Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ބައިޑްން ނިންމަވައިފި

އެމެރިކާ އިން އިސްރާއީލަށް ވިއްކާ ހަތިޔާރު ޝިފްމަންޓުގައި އެއަރ-ޓު-އެއަރ މިސައިލް އާއި، ހެލްފަޔަރ މިސައިލް އާއި، އާޓިލަރީ ޝެލް އަދި ބޮން ހިމެނޭ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވިއެވެ.

ރާއްޖެ އެމްވީ | 5 ޖެނުއަރީ 2025 | އާދީއްތަ 06:58
2025 ޖެނުއަރީ 04، އެމެރިކާގެ ކެލިފޯނިއާގެ ސެން ފްރެންސިސްކޯގައި ފަލަސްތީނަށް ތާއީދުކުރާ އެތައް ހާސް މީހުން ޔޫނިއަން މައިދާނުގައި އެއްވެ މުޒާހަރާ ކުރަނީ

2025 ޖެނުއަރީ 04، އެމެރިކާގެ ކެލިފޯނިއާގެ ސެން ފްރެންސިސްކޯގައި ފަލަސްތީނަށް ތާއީދުކުރާ އެތައް ހާސް މީހުން ޔޫނިއަން މައިދާނުގައި އެއްވެ މުޒާހަރާ ކުރަނީ

އިސްރާއީލުގެ ހަމަލާތަކުން ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 45 ހާހުން މައްޗަށް ގޮސް އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ލައްކަ އަކަށް ވުރެ މައްޗަށް ގޮސްފައިވަނިކޮށް އެމެރިކާ ސަރުކާރުން އިސްރާއީލަށް އިތުރު 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ނިންމައިފިއެވެ.

އިސްރާއީލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ރޭވިފައިވާ ކަމުގެ މަޢުލޫމާތު ކޮންގްރެސް އަށް ދީފައިވާކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓު އޮފިޝަލަކު ބީބީސީ އަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

އިސްރާއީލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާ އިން ނިންމި އިރު ބައިޑްން ގެ ވެރިކަން ނިމެން އޮތީ ގާތްގަނޑަށް ދެ ހަފްތާ އެއް ދުވަހުގެ މުއްދަތެކެވެ.

އެމެރިކާ އިން އިސްރާއީލަށް ވިއްކާ ހަތިޔާރު ޝިފްމަންޓުގައި އެއަރ-ޓު-އެއަރ މިސައިލް އާއި، ހެލްފަޔަރ މިސައިލް އާއި، އާޓިލަރީ ޝެލް އަދި ބޮން ހިމެނޭކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބީބީސީ އަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ އޮފިޝަލް ވިދާޅުވި ގޮތުގައި ރައީސް ބައިޑްން ވަނީ އިސްރާއީލަށް އެގައުމުގެ ރައްޔިތުން ދިފާޢުކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ސާފުކޮށް ވިދާޅުވެފައި ކަމަށެވެ. އޭގެ އިތުރުން އީރާނާއި އެ ގައުމުން ވާގިވެރިވާ ޖަމާޢަތްތަކުގެ އަދާވާތްތެރިކަން ހުއްޓުވުމަށް އިސްރާއީލަށް ހައްގު ލިބިގެންވާ ކަމުގައެވެ.  

އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން އިސްރާއީލުގެ ދިފާޢަށް ބޭނުންވާ ޤާބިލުކަން ފޯރުކޮށްދިނުން ކުރިއަށް ގެންދާނަން،"

ބައިޑެން ވަނީ އެތައް ފަހަރެއްގެ މަތިން އިސްރާއީލަށް އެމެރިކާގެ އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުވެސް އެމެރިކާ އިން ވަނީ 20 ބިލިއަން ޑޮލަރުގެ އަސްކަރީ އާލާތްތަކާއި ފައިޓަރ ޖެޓް ފޯރުކޮށްދީފައެވެ.

އެމެރިކާ އަކީ އިސްރާއީލަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ޤައުމެވެ. އަދި ދުނިޔޭގެ ޓެކްނޮލޮޖީގެ ގޮތުން އެންމެ ތަރައްޤީވެފައިވާ އެއް މިލިޓަރީ އިސްރާއީލުގައި ޤާއިމުކުރުމަށް އެހީތެރިވެދީފައިވެއެވެ.

ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާރޗް އިންސްޓިޓިއުޓް (ސިޕްރީ) ގެ މަޢުލޫމާތު ދައްކާ ގޮތުގައި 2019 އާއި 2023 އާ ދެމެދު އިސްރާއީލަށް އިމްޕޯޓް ކުރެވުނު މައިގަނޑު ކޮންވެންޝަނަލް ހަތިޔާރުތަކުގެ 69 އިންސައްތަ އަކީ އެމެރިކާއިން އިމްޕޯޓްކުރެވުނު ތަކެއްޗެވެ.

ރައީސް ކަމަށް އިންތިޚާބުވެފައިވާ ޑޮނަލްޑް ޓްރަމްޕް އިންތިޚާބުގެ ތެރޭގައި ވަނީ ބޭރު ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތައް ނިމުމަކަށް ގެނައުމާއި، އެ ހަނގުރާމަ ތަކުގައި އެމެރިކާގެ ބައިވެރިވުން ކުޑަކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެހެން ނަމަވެސް ޓްރަމްޕް ވަނީ އޭނާއަކީ އިސްރާއީލަށް އިންތިހާ އަށް ތާއީދު ކުރައްވާ ފަރާތެއްގެ ގޮތުގައި ދައްކުވައިދީފައެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި މަރުވަމުންދާ އާންމުންގެ އަދަދުގެ ސަބަބުން އިސްރާއީލަށް ދެމުންދާ އަސްކަރީ އެހީތެރިކަން ހުއްޓާލުމަށް ގިނަ ފަރާތްތަކަކުން ގޮވާލި ނަމަވެސް އެމެރިކާ އިން އެކަމަށް ދީފައިވަނީ ބީރު ކަންފަތެކެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު