Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވަގު ގޯތީގެ މައްސަލަ

ވަގު ގޯތީގެ މައްސަލަ - ފަޒުލްއާއި ފަޒީލް ފިޔަވައި 9 މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފި

މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20 މީހެއްގެ ޕާސްޕޯޓު ވެސް ހިފެހެއްޓި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2024 | ހޯމަ 08:18
އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު - ޕާސްޕޯޓް ދޫކުރި މީހުންގެ ތެރޭގައި އޭނާ ނުހިމެނޭ

އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު - ޕާސްޕޯޓް ދޫކުރި މީހުންގެ ތެރޭގައި އޭނާ ނުހިމެނޭ

ހައުސިންގ ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ވަގު ގޯތިތަކަށް ދިން މައްސަލައިގައި ފުރުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓި 9 މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ ބިންވެރިޔާ ހައުސިންގ ސްކީމާ ގުޅުންހުރި މައްސަލައާ ގުޅިގެން، ކުރިން ރާއްޖެއިން ބޭރަށް ދަތުރު ކުރުން މަނާކުރި މީހުންގެ ތެރެއިން 9 މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު ވަނީ ބާޠިލު ކޮށްފައިވާ ކަމަށެވެ. އަދި މި ފިޔަވަޅު އަޅާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްއާ މަޝްވަރާކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފާގެ މަތިން ކަމަށް ފުލުހުން ބުނެއެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ ދަތުރު ކުރުން މަނާ ކުރުމުގެ އަމުރު ބާޠިލު ކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އާއި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފަޒުލް ރަޝީދު ނުހިމެނޭ ކަމަށެވެ.

ބިންވެރިޔާ ސްކީމް ގޯތީގެ ވައްކަމާއި ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވެއެވެ. ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ތެރޭގައި ފަޒުލްއާއި ފަޒީލްގެ އިތުރުން ކުރީގެ ހައުސިންގ މިނިސްޓްރީގެ ސިޔާސީ މަގާމު ގައި ތިބި 2 މުވައްޒަފަކާއި، މިހާރުގެ ހައުސިންގ މިނިސްޓްރީގެ 2 މުވައްޒަފުން ހިމެނެއެވެ. އޭގެ އިތުރުން އެޗްޑީސީގެ ބޯޑު މެމްބަރުންނާއި އެޗްޑީސީ ގެ މުވައްޒަފުން ހިމެނެއެވެ. މީގެ ތެރޭގައި ފަޒުލް ގެ ބޭބެ އަށް ގަވައިދާ ޚިލާފަށް ދިން ގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދަ އަށް އެދުމުން އެ ގޯތީގެ ވެރިފަރާތް ސާފު ކުރަން އެޗްޑީސީ އިން ހައުސިންގ މިނިސްޓްރީ އަށް ފޮނުވި ސިޓީގައި ސޮއިކޮށްފައިވާ ޑެޕިއުޓީ ޑިރެކްޓަރ އަހްމަދު އައިމަން ވެސް ހިމެނެއެވެ.

މިމައްސަލަ ޖީނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާއިރު، ގިނަ ތުހުމަތުތަކެއް އެޗްޑީސީގެ އެމްޑީ ފަޒުލްއަށް ވަނީ ކުރެވިފައެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ ފަޒުލްގެ މައްޗަށް މިހާތަނަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ހިޔާނާތާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ ތެރެއިން އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ފޯނު ވެސް ވަނީ ހިފަހައްޓާފައެވެ. އޭނާގެ ފޯނު ހިފެހެއްޓީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

މީގެ އިތުރުން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ، މ. ޒޭވަރު 23 ޑިސެންބަރު 2024 ވީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ. އަދި އެ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް އައިޓަމްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ.

މީގެ އިތުރުން މި މައްސަލައާއި ގުޅިގެން އެޗްޑީސީގެ 15 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށްފަހު ވަނީ އަލުން ވަޒީފާ އިއާދަކޮށްދީފައެވެ.

ހުޅުމާލެއިން "ބިންވެރިޔާ" ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ގޯތިތަކެއް ވަގަށް ދިން މައްސަލަ ފަޅާ އެރުމާއެކު، އެޗްޑީސީ ގެ ތެރެއިން ހިނގަމުންދާ ވައްކަމާ، ޚިޔާނާތާއި މަކަރު ހީލާތް ހެދުމުގެ އެތައް ކަމެއް ދަނީ ފެންމަތިވަމުންނެވެ.

ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ ވަގު ޑޮކިއުމެންޓް ހަދައިދިންކަން ކަށަވަރުވެ، އެޗްޑީސީ އަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމުން އާ މެނޭޖިން ޑިރެކްޓަރ ކަމަށް މައުރޫފް ޖަމީލު ވަނީ އައްޔަން ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު