Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިން ފޭރުން

ފަޒުލު ރައްޔިތުންގެ ކުރިމަތީގައި ހެދީ ދޮގު - ބޭބެ އަށް ވަގަން ދިން ގޯތީގައި އިންފާރު ރާނާފައި ހުއްޓާ ނޫސްވެރިންނަށް ފެނިއްޖެ

ފަޒީލް އަށް ވަގަށް ދިން ގޯތި ވެރިފައި ކުރަން ހައުސިން މިނިސްޓްރީއަށް ފޮނުވީ އިންފާރު ރާނަން ހުއްދަ ވެސް ދީފަ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 19 ޑިސެމްބަރު 2024 | ބުރާސްފަތި 07:48
ގޯތި މައްސަލައިގައި ފަޒުލްގެ ބޭބެ ފަޒީލް އަށް ދިން ކަމަށް ބުނާ ގޯތީގައި ވަށާ ފާރު ރާނާފައި

ގޯތި މައްސަލައިގައި ފަޒުލްގެ ބޭބެ ފަޒީލް އަށް ދިން ކަމަށް ބުނާ ގޯތީގައި ވަށާ ފާރު ރާނާފައި

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު އަށް ވަގަން ދިން ގޯތީގައި އިންފާރު ރާނާފައި ހުއްޓާ ނޫސްވެރިންނަށް ފެނިއްޖެއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ މުޙައްމަދު ފަޒީލް ރަޝީދަށް ވަގަށް ދިން ގޯތި ވެރިފައި ކުރަން ހައުސިން މިނިސްޓްރީއަށް ފޮނުވީ އިންފާރު ރާނަން ހުއްދަ ވެސް ދީފަ ކަން ބުދަ ދުވަހުގެރޭ އެޗްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފާޒުލްގެ ވާހަކައިން ވަނީ ފަޅާ އަރާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، ބައެއް ނޫސްވެރިން ވަނީ، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ފޮނުވާފައިވާ ސިޓީގައި އެ ބުނާ ހުޅުމާލެ ލޮޓް ނަންބަރު 20768, 1250 އަކަފޫޓުގެ ގޯތި ދީފައިވާ ސަރަހައްދަށް ގޮސްފައެވެ. އެ ބުނާ ގޯތީގައި ވަށާ ފާރު ރާނާފައިވާތަން ފެންނަ ހުރި، ބުދަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވަނީ ވަރަށް ބޮޑަށް އެކަން ދިފާއުކޮށް ވާހަކަ ދައްކަވަން މަސައްކަތް ކުރައްވާފައެވެ.

ބުދަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފަޒުލް ވަރަށް ސާފުކޮށް ވިދާޅުވީ، އިންފާރަު ރާނާފައި ނުވާ ކަމަށެވެ.

"ޕާމިޓް އެއީ އަޅުގަނޑުމެންނަށް ހައިލައިޓްވި ހިސާބަކީ، ފާރު ރާނާފަކާ އެއް ނޫން ހުރީކީ. ޕާމިޓް ދެވިފައި އޮތީ، ކެންސަލްކުރީ ދެފަރާތަކަށް" ފަޒުލް ވިދާޅުވިއެވެ.

އެޗްޑީސީ ތެރޭގައި ހިނގައި އެއްވެސް ކަމެއް އޭނާ އަށް ނޭނގި ނުހިގާނެ ކަމަށެވެ. ނަމަވެސް ފަޒުލްގެ ބޭބެ ފަޒީލް އަށް ގޯއްޗެއްދީ އިންފާރު ރާނަން ހުއްދަ ދިން އިރު އެއީ ފަޒުލްގެ ބޭބެކަން އެނގިލައްވާތޯ، ރާއްޖެޓީވީން ސުވަލުކުރުމުން، ފަޒުލް ވިދާޅުވީ "ނޭނގޭ" ކަމަށެވެ.

ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދުމުން ފަޒުލް ބުދަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ސާފު ބަހުން ޖަވާބު ދިނުމުގެ ބަދަލުގައި ފަޒުލް އުޅުއްވީ އޮޅުވާލައްވައިގެން ސުވާލުން ރެކުމަށެވެ. ނޫސްވެރިން ވަނީ ސުވާލަށް ޖަވާބު ނުލިބޭ ކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ.

ބިންވެރިޔާ ސްކީމްއެޗްޑީސީއިބްރާހީމް ފަޒުލް ރަޝީދު މުޙައްމަދު ފަޒީލް ރަޝީދުބިން ފޭރުން

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
13 ޑިސެމްބަރު 2025

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު