Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިސާނެތި ދިރިއުޅޭ ފްރާންސް އާއިލާގެ މައްސަލަ

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ފްރާންސްގެ އާއިލާ ފުރުވާލުމުގެ މަސައްކަތް ދަނީ ކުރަމުން: ޝަމްއާން

ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 16 ޑިސެމްބަރު 2024 | ހޯމަ 04:36
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ފްރާންސްގެ އާއިލާ ފުރުވާލުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ވިސާ ނެތި ފްރާންސްގެ އާއިލާއިން ދިރިއުޅުމުންދާތާ 12 އަހަރުވެފައިވާ ކަމަށް މީޑީއާއަކުން ރިޕޯޓު ކުރުމާއި ގުޅިގެން އެމައްސަލަ ވަނީ ބޮޑުވެފައެވެ. ފްރާންސްގެ މި ދެމަފިރިން އެމީހުންގެ ތިން ކުދިންނާއެކު ރާއްޖެއަށް ފުރަތަމަ އައިސްފައިވަނީ ޓޫރިސްޓް ވިސާގައެވެ. އޭގެފަހުން ތ. ވޭމަންޑޫގައި ދިރިއުޅެން ފެށިފަހުން މި ދެމަފިރިންނަށް އިތުރު ދެކުދިން ލިބިފައިވެއެވެ. އެ އާއިލާ ވޭމަންޑޫގައި ދިރިއުޅެމުންދާއިރު، އެމީހުންގެ ވިސާ ނެތުމުން އެއާއިލާގެ ކުދިން ވެސް ސްކޫލަށް ނުފޮނުވައި ކިޔަވައިދެނީ ގޭގައި ކަމަށް އެރަށުގެ މީހުން މައުލޫމާތު ދެއެވެ.

Advertisement - newsAdvertisement

މިމައްސަލައާ ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވިދާޅުވީ ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާ ޚިލާފަށް ފްރާންސަށް ނިސްބަތްވާ އާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު 'އިމިގްރޭޝަން ވޮޗް' އަށް 18 ޖުލައި 2024 ވަނަ ދުވަހު ލިބުމާއި ގުޅިގެން، އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި 23 އޮކްޓޫބަރު 2024 ވަނަ ދުވަހު އެ މައްސަލާގައި ހިމެނޭ އިސްފަރާތް މި އިމިގްރޭޝަނަށް ހާޒިރުކުރެވިފައިވާ ކަމަށް ޝަމްއާން ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ އެ ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ، މި އާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒާއި ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށް ޝަމްއާން ވިދާޅުވިއެވެ. އަދި ވިދާޅުވީ އިމިގްރޭޝަން ޤާނޫނާއި ޚިލާފަށް ރާއްޖޭގައި އުޅުމަށް އެއްވެސް މީހަކަށް ފުރުސަތެއް ނުދެވޭނެ ކަމަށެވެ.

މަައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއަށް ފްރާންސްގެ އެ ދެމަފިރިން އައުމަށްފަހު ވަނީ އިސްލާމްވެފައެވެ. އަދި އެ ގައުމުގައި ދިރިއުޅެން އުނދަގޫވުމުން އެ މީހުން އެންމެ ފުރަތަމަ ދިޔައީ އިނގިރޭސި ވިލާތަށެވެ. އޭގެފަހުން ރާއްޖެއަށް ބަދަލުވީއެވެ. އަދި މިމައްސަލަ މީޑީއާއަކުން ރިޕޯޓު ކުރުމާއި ގުޅިގެން އެ އާއިލާ ފުރުވާލުމުގެ މަސައްކަތް ފަށާފައިވާތީ ވެސް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި އަނބުރާ ފްރާންސްއަށް ގޮސްފިކަމަށްވާނަމަ ޖަލަށް ދާންޖެހިދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެއެވެ. އެހެންކަމުން އެ އާއިލާއަށް ރާއްޖޭގައި ދިރިއުޅެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.

މުހައްމަދު ޝަމްއާން ވަހީދު އިމިގްރޭޝަންފްރާންސް

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ
30 ނޮވެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
27 ނޮވެމްބަރު 2025

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު