Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިއްޔެ އަކީ ފަލަސްތީނުގެ ޝަހީދުންގެ ދުވަސް

ވޭތުވެދިޔަ އަހަރު، އިސްރާއީލުގެ އިސްތިއުމާރީ އިދާރާތަކުން ފަލަސްޠީނުގެ ޝަހީދުވެފެއިވާ 198 މީހުން ހަށިތައް ހިފަހައްޓާފައިވެއެވެ.

ރާއްޖެ އެމްވީ | 8 ޖެނުއަރީ 2025 | ބުދަ 06:33
6 ޖެނުއަރީ 2025 ގައި ހުޅަނގު އައްސޭރީގައި ޝަހީދު ކޮށްލި 17 އަހަރުގެ ފަލަސްތީނުގެ ކުޑަކުއްޖަކު ކަމަށްވާ މުތަޒް އަލްމަދާނީގެ ޖަނާޒާގައި މީހުން ބައިވެރިވަނީ

6 ޖެނުއަރީ 2025 ގައި ހުޅަނގު އައްސޭރީގައި ޝަހީދު ކޮށްލި 17 އަހަރުގެ ފަލަސްތީނުގެ ކުޑަކުއްޖަކު ކަމަށްވާ މުތަޒް އަލްމަދާނީގެ ޖަނާޒާގައި މީހުން ބައިވެރިވަނީ

"ފަލަސްޠީނުގެ ޝަހީދުންގެ ދުވަސް" ޖެނުއަރީ 7 ގައި ފަލަސްތީނުގެ ރައްޔިތުންނާ ބައްދަލު ކުރި އިރު ޣައްޒާގައި އިސްރާއިލުން 2023 ވަނަ އަހަރު އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ހިންގަމުންދާ ގަތުލުއާންމު ތަކުގައި ޝަހީދުވި މީހުން އަދަދު 47،000ން މައްޗަށް ހިނގައްޖެއެވެ.

މި ދުވަސް ފަލަސްތީނުގައި ފާހަގަ ކުރަނީ ފަލަސްޠީނުގެ މިނިވަންކަމާއި އިސްތިޤްލާލަށްޓަކައި އެމީހުންގެ ފުރާނަ ދޫކޮށްލި ފަލަސްޠީނުގެ ރައްޔިތުންގެ ހަނދާން އާކުރުމަށެވެ.

މި ދުވަސް އިޢުލާނު ކުރެވުނީ ފަލަސްޠީނުގެ އިންޤިލާބުގެ ފުރަތަމަ ޝަހީދު އަޙްމަދު މޫސާ ސަލާމާ ޝަހީދުވިތާ ހަތަރު އަހަރު ފަހުންނެވެ. އޭގެ ފަހުން ކޮންމެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަސް ފަލަސްތީނުގެ ޤައުމީ ދުވަހަކަށް ވެގެން ދިޔައެވެ.

މި ދުވަހުގައި ފަލަސްޠީނުގެ ހައްގުގައި، ވަޠަނުގެ އެތެރެ އާއި ބޭރުގައި ޝަހީދުވި މީހުންނާއި އަދި ޖަލުތަކުގައި ފުރާނަ ދުއްވާލި ޝަހީދުންނާއި، އަދި އިޒްރާއީލުން ހިފަހައްޓާފައިވާ ޝަހީދުންގެ މަތިން ހަނދާންކުރެއެވެ.

ވޭތުވެދިޔަ އަހަރު، އިސްރާއީލުގެ އިސްތިއުމާރީ އިދާރާތަކުން ފަލަސްޠީނުގެ ޝަހީދުވެފެއިވާ 198 މީހުން ހަށިތައް ހިފަހައްޓާފައިވެއެވެ.

ޝަހީދުންގެ ހަށިތައް އަނބުރާ ހޯދުމަށް ހިންގާ ޤައުމީ ކެމްޕޭނުން ބުނާ ގޮތުގައި މިއީ ޤަބުރުސްތާނުތަކާއި ފިނިކުރާ ތަންތަނުގައި ބަންދުކުރެވިފައިވާ މީހުންގެ އަދަދުގެ ތިންބައިކުޅަ އެއްބައެވެ. އެމީހުންގެ އަދަދަކީ 641 އެވެ.

އެންމެ ފަހުން ހިފެހެއްޓިފައިވާ ޝަހީދުގެ ހަށިގަނޑަކީ ޖެނުއަރީ 7 ވަނަ ދުވަހުގެ ފަތިހު ޠޫބާސްގެ ދެކުނުގައިވާ ތަމޫން އަވަށުގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މަރާލި ޝަހީދެއްގެ ހަށިގަނޑެވެ. އޭނާ އަކީ ކާކުކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.

މި އަދަދުތަކުގައި ޣައްޒާ ސްޓްރިޕްއިން އިސްތިއުމާރީ ބާރުތަކުން ވަގަށް ނެގި ޝަހީދުންގެ ހަށިތައް ހިމެނިފައެއް ނުވެއެވެ.

އެންމެ ފަހުގެ، ހިސާބުތަކުން ދައްކާ ގޮތުގައި، 7 އޮކްޓޯބަރު 2023 އިން ފެށިގެން ޣައްޒާ ސްޓްރިޕްގައި ޝަހީދުވި މީހުންގެ އަދަދު 45,885 އަށް ވަނީ އަރާފައެވެ. އަދި ހަމަ މި މުއްދަތުގައި ހުޅަނގު އައްސޭރީގައި ޝަހީދުވި މީހުންގެ އަދަދަކީ 841 އެވެ. 

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
14 އެޕްރީލު 2017

ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު

14 އެޕްރީލު 2017
ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު
10 އެޕްރީލު 2017

ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

10 އެޕްރީލު 2017
ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން
06 އެޕްރީލު 2017

ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް

06 އެޕްރީލު 2017
ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު