ސޫރިއާ އަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއި ދެނީ
ބައިޑްން ސަރުކާރުން ނިންމާފައިވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ހުރި ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަށް.

ޖެނުއަރީ 5، 2025 ގައި އުރުދުންގެ އައްމާނުގައި ސޫރިއާއަށް ފޮނުވުމަށް 200 ޓަނުގެ ކާބޯތަކެތީގެ އެހީއާއި ރިލީފް ސާމާނު ތައްޔާރު ކުރަނީ
ސޫރިއާ އާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް އެމެރިކާ ސަރުކާރުން ނިންމައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބައިޑްން ސަރުކާރުން ނިންމާފައިވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ހުރި ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަށް ކަމަށާއި، އެކަން ހޯމަ ދުވަހު އިއުލާނު ކުރާނެ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން އާދިއްތަ ބުނެފައިވެއެވެ.
ނަމަވެސް ދިމިޝްގު ގައި މިހާރު އޮތް އައު ސަރުކާރަށް އެހެން ފިޔަވަޅުތަކާ އަދި ކުރިމަތިލާން ޖެހޭނެ ކަމަށް ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުން ދޭހަވެއެވެ.
ހަފުތާ ބަންދުގައި އެމެރިކާ ސަރުކާރުން ސިޔާސަތައް ގެންނަން ފާސްކުރި މި ބަދަލުގެ ސަބަބުން ފެނާއި ކަރަންޓާއި އެހެނިހެން އިންސާނީ އެހީ އާ ގުޅޭ ތަކެތި ފޯރުކޮށްދޭ އެހީދޭ ޖަމާޢަތްތަކާއި ކުންފުނިތަކަށް ސޫރިއާ އަށް ތަކެތި ފޯރުކޮށް ދިނުމުގައި އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓަށް އިސްތިސްނާ ދެވޭނެ ކަމަށް ވޯލް ސްޓްރީޓް ޖާނަލުން އޮފިޝަލުންނާ ހަވާލާ ދީ ރިޕޯޓުކޮށްފައިވެއެވެ.





