Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންސީން ވަގުފޯމު ހެދުން

ވިލިނގިލީ އެމްޑީޕީގެ ދަފްތަރުގައި އޮތް އާސިފް ގެ ޒާތީ މައުލޫމާތު އޭނާ އަށް ނޭނގި ބޭނުންކޮށް ޕީއެންސީން ވައްކަން ކޮށްފި

ފޯމުގައި ވަނީ އާސިފްގެ ނަމުގައި ސޮއި ކޮށް ފިންގަރޕްރިންޓް ވެސް ޖަހާފައި

ރާއްޖެ އެމްވީ | 12 ޖެނުއަރީ 2025 | އާދީއްތަ 12:56
ޕީއެންސީ އިން ފުރާ ހުށަހަޅާފައިވާ ފޯމުގެ އިމޭޖް އެއް

ޕީއެންސީ އިން ފުރާ ހުށަހަޅާފައިވާ ފޯމުގެ އިމޭޖް އެއް

ގއ. ވިލިނގިލީ އާސިފް އަޙްމަދުގެ ޒާތީ މައުލޫމާތު ބޭނުންކޮށް، އޭނާގެ ނަމުގައި ފޭކް ސޮއި ކޮށް، ވެރިކަން ހިންގާ ޕީޕީލަސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވައްދާފައިވާ ކަމަށް އޭނާ ބުނެފިއެވެ.

މި ނޫހާ ވާހަކަ ދައްކަމުން އާސިފް ބުނީ މިއީ "ސީދާ ވައްކަމެއް" ކަމަށެވެ.

Advertisement - newsAdvertisement

އާސިފް ބުނީ، އޭނާ އަށް ނޭނގި އެމްޑީޕީ އިން ވަކިކޮށް ޕީއެންސީ އަށް ވައްދާފައި އޮތްކަން އެނގުނީ، އިލެކްޝަންސް ކޮމިޝަނުން އޭނާ އެމްޑީޕީގެ ދަފްތަރުން ވަކި ކުރުމަށް ފަހު އެކަން ޕާޓީ އޮފީހަށް އެންގުމުން ޕާޓީ އޮފީހުން އެ މައުލޫމާތު އޭނާ އަށް ހިއްސާ ކުރަމުންނެވެ.

"އެ ހިސާބުން އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށް މެއިލް ކުރީ އަޅުގަނޑު ޕާޓީ ބަދަލު ކުރަން ފޮނުވި ފޯމުގެ ކޮޕީއެއް އަޅުގަނޑަށް ލިބިދާނެތޯ، ދެން ކޮމިޝަނުން ފޯމު އަޅުގަނޑަށް މެއިލް ކުރީ،" މިކަން ހިނގިގޮތް ކިޔައިދެމުން އާސިފް ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން އޭނާ އަށް ފޮނުވި ފޯމުގައި ހުރި އާސިފްގެ ޒާތީ މައުލޫމާތު ދިމާވި ނަމަވެސް، އޭގައި ކޮށްފައިވާ ސޮޔާއި އޭނާގެ އައިޑީ ކާޑުގައިވާ ސޮޔާ ދިމާ ނުވާކަން ފާހަގަ ކުރެވެއެވެ.

ޕާޓީ ބަދަލުވި ކަމުގެ މައުލޫމާތު ސީދާ އާސިފް އަށް ކޮމިޝަނުން ނޭންގީ ކީއްވެތޯ އެހުމުން އޭނާ ބުނީ ފޯމުގައި އޮތީ އޭނާގެ ފޯނު ނަންބަރު ނޫން ކަމަށެވެ. އެހެންވެ ކޮމިޝަނުން ގުޅިޔަސް އޭނާގެ އަސްލު ނަންބަރަށް ގުޅޭނެ ގޮތެއް ނޯންނާނެ ކަމަށް ދެކޭ ކަމަށްވެސް އާސިފް ބުންޏެވެ.

އެ ފޯމުގައި އާސިފްގެ ނަމުގައި ފިންގަރޕްރިންޓް ވެސް ވަނީ ޖަހާފައެވެ.

"ސޮއި ކޮށްފައި އޮތީ އަޅުގަނޑުގެ ސޮޔާ ވައްތަރު ގޮތެއް ދައްކާފަ، އަޅުގަނޑު ސޮއި ކުރި ފޯމެއް، ފުރި ފޯމެއް ވެސް ނޯންނާނެ ޕީއެންސީ އަށް ވަންނަން،" އާސިފް ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ފޮނުވި ފޯމަށް ބަލާއިރު ފާހަގަ ކުރެވޭ ގޮތުގައި އެ ފޯމުގައި އެއް ހެކިވެރިއެއްގެ ގޮތުގައި ސޮއި ކޮށްފައިވަނީ ހުވައެއް ކުރައްވައިގެން ޒިންމާދާރު މަގާމެއްގައި ހުންނެވި ފަރާތެއް ކަމަށްވާ، މާލެ-ވިލިނގިލި ދާއިރާގެ ޕީއެންސީ އަށް ނިސްބަތްވާ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއީލް އެވެ.

ދެވަނަ ފަރާތެއްގެ ގޮތުގައި ހެކިވެރިއަކަށް ސޮއި ކޮށްފައިވަނީ ސ. ހިތަދޫ އޯކިޑްމާގޭ އިބްރާހިމް ރައްޒާނު ކިޔާ ފަރަތެކެވެ.                                                                                         

އާސިފް ބުނީ މިއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި އޭނާ އަށް ނޭނގި އޭނާގެ ޒާތީ މައުލޫމާތު ބޭނުންކޮށް ވަގު ސޮއި ކޮށް، އިނގިލީގެ ނިޝާން ޖަހާ ޕާޓީ ބަދަލު ކުރި މައްސަލަ ޕޮލިހަށް ހުށަހަޅާނެ ކަމަށެވެ.

އެމްޑީޕީ ވިލިނގިލި ދާއިރާގެ ދާއިރާ ރައީސްގެ އިންތިޚާބަށް ތައްޔާރުވަމުން ދާތީ ޕާޓީ ދަފްތަރުގައި އޮތްތޯ އެމްޑީޕީގެ މެމްބަރުން ޗެކް ކުރަމުންދާއިރު ގިނަ ފަރާތްތަކެއް އެމީހުންނަށް ނޭނގި ޕީއެންސީ އަށް ވައްދާފައިވާ ކަން ފާހަގަ ކުރެވޭ ކަމަށްވެސް އާސިފް ބުންޏެވެ. 

މީހުންނަށް ނޭނގި ޕީއެންސީ އަށް ވައްދާ ކަމުގެ އެތައް ޝަކުވާ އެއް ވަނީ ފެންމަތިވެފައެވެ. އަދި ޕީއެންސީ އަށް މީހުން ވެއްދުމަށް ދައުލަތުގެ ވަސީލަތްތައް ނުހަމަ ގޮތުގައި ބޭނުން ކުރާ ވާހަކަތައް ވެސް ވަނީ ފެންމަތިވެފައެވެ.     

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު