Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގައި އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ ގިނަ ބަޔަކު ޒަޚަމް ވެއްޖެ

އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން އުތުރު ޣައްޒާގެ އެތައް ގެތަކެއްގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން އެކި ސަރަހައްދުތަކުގައި ބޮޑެތި އަލިފާނުގެ ހާދިސާތައް ވަނީ ހިނގާފައި.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2025 | ހުކުރު 01:42
ޖެނުއަރީ 8، 2025 - ޣައްޒާގެ މެދުތެރޭގައިވާ ފަލަސްތީނުގެ ބުރެއިޖް ކޭމްޕަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި މީހުންގެ ހަށިގަނޑުތައް ހޯދަނީ

ޖެނުއަރީ 8، 2025 - ޣައްޒާގެ މެދުތެރޭގައިވާ ފަލަސްތީނުގެ ބުރެއިޖް ކޭމްޕަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި މީހުންގެ ހަށިގަނޑުތައް ހޯދަނީ

ޣައްޒާ ސިޓީގެ އެކި ސަރަހައްދުތަކުގައި އިސްރާއީލުން ދިން ވަކިވަކި ވައިގެ ހަމަލާތަކެއްގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވެ، ބަޔަކަށް އަނިޔާވެއްޖެއެވެ.

މި ވައިގެ ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ އަމާޒުކުރެވުނީ ޣައްޒާގެ ޖަލާއާ އަދި ސަހާބާ ޖަންކްޝަންގައި ހުންނަ ބަރްބަރީ ސްޓޭޝަން ކައިރީގައި ތިބި އާންމު ރައްޔިތުންނަށެވެ. މީގެ ސަބަބުން ގިނަ އާންމު ރައްޔިތުން ޝަހީދުވެ އަދި އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ. ޒަޚަމްވި ގިނަ ބަޔަކު ވަނީ ނުރައްކާތެރި ހާލަތުގައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މީގެ އިތުރުން، އުތުރު ޣައްޒާގެ ޖަބާލިއާ ގައި އިސްރާއީލުގެ ހަމަލާ އެއްގައި ޒަޚަމްވި އުމުރުން 43 އަހަރުގެ ސަމާހު އަލް-މަދްހޫން ވަނީ އޭނާއަށް ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން ނިޔާވެފައެވެ. އޭނާއަށް މި އަނިޔާތައް ލިބުނީ މީގެ އެތައް ދުވަހެއް ކުރިން ޚާން ޔޫނިސް ސަރަހައްދުގައި ހުރި ހިޖުރަކުރި މީހުންގެ ޓެންޓުތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައެވެ. މި ހަމަލާގައި އޭނާގެ ތިން ކުދިން ވެސް ވަނީ ޝަހީދުވެފައެވެ.

މީގެ އިތުރުން، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން އުތުރު ޣައްޒާގެ އެތައް ގެތަކެއްގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން އެކި ސަރަހައްދުތަކުގައި ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގައިފިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހިނގަމުންދާ އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން މިހާތަނަށް މަދުވެގެން 46,006 ފަލަސްތީނު މީހުން ޝަހީދުވެއްޖެ ކަމަށް ރެކޯޑްތައް ބުނެއެވެ. އޭގެ އިތުރުން އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ޒަޚަމުވި މީހުންގެ އަދަދު 109,378 އަށްވުރެ މައްޗަށް ވަނީ ގޮސްފައެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވިޔަސް އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ޣައްޒާގައި ނަސްލު ފުހެލުން ހުއްޓުވުމަށާއި އަދި އިންސާނީ ހާލަތު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށް އަންގާފައިވީ ނަމަވެސް، އިސްރާއީލުން ކުރިއަށް ގެންދާ ނަސްލު ނައްތާލުމުގެ ހަމަލާތައް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ.

އިތުރަށް ކިޔާލަން

27 މާރިޗު 2017

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި
24 މާރިޗު 2017

އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ

24 މާރިޗު 2017
އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު