Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކަސްޓަމްސްގެ ހިޔާނާތް

ކަސްޓަމްސްގެ މަނީލޯންޑަރިންގެ މައްސަލަ - މައްސަލައިގައި ހިމެނޭ އޮފިސަރަކު ރިޓަޔަރ ނުކުރޭ!

މައްސަލަތަކާ ގުޅުން ހުރި ބައެއް ކަންކަން ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީ އަށް ވެސް މިހާރު ވަނީ ހުށަހަޅާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2025 | ބުދަ 08:32
ކަސްޓަމްސްގެ މުވައްޒަފުންތަކެއް

ކަސްޓަމްސްގެ މުވައްޒަފުންތަކެއް

މޯލްޑިވްސް ކަސްޓަމްސް ސާވިސަސް މުވައްޒަފުންތަކެއްގެ އެކައުންޓުގައި 400 މިލިއަން ރުފިޔާ ދައުރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ އިރު، އެ މައްސަލައިގައި ހިމެނޭ އެއްވެސް އޮފިސަރަކު ރިޓަޔަރކޮށްފައި ނުވާނެ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

400 މިލިއަން ރުފިޔާ ދައުރުވި މައްސަލައިގައި 20 އޮފިސަރުން ހިމެނޭ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ފައިސާ ހޯދާފައި ވަނީ ޑިއުޓީ އޮޅުވާލައިގެންނާއި ކަސްޓަމްސްއިން ދޭ އެހެނިހެން ހިދުމަތްތަކުގެ ތެރެއިންނެވެ. މައްސަލަ ފުލުހުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ ބަލަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން އެ މައްސަލަތަކާ ގުޅުން ހުރި ބައެއް ކަންކަން ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީ އަށް ވެސް ހުށަހަޅާފައިވާއިރު، ކޮމިޓީގެ ބައްދަލުވުންތައް ސިއްރުކޮށްގެން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ބައެއް އިސްވެރިންނާ ސުވާލުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިޔާނާތުގެ މި މައްސަލައިގައި ހިމެނޭ ކަސްޓަމްސްގެ 20 އޮފިސަރެއްގެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ. އެގޮތުން މި 400 މިލިއަން ރުފިޔާ ދައުރުވެފައިވަނީ 20 މީހެއްގެ އެކައުންޓުގައި ކަމަށާއި ނަމަވެސް ފުލުހުން ތަހުގީގު މިހާތަނަށް ހިންގާފައިވަނީ ތިން ހަތަރު އޮފިސަރެއްގެ މައްޗަށް ކަމަށް މައުލޫމާތު ލިބެ އެވެ.

އެގޮތުން ތުހުމަތު ކުރެވޭ 20 އޮފިސަރުންގެ ތެރެއިން ހަތަރު މީހެއްގެ ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތައް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް ނުވަތަ ނޫން ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މި މައްސަލައާއި ގުޅިގެން ކަސްޓަމްސްއިން ބުނެފައިވަނީ ކަސްޓަމްސްގެ ބައެއް އޮފިސަރުންނަށް ތުހުމަތު ކުރެވިގެން، މަނީ ލޯންޑްރިންގ، ޚިޔާނާތް އަދި ރިޝްވަތާގުޅޭގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙްޤީޤެއް ކުރައްވަމުން ގެންދަވާކަމަށް އެ ސަރވިސްއަށް އަންގާފައިވާ ކަމަށެވެ. އަދި އެގޮތުން ތަޙްޤީޤުގައި ހިމެނޭ އޮފިސަރުންކަމަށް އެ ޚިދުމަތުން މައުލޫމާތު ދެއްވާފައިވާ އެއްވެސް އޮފިސަރެއް ރިޓަޔަރކޮށްފައި ނުވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ކަސްޓަމްސް މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިން، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، މިދިޔަ އަހަރުގެ އޮގަސްޓް 19 ވަނަ ދުވަހު އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މިފަދަ ބޮޑު ޚިޔާނާތުގެ މައްސަލައެއް ފެންމަތިވެފައިވާއިރު، ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި ކޮރަޕްޝަންގެ ޒައްރެއްގެ މިންވަރު ވެސް ނުބާއްވާނެކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.

ހޯމް މިނިސްޓަރ އަލީ އިހުސާން މިފަދައިން ވިދާޅުވެފައި ވީނަމަވެސް ޔުނިފޯމް އެޅި މުއައްސަސާތަކާ މެދު އިތުބާރު ކޮށްގެން ބަލަން ތިބެވެން ނެތް ކަމަށާއި 241 ކޮމިޓީން ބަލަމުންދާ މައްސަލަތައް ނިމުމުން، މަސްތުވާތަކެތީގެ މައްސަލަ ފަދަ ކަންކަމުގައި ވެސް ހައްލުތަކެއް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިދިޔަ ޑިސެމްބަރު މަހު ވަނީ ވިދާޅުވެފައެވެ. އަދި ކަސްޓަމްސްގެ އިހުމާލު ވެސް ވަރަށް ބޮޑަށް އޮތް މަންޒަރު ކުރިން ވެސް ފެނިވަޑައިގެންފައިވާ ކަމަށް ވެސް ނާޒިމް އޭރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު