެސެޑަރު އަނބުރާ ގައުމަށް ގެންގޮސްފި

15 މެއި 2018
އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާ ގުޅިގެން ދެކުނު އެފްރިކާ އިން އިސްރާއީލަށް ކަނޑުއަޅުއްވާފައިވާ އެމްބެސެޑަރު އަނބުރާ ގައުމަށް ގެންގޮސްފި
13 މެއި 2018

ގުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވުމަށް އިވަންކާ އާއި ޖެރާޑް އިސްރާއީލަށް ވަޑައިގެންފި

13 މެއި 2018
ގުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވުމަށް އިވަންކާ އާއި ޖެރާޑް އިސްރާއީލަށް ވަޑައިގެންފި
03 އެޕްރީލު 2018

ފަލަސްތީނާއިއެކު އިސްރާއީލަށް ވެސް އެމީހުންގެ އަމިއްލަ ބިމުގެ ހައްގު އޮންނާނެ: ސައުދީ ވަލީއަހުދު

03 އެޕްރީލު 2018
ފަލަސްތީނާއިއެކު އިސްރާއީލަށް ވެސް އެމީހުންގެ އަމިއްލަ ބިމުގެ ހައްގު އޮންނާނެ: ސައުދީ ވަލީއަހުދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު