Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިހާދުގެ ކޮރަޕްޝަން މައްސަލަ

ޖިހާދުގެ ކޮރަޕްޝަންގެ މައްސަލަ އަލުން ހުށަހެޅުމުގެ ހުއްދަ ހައިކޯޓުގެ ފަނޑިޔާރުން ދީފި

މި ހަފްތާ ތެރޭގައި ހައިކޯޓަށް މައްސަލަ ހުށަހަޅާނެ

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2024 | ބުދަ 11:53
ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ ޝަރީއަތުގެ ތެރެއިން

ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ ޝަރީއަތުގެ ތެރެއިން

ސުޕްރީމް ކޯޓުން ޖިހާދުގެ މައްސަލަ ބަލައިގަނެފައި އޮއްވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވެސް އެ މައްސަލަ އަލުން ހުށަހެޅުމުގެ ހުއްދަ ދީފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ކުރީގެ ނައިބު ރައީސް އަދި ޑރ. މުއިއްޒުގެ ސަރުކާރުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއަރޕާރސަން ކަމަށް އައްޔަން ކުރެއްވި އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލައުތުން ކޮށްފައިވާ ދަޢުވާގެ މައްސަލަ ހައިކޯޓުން ބަލައިނުގަތުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި އޮއްވާ، ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުންވެސް އެ މައްސަލަ އަލުން ހުށަހެޅުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުން ބުނީ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އެ ހުއްދަ ދިނުމާއެކު، މައްސަލަ އަލުން ހުށަހެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށާއި، މި ހަފްތާ ތެރޭގައި ހައިކޯޓަށް މައްސަލަ އަނބުރާ ވައްދާނެ ކަމަށެވެ.

ޖިހާދުގެ މައްޗަށް ދައުވާކުރަނީ 2013 ވަނަ އަހަރު އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލުކުރެއްވި ކަމަށް ބުނެއެވެ. އެ މައްސަލާގައި ޖިހާދުގެ މައްޗަށް ކުރަނީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާއެވެ.

ޖިހާދުގެ މައްސަލަ ހައިކޯޓަށް ހުށަހެޅީ، ކްރިމިނަލް ކޯޓުން އެ މައްސަލަ ނުބެލޭނެކަމަށް ބުނެ މައްސަލަ ބޭރުކޮށްލުމުންނެވެ. އަދި ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ޖިހާދަށް ޗިޓް ރައްދު ނުކުރެވިގެން އެ މައްސަލަ ކޯޓުން ބޭރުކޮށްލިއެވެ. އަދި ފަހުން އެ މައްސަލަ ހުށަހެޅުމުން ހައިކޯޓުން ޕީޖީ އަށް ދިން މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ ކޯޓުން ދެވަނަ ފަހަރަށް މައްސަލަ ބޭރުކޮށްލިއެވެ. އަދި ފަހުން އެ ނިންމުން މުރާޖާ ކުރުމަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ނިންމީ އެންމެ ފަނޑިޔާރެކެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލަ ކްރިމިނަލް ކޯޓުން ނުބެލޭނެ ކަމަށް ބުނެ ބޭރުކޮށްލުމުން ޕީޖީ އިން ހައިކޯޓަށް ހުށަހެޅީ އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބަލަން އަމުރުކޮށް ދިނުމަށެވެ.

ޕީޖީ އޮފީހުން މައްސަލަ އިސްތިއުނާފް ކުރީ ކްރިމިނަލް ކޯޓުގެ ނިންމުން ބިނާކުރި އަސާސެއް ނެތުމާއި އެކަށީގެންވާ މިންވަރަށް ސަބަބު ބަޔާން ކޮށްފައި ނެތުމުން ކަމަށް ބުނެއެވެ. އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވުމާ ގުޅިގެން އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން މައްސަލަ ބަލައިގަންނަން ޖެހޭނެ ކަމަށް ނިންމެވީ ފަނޑިޔާރު ހަސަން ޝަފީއު އެކަންޏެވެ.

ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ރައުޔަކީ ހައިކޯޓުގެ ރެޖިސްޓަރަރ މައްސަލަ ބަލައި ނުގަންނަން ނިންމީ ރަނގަޅަށް ކަމަށެވެ. އެ ގޮތުން ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ދީބާނާޒް ފަހުމީ ނިންމެވީ، މައްސަލަ ބަލައި ނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު