Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރުގެ ވައްކަމާއި ކަރަޕްޗަން

ވެރިކަމުގެ ފުރަތަމަ އަހަރު މި ސަރުކާރުން ކުރީ ހަމަ އެކަނި ވައްކަމާއި، ކަރަޕްޝަނާއި، ހިޔާނާތުގެ މައްސަކަތް: މެމްބަރު ސަމީރު

މި ސަރުކާރުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ފެނިގެން ދިއައީ ހަމަ އެކަނި ވައްކަމާއި، ކަރަޕްޝަނާއި ހިޔާނާތުގެ މަސައްކަތް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2024 | ހުކުރު 11:39
މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގުގައެއް ނޫން، ރަސްކަމަކާ ގާތަށް ދާ މަންޒަރު ދަނީ ފެންނަމުން: މެންބަރު ސަމީރު

މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގުގައެއް ނޫން، ރަސްކަމަކާ ގާތަށް ދާ މަންޒަރު ދަނީ ފެންނަމުން: މެންބަރު ސަމީރު

މިހާރު މި އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ފުރިގެން ދިއައިރު، އެ އެއް އަހަރު ދުވަސްތެރޭގައި ފެނިގެން ދިއައީ ހަމަ އެކަނި ވައްކަމާއި، ކަރަޕްޝަނާއި ހިޔާނާތް ކަމަށް ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ވައްކަމާއި ކަރަޕްޝަނާއި ގުޅޭގޮތުން ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެެސްދިން " ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެމްބަރު ސަމީރު ވިދަޅުވީ މިހާރުގެ ރައީސް ޑރ، މުހައްމަދު މުއިއްޒަށް ރާއްޖޭގެ ރައްޔިތުން ވެރިކަން ދިނީ ވަރަށް ފޮނި އުންމީދުތަކަކާއި އެކުގައި ކަމަށާއި ނަމަވެސް، މި ވެރިކަމަށް އައިސް، މި ވޭތުވެ ދިއަ އެއް އަހަރު ދުވަހުގެ ތެރޭގައި ތަރައްޤީއެއް، ނުވަތަ ރައްޔިތެއްގެ ހިތައް ތަސައްލީއެއް ނުވަތަ ރައްޔިތެއްގެ ހިތައް ލުޔެއް ލިބޭނޭ އެއްވެސް ކަމެއް މި ސަރުކާރުން ކޮށްފައި ނުވާކަމަށެވެ.

Advertisement - newsAdvertisement

ސަމީރު ވިދާޅުވީ ރައްޔިތުން މި ސަރުކާރާއި މެދު ކުރަމުން އައި ފޮނި އުންމީދުތަކުގެ ބަދަލުގައި، ވޭތުވެ ދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ފެނިގެން ދިއައީ ހަމަ އެކަނި ވައްކަމާއި، ކަރަޕްޝަނާއި ހިޔާނާތުގެ މަސައްކަތް ކަމަށެވެ. އަދި ހަމަ އެކަނި އެޗްޑީސީ އަށް ބަލާލި ނަމަވެސް މިކަން ވަރަށް ރަނގަޅަށް ހާމަވެގެން ދާ ކަމަށް ސަމީރު ވިދާޅުވިއެވެ.

އެޗްޑީސީގެ ބޮޑު ވައްކަމުގެ މައްސަލައަށް އަލިއަޅުވާލައްވަމުން ސަމީރު ވިދާޅުވީ މި އުޅެނީ އެ ތަނަކާއި ހަވާލުވާ ވެރިއެއްގެ މައްސަލައެއް ނޫން ކަމަށާއި މި އުޅެނީ ސިސްޓަމުގެ މައްސަލައެއް ކަމަށެވެ. އަދި މި ސިސްޓަމް ރަނގަޅު ކުރުމައްޓަކައި މީގެން އެއްވެސް ފަރާތަކުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ސަމީރު ވިދަޅުވިއެވެ.

ސަމީރު ވިދާޅުވީ އޭރު އެޗްޑީސީއާއި ހަވާލުވެ ހުންނެވި ފަރާތުން އެތަނުގައި ހިނގަމުން ދިއަ ކޮރަމަޝަނާއި ހިޔާނާތުގެ މައްސަލަތައް ބަޔާންކޮށް ފޮނުވި ސިޓީ ނުލިބޭކަމަށް ރައީސް މުއިއްޒު ވިދާޅުވީމަ އެކަމާއި ހިތާމަކުރައްވާ ކަމަށެވެ. އަދި އެނގިލައްވާފައިވާ ގޮތުގައި އެ ސިޓީ ހަމަ އެކަނި ރައީސް އޮފީހަށް ހުށަހެޅީކީވެސް ނޫން ކަމަށާއި ވަޓްސްއެޕުން ވެސް އެ ސިޓީ ރައީސްއަށް ފޮނުވިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަމީރު ވިދާޅުވީ ސިޓީ ފޮނުއްވި ބޭފުޅާ ވަޓްސްއެޕް ކުރެއްވުމުގެ އިތުރުން ސިޓީ ފޮނުއްވިކަމަށް ރައީސް އަށް "ޓެކްސްޓް" ވެސް ފޮނުއްވިކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި މިފަދަ ބޮޑެތި ކަރަޕްޝަނާއި ހިޔާނާތާއި ބޮޑެތި ވައްކަންތައް ކުރަމުން ގެންދާއިރު ގައުމުގައި މި ހިނގާ އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވާކަމަށް ވިދަޅުވުމަކީ ކަންބޮޑުވާ ކަމެއްކަމަށް ވެސް ސަމީރު ވިދާޅުވިއެވެ. އަދި ރައީސަށް ގައުމުގައި މި ހިނގާ ކަންކަން އެނގޭނޭ ގޮތަކަށް ކަންކަން ކުރަން އެބަޖެހޭ ކަމަށް ވެސް ސަމިރު ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެއިން ބިންތަކެއް އެޗްޑީސީން ދިން ކަމަށް ބުނާ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލްގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި އޭނާ އަށް ވަނީ ގޯތީގެ ރެޖިސްޓްރީއެއް ހަދައިފަ އެވެ. އޭނާގެ އިތުރުން އެހެން ބަޔަކަށް ވެސް އެގޮތަށް ރަޖިސްޓްރީ ހަދާފައިވާކަން ވަނީ ފަޅާއަރައިފަ އެވެ. ފަޒުލް ވެސް ވަނީ އެ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން އޭނާ ވަނީ މަގާމުން އިސްތިއުފާ ވެސް ދީފައެވެ.

އެޗްޑީސީގެ ވަގު ގޯތީގެ މި މައްސަލަތައް ފުލުހުންނާއި އޭސީސީން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު