Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލިފާނުގެ ހާދިސާ

ލޮސް އެންޖެލެސް އަލިފާނުގައި މަރުވި މީހުންގެ އަދަދު 16 ށް، ގެއްލުމުގެ އަގު 135 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް!

މަރުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުއްތާ އާއި އިންސާނުންގެ ޓީމުތަކުން ކުރިއަށް ގެންދާއިރު، ލޫޓުވުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. އެތައް ހާސް ހެކްޓަރުގެ ބިން އަދައިގެން ގޮސްފާވާއިރު، ގާތްގަނޑަކަށް 400 ނޭޝަނަލް ގާޑް މެންބަރުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖެ އެމްވީ | 12 ޖެނުއަރީ 2025 | އާދީއްތަ 19:04
2025 ޖެނުއަރީ 7 - ލޮސް އެންޖެލެސްގެ ޕެލިސޭޑްސް ގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުަމަށް އަލިފާން ނިއްވާ މީހުން ހަރަކާތްތެރިވަނީ

2025 ޖެނުއަރީ 7 - ލޮސް އެންޖެލެސްގެ ޕެލިސޭޑްސް ގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުަމަށް އަލިފާން ނިއްވާ މީހުން ހަރަކާތްތެރިވަނީ

ލޮސް އެންޖެލެސްގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކުގައި މިހާތަނަށް މަދުވެގެން 16 މީހުން މަރުވެއްޖެއެވެ. ކެލިފޯނިއާގެ ބޮޑު ސިޓީގެ ހަތަރު ދިމާލެއްގައި ރޯވެ އަނދަމުން ދާއިރު ލިބުނު ގެއްލުމުގެ އަގު 135 ބިލިއަން ޑޮލަރަށް ވުރެ ބޮޑުވާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.

އެ ސިޓީގެ ތާރީޚުގައި ހިނގަމުންދާ އަލިފާނުގެ އެންމެ ބޮޑު ހާދިސާގައި، އަނދައިގެން ގޮސްފައިވާ ސަރަޙައްދުތަކުގައި މަރުވެފައިވާ މީހުން ހޯދުމަށް ޓަކައި ކުއްތާތަކާއި މީހުން ހޯދާ ޓީމުތަކުން ވަނީ މަސައްކަތް ފަށާފައެވެ.

އެމެރިކާގެ ކަރަންޓު ކެނޑުމުގެ ހާދިސާތަކުގެ މަޢުލޫމާތު ބަލަހައްޓާ ވެބްސައިޓެއް ކަމުގައިވާ ޕަވަރއައުޓޭޖް.ޔޫއެސްގެ މަޢުލޫމާތުން ދައްކާގޮތުގައި، ގާތްގަނޑަކަށް 35,000 ގެއާއި ވިޔަފާރިތަކުން ވަނީ ކަރަންޓު ކެނޑިފައެވެ.

ގެތަކަށް ވަދެ، ވައްކަންކުރަން އުޅުނު 20 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.

އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގަމުންދާ ޕެލިސޭޑްސް ގައި މިހާރު ވަނީ 20,000 އޭކަރަށްވުރެ ބޮޑުބައި އަނދާފައެވެ. އަލިފާނާ ހަނގުރާމަ ކުރަމުންދާ ފަޔަރ ފައިޓަރުން ބުނަނީ އަލިފާން ކޮންޓްރޯލްކުރުމުގައި ކުޑަ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

އަލިފާން މިހާރު އިރުމަތިން ފެތުރެމުންދާއިރު، ދުނިޔޭގެ ނަން މަޝްހޫރު އާޓް މިއުޒިއަމެއް ކަމުގައިވާ ގެޓީ ސެންޓަރު ހުރި، މުއްސަނދިން ދިރިއުޅޭ ބްރެންޓްވުޑް ސަރަޙައްދަށް ދަނީ ނުރައްކާވަމުންނެވެ. މިއުޒިއަމްގެ މީހުން ވަނީ އެހެން ތަނަކަށް ބަދަލުކޮށްފައެވެ.

ކައިރީގައި ހުރި ޔުނިވަރސިޓީ އޮފް ކެލިފޯނިއާގެ ކްލާސްތައް ކުރިއަށްދަނީ އޮންލައިންކޮށްނެވެ.

އީޓަން އަލިފާނުގެ ހާދިސާގައި 11 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުކުރެވިފައެވެ. އަދި ޕެލިސޭޑްސްގެ އަލިފާނުގެ ހާދިސާގައި އިތުރު ފަސް މީހުން މަރުވެފައިވެއެވެ.

ހޮނިހިރު ދުވަހާ ހަމައަށް، ލޯކަލް އޮތޯރިޓީތަކުގެ މަޢުލޫމާތުން ދައްކާގޮތުގައި، ލޮސްއެންޖެލެސް ކައުންޓީގައި 153,000 އަށްވުރެ ގިނަ މީހުން ވަނީ އިވެކުއޭޓްކުރުމުގެ އަމުރުގެ ދަށުގައެވެ. އަދި އިތުރު 166,000 މީހުން ވަނީ އިވެކުއޭޓްކުރުމުގެ އިންޒާރުގެ ދަށުގައެވެ.

އަލިފާނުގެ ހާދިސާތަކުގައި 12,000 އަށްވުރެ ގިނަ ތަންތަން ވަނީ އަނދައިގެން ގޮސްފައެވެ. ތަންތަން ކަމަށް ބުނެފައި އެވަނީ ގެތަކާއި، އިތުރު އިމާރާތްތަކާއި، ގުދަންތަކާއި، މޯބައިލް ހޯމްތަކާއި އަދި އުޅަނދުތައް ހިމަނައިގެންނެވެ.

އީޓަން ގެ އަލިފާނުގެ ހާދިސާގައި 7,000 އަށްވުރެ ގިނަ ތަންތަން ވަނީ އަނދާ ހުލިވެފައެވެ.

ޕެލިސޭޑްސް އަލިފާނުގެ ހާދިސާގައި ގާތްގަނޑަކަށް 5,300 ތަން ވަނީ އަނދާފައެވެ. މީގެ ތެރޭގައި މަދުވެގެން 426 ގެ ހިމެނެއެވެ.

ވައްކަންކުރާ މީހުންނާ ބެހޭ ރިޕޯޓުތަކަކަށްފަހު، ޕެލިސޭޑްސް އަދި އީޓަން އަލިފާނުގެ ހާދިސާތަކުން އަސަރުކޮށްފައިވާ ސަރަޙައްދުތަކުގައި ހަވީރު 6:00 ން ހެނދުނު 6:00 ށް ހަމަޖައްސާފައިވާ ކާފިއު "ވަރަށް ހަރުކަށިކޮށް" ތަންފީޒުކުރަމުންދާ ކަމަށް އޮތޯރިޓީތަކުން ބުނެއެވެ.

ޖުމްލަ 22 މީހުން ވަނީ ހައްޔަރުކުރެވިފައެވެ. އެއީ އީޓަން އަލިފާނުގެ ސަރަޙައްދުން 19 މީހުންނާއި ޕެލިސޭޑްސް އަލިފާނުގެ ސަރަޙައްދުން 3 މީހުންނެވެ. ކާފިއުގެ އަމުރާ ޚިލާފުވެގެން މިހާތަނަށް ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އޮފިޝަލުން ބުނާގޮތުގައި، ގާތްގަނޑަކަށް 400 ނޭޝަނަލް ގާޑް މެންބަރުން ގެންދަނީ މި ސަރަޙައްދުގައި މަގުތައް ބެލެހެއްޓުމާއި މުހިންމު އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންނެވެ.

އެކިއު ވެދަރގެ ފަރާތުން ހަދާފައިވާ އަންދާޒާއަކަށް ބަލާއިރު، މި އަލިފާނުގެ ހާދިސާތަކަކީ އެމެރިކާގެ ތާރީޚުގައި އެންމެ ބޮޑު ގެއްލުމެއްވި ހާދިސާތަކަށް ވުމީ އެކަށީގެންވާ ކަމެކެވެ. ލަފާކުރެވޭ ގޮތުގައި ގެއްލުމުގެ އަގު 135 ބިލިއަން އާ 150 ބިލިއަން ޑޮލަރާ ދެމެދުގެ ޢަދަދަކަށް އަރާނެއެވެ.

ގެއްލުން ލިބުނު ގެތަކަކީ އަގުބޮޑު ގެތަކަކަށް ވުމާއެކު، އިންޝުއަރެންސްގެ ގޮތުގައި 8 ބިލިއަން ޑޮލަރު (6.5 ބިލިއަން ޕައުންޑް) އަށްވުރެ ގިނަ ފައިސާ ދޭންޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

މި ހާދިސާގައި އަމިއްލަ ގެ އަނދައިގެން ދިޔަ މަޝްހޫރު މީހުންގެ ތެރޭގައި މެލް ގިބްސަން، ލެއިޓަން މީސްޓަރ އަދި އެޑަމް ބްރޯޑީ އަދި ޕެރިސް ހިލްޓަން ހިމެނެއެވެ.                                        

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު