Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

އާސެނަލް ބޭނުން ވަނީ އެއް ވަނައިގައި އޮންނަން: އާޓެޓާ

29 ޑިސެމްބަރު 2024 | އާދީއްތަ 03:53

މިހާރު އާސެނަލް ކުޅެމުން އަންނަ ގޮތަކީ އައު ގޮތެއް ކަމަށާއި، އެކަމަށް ހޭނެން ކުޅުންތެރިންނަށް ވަގުތު ނަގާނެ ކަމަށް ވެސް އާޓެޓާ ވަނީ ފާހަގަކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޑިސެމްބަރު 2024 | އާދީއްތަ 03:53
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލް ބޭނުން ވަނީ، އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި އޮންނަން ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މިހެން ބުނީ ލީގުގައި އިޕްސްވިޗް ތައުންއާ ދެކޮޅަށް އާސެނަލް އިން ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުން މޮޅުވެ، އާސެނަލް އިން ވަނީ ލީގު ތާވަލްގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ.

އޭނާ ބުނީ މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށެވެ. އެގޮތުން އާސެނަލް އިން ކުޅެމުން ދިޔައީ މެޗުގެ ކޮންޓްރޯލް ފުރިހަމަ އަށް ހިފަހައްޓައިގެން ކަމަށާއި، އާސެނަލަށް އިތުރު ލަނޑުތަކެއް ޖެހޭނެ ކަމަށް ޤަބޫލު ކުރާ ކަމަށް ވެސް އާޓެޓާ ބުންޏެވެ. ނަމަވެސް، މެޗުގެ ދެ ވަނަ ހާފުގައި އާސެނަލްގެ ކުޅުން ކޮންމެ ވެސް ވަރަކަށް ދަށްވީއިރު، އެ ހާފުގައި އިޕްސްވިޗް ޓައުން ފެނުނީ ވަރަށް ވަރުގަދަކޮށް ކަމަށް ވެސް އާޓެޓާ ވަނީ ބުނެފަ އެވެ.

އެ މެޗުގައި އާސެނަލް އިން ކުޅުނީ އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ބުކަޔޯ ސަކާ ނުލަ އެވެ. ސަކާ އަށް ލިބުނު އަނިޔާގެ ސަބަބުން، ގިނަ ދުވަސްތަކެއް ވަންދެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ. އެކަމަށް އިޝާރާތް ކުރަމުން އާޓެޓާ ބުނީ، ސަކާ ނެތި ނަމަވެސް އާސެނަލްގެ ކުޅުން ވަރަށް ރަނގަޅަށް ފެނުނު ކަމަށެވެ. ނަމަވެސް ކުރިޔާ ބަލާއިރު ތަފާތުތަކެއް ހުންނާނެކަން ފާހަގަކުރަމުން އާޓެޓާ ބުނީ، އެކަން ދެ ވަނަ ހާފުގައި ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށެވެ. މިހާރު އާސެނަލް ކުޅެމުން އަންނަ ގޮތަކީ އައު ގޮތެއް ކަމަށާއި، އެކަމަށް ހޭނެން ކުޅުންތެރިންނަށް ވަގުތު ނަގާނެ ކަމަށް ވެސް އާޓެޓާ ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އާޓެޓާ ބުނީ އާސެނަލަށް ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކެއް މިފަހަރު ކުރިމަތިވާ ކަމަށެވެ. މެޗުތަކުގައި 10 ކުޅުންތެރިންނާ އެކު ކުޅެން ޖެހުމާއި، އެ ޓީމުގެ ކުޅުންތެރިންނަށް ލިބެމުން އައި އަނިޔާ އަށް ބަލާއިރު، އެ ޓީމު އޮތީ ރަނގަޅު ޙާލަތެއްގައި ކަމަށް ވެސް އާޓެޓާ ބުނެފައިވެ އެވެ. އެހެން ނަމަވެސް، މިއީ އާސެނަލް އެންމެ ބޭނުންވާ ހިސާބު ނޫން ކަމަށާއި، އެ ޓީމު ބޭނުން ވަނީ ލީގު ތާވަލްގެ އެއް ވަނައިގައި އޮންނަން ކަމަށް ވެސް އާޓެޓާ ވަނީ ބުނެފަ އެވެ.

ލީގުގައި މިހާތަނަށް ކުޅުނު 18 މެޗުން 36 ޕޮއިންޓާ އެކު އާސެނަލް އޮތީ ދެ ވަނައިގަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ތިން ވަނައިގައި ޗެލްސީ އަށް ލިބެނީ 35 ޕޮއިންޓެވެ. މި ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ ލިވަޕޫލަށް އެއް ވަނައިގައި ލިބެނީ 42 ޕޮއިންޓެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް