Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

އާސެނަލް އަތުން ލިބުނީ ހައްގު މޮޅެއް: އަމޯރިމް

މިވަގުތު ޔުނައިޓެޑަށް ލިބުނު ހަމަޖެހުމެއްގެ ގޮތުގައި އަމޯރިމް ވަނީ ސިފަ ކޮށްފަ އެވެ. އަދި ކުޅުންތެރިންނަށް ބޭނުންވާ ރެސްޓު ދިނުމަށްފަހު، ކުރިއަށް އޮތް މެޗުތަކަށް އަނެއްކާ ވެސް ފުރިހަމަ އަށް ތައްޔާރުވާނެ ކަމަށް އަމޯރިމް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖެނުއަރީ 2025 | އަންގާރަ 04:20
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް

އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗުން، މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނީ ހައްގު މޮޅެއް ކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.

އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ވެސް ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ކާމިޔާބުކޮށް ޔުނައިޓެޑުން ވަނީ އާސެނަލް ކަޓުވާލައި މުބާރާތުގެ އަނެއް ބުރުން ޖާގަ ހޯދައިފަ އެވެ.

އެ މެޗަށްފަހު ވާހަަކަ ދައްކަމުން އަމޯރިމް ބުނީ، މެޗުން މޮޅުވުމަށް ޔުނައިޓެޑަށް ވަރަށް މަސައްކަތް ކުރަން ޖެހުނު ކަމަށާއި، މެޗުން މޮޅުވީ ހިތްވަރު ދޫކޮށްނުލައި ކުރި މަސައްކަތުން ކަމަށެވެ. މެޗުގައި ޔުނައިޓެޑަށް އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ލިބުނުކަން ފާހަގަ ކުރަމުން އަމޯރިމް ބުނީ، މެޗުގައި ޔުނައިޓެޑަށް ލިބުނީ ހައްގު މޮޅެއް ކަމަށެވެ. މެޗުގައި އާސެނަލް އިން ދެއްކި ކުޅުމަށް ބަލާއިރު، އެ ޓީމަށް ބަލިވުން ހައްގު ނުވި ނަަމަވެސް، ޔުނައިޓެޑަށް މޮޅެއް ހައްގު ކަމަށް އަމޯރިމް ވަނީ ބުނެފަ އެވެ.

މެޗުން މޮޅުވެ ޔުނައިޓެޑު އަނެއް ބުރަށް ދަތުރުކުރިއިރު، ޔުނައިޓެޑުގެ ނަތީޖާއާ މެދު އެ ޓީމުގެ ސަޕޯޓަރުން ތިބީ ޤަބޫލު ކުރަން ދަތިވެފައި ކަމަށް އަމޯރިމް ބުންޏެވެ. އެހެން ނަމަވެސް، މިއީ މިވަގުތު ޔުނައިޓެޑަށް ލިބުނު ހަމަޖެހުމެއްގެ ގޮތުގައި އަމޯރިމް ވަނީ ސިފަ ކޮށްފަ އެވެ. އަދި ކުޅުންތެރިންނަށް ބޭނުންވާ ރެސްޓު ދިނުމަށްފަހު، ކުރިއަށް އޮތް މެޗުތަކަށް އަނެއްކާ ވެސް ފުރިހަމަ އަށް ތައްޔާރުވާނެ ކަމަށް އަމޯރިމް ވަނީ ބުނެފަ އެވެ.

މެޗުގެ ވަކި ހިސާބަކުން ޔުނައިޓެޑުގެ ޑިއޭގޯ ޑަލޮޓް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއިރު، މެޗުގެ ބާކީ ބައި އެ ޓީމުން ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުންނެވެ. އަމޯރިމް ބުނީ އެފަދަ މެޗެއްގައި އެކަންވީ ވަރަށް ބޮޑު ޕްރެޝަރަކަށް ކަމަށާއި، މެޗުގައި އެތައް އުނދަގޫތަކެއް އެކަމުގެ ސަބަބުން ކުރިމަތިވި ކަމަށެވެ.

ޔުނައިޓެޑަށް ދެން އޮންނަނީ މި މަހުގެ 17 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗެވެ. މި ސީޒަންގެ ވަކި ހިސާބަކުން ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވި އަމޯރިމްގެ އިރުޝާދުގެ ދަށުން ވެސް އެ ޓީމުގެ ނަތީޖާތައް ދަށްވަމުން އަންނަނާތީ، އޭނާ އަށް ފާޑު ކިޔުންތައް އަމާޒުވަމުން އަންނައިރު، ޕްރެޝަރު ބޮޑުވަމުން އަންނަ ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު