Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައުސިންގ މިނިސްޓްރީ ބޮޑު ހުޅު ހާދިސާ

"އަލިފާނުގެ ހާދިސާގައި ގެއްލުނު ގިނަ ލިޔުންތައް ރިކަވަރ ވާނެ ކަމަށް ބެލެވޭ، ގެއްލުމުގެ ތަފްސީލް އެނގޭނީ އެސެސްމެންޓަށް ފަހު"

އަލިފާން ހިފުމުގެ ކުރިންވެސް މާލެ ސިޓީ ކައުންސިލްގެ އިމާރާތަށް ވަނުމަށް ސިޓީ ކައުންސިލްގެ މުވައްޒަފުން މަސައްކަތް ކުރި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 ޑިސެމްބަރު 2024 | ހުކުރު 18:49
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާޒިމް

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާޒިމް

ބުރާސްފަތި ދުވަހު މާލޭގައި ހުންނަ ހައުސިންގ މިނިސްޓްރީ ހުރި ކޮށީގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ ކޮށީގައި ހިނގަމުންދިޔަ މާލޭ ސިޓީގެ ރަށްވެހިކަމާއި ގޯތި ގެދޮރާއި ބެހޭ އޮފީހުގައި ހުރި ލިޔުންތަކުގެ ބޮޑުބައި އިއާދަކުރެވޭނެ ކަމަށް ބެލެވޭ ކަމަށާއި ލިބުނު ގެއްލުން އެނގޭނީ އެސެސްމެންޓެއް ހަދާ ނިމުމުން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ހާދިސާ އާ ގުޅިގެން އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖެޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި އާޒިމް ވިދާޅުވީ، ފުދޭވަރަކަށް ގިނަ ޑޮކިއުމެންޓްތައް ގެއްލުން ލިބުނު އިމާރާތުގައި ހުރި ކަމަށާއި އަލިފާނުގެ ސަބަބުން އިމާރާތައް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް ލިބިފައިވާ ގެއްލުމުގެ ތަފްސީލްތައް އެނގޭނީ ފުރިހަމަ އެސެސްމެންޓަކަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަލިފާން ހިފުމުގެ ކުރިންވެސް މާލެ ސިޓީ ކައުންސިލްގެ އިމާރާތަށް ވަނުމަށް ސިޓީ ކައުންސިލްގެ މުވައްޒަފުން މަސައްކަތް ކުރި ކަމަށާއި އެ ތަނުން ދުން އަރަމުން ދިއުމާއި ގުޅިގެން އެތަނަށް ވަންނަން މުވައްޒަފުންނަށް ފުރުސަތު ނުލިބުނީ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ ޚިދުމަތްތައް އާދިއްތަ ދުވަހު ފެށޭނެ ކަމަށާއި ޚިދުމަތަށް ބުރު ނާރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޑޮކިއުމެންޓްތައް ރިކަވަރ ކުރެވޭނެ ގޮތެއް ހޯދަމުންދާކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލާއި ހަވާލުވި އިރު ލިޔެ ކިޔުން ބެލެހެއްޓުމުގެ ކަންކަން ހުރީ މުނިސިޕަލް ޒަމާނުއްސުރެ ކުރީގެ ގޮތަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައި މި ވަނީ ލިޔުންތައް ޑިޖިޓަލްކޮށް ރެކޯޑް ބެލެހެއްޓުން ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ މިހާ ޒަމާންވި އިރު ވެސް ލިޔެކިޔުންތައް މިގޮތަށް ބަލަހައްޓަމުން ދިއުމަކީ ވަރަށް ބޮޑު މައްސަލަ އެއްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. މާލެ ސިޓީ ކައުންސިލްހާ ހާލުގައި އޮތް ކައުންސިލެއް ނެތް ކަމަށާއި މި ހާދިސާ ހިނގާފައި ވަނީ ކައުންސިލުގެ ޚިދުމަތްތައް އެއްތަނަކުން ދިނުމަށް އާ އިމާރާތެއްގެ މަސައްކަތް އެކުލަވާލަމުން ދިޔަ ދަނޑިވަޅެއްގައި ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހު މާލޭގައި ހުންނަ ހައުސިންގ މިނިސްޓްރީ ހުރި ކޮށީގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ ކޮށީގައި ހިނގަމުންދިޔަ މާލޭ ސިޓީ ކައުންސިލުގެ ރަށްވެހިކަމާއި ގޯތި ގެދޮރާއި ބެހޭ އޮފީހުން އެއްވެސް މީހެއްގެ ގޯތީގެ ރަޖިސްޓަރީ ގެއްލިއްޖެ ނަމަ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އަލިފާނުގެ ހާދިސާގެ އަސަރު އެންމެ ބޮޑަށް ކުރި އިމާރާތުގައި ހައުސިންގ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ވަނީ ހިނގަމުން އައިސްފައެވެ.

އޭގެ އިތުރުން އިމާރާތާއި އިންވެގެން ހުންނަ އެންވަޔަރަންމަންޓް މިނިސްޓްރީ ހިނގަމުން އަންނަ ގްރީން ބިލްޑިން އަށް އަލިފާން ގަނޑު ފެތުރި އެ އިމާރާތައްވެސް ވަނީ ގެއްލުން ލިބިފައެވެ.

މާލޭ ސިޓީ ކައުންސިލުގެ ގޯތި ގެދޮރާއި ރަށްވެހި ކަމާ ބެހޭ ޚިދުމަތްތައް ދެމުން އަންނަ ސެކްޝަން ވެސް ހިނގަމުން އައިސްފައިވަނީ އަލިފާނުގެ ހާދިސާ ހިނގި ބްލޮކްގައެވެ. އެއިމާރާތައް ވެސް އަލިފާނުގެ އަސަރުކޮށްފައި ވުމާއެކު އިމާރާތުގައި ހުރި ލިޔެކިޔުންތައް ރައްކައުތެރި ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ަހައުސިން މިނިސްޓްރީގެ އިމާރާތުގައި އަލިފާން ރޯވުން އާދަމް ޢާޒިމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
15 ނޮވެމްބަރު 2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް
12 އޮކްޓޯބަރު 2025

"އެކި ފަރާތްތަކުން ވަކިވަކިން ލެންޑްޔޫސް ޕްލޭން ހެދުމުން އޮޅުން އަރާ، ކައުންސިލާއި ނުގުޅި މާލޭގެ ލޭންޑްޔޫސް ޕްލޭނެއް ނުހެދޭނެ"

12 އޮކްޓޯބަރު 2025
"އެކި ފަރާތްތަކުން ވަކިވަކިން ލެންޑްޔޫސް ޕްލޭން ހެދުމުން އޮޅުން އަރާ، ކައުންސިލާއި ނުގުޅި މާލޭގެ ލޭންޑްޔޫސް ޕްލޭނެއް ނުހެދޭނެ"
05 އޮކްޓޯބަރު 2025

ސޮނިކް ހަތިޔާރު ބޭނުންކުރުމަކީ ނިއުޔޯކް ފަދަ ޤައުމުތަކުގައި ދައުވާ ކުރާ ކަމެއް: އާޒިމް

05 އޮކްޓޯބަރު 2025
ސޮނިކް ހަތިޔާރު ބޭނުންކުރުމަކީ ނިއުޔޯކް ފަދަ ޤައުމުތަކުގައި ދައުވާ ކުރާ ކަމެއް: އާޒިމް
04 އޮކްޓޯބަރު 2025

މި ސަރުކާރުން ހައްގަކަށްފަހު ހައްގެއް ނިގުޅައިގަނެ، ރައްޔިތުންގެ ހަތަރެސްފައި މިހާރު ވަނީ ބަނދެފައި: މޭޔަރު އާޒިމް

04 އޮކްޓޯބަރު 2025
މި ސަރުކާރުން ހައްގަކަށްފަހު ހައްގެއް ނިގުޅައިގަނެ، ރައްޔިތުންގެ ހަތަރެސްފައި މިހާރު ވަނީ ބަނދެފައި: މޭޔަރު އާޒިމް
01 އޮކްޓޯބަރު 2025

މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތު ހިމެނޭ 'ލޭންޑް އިންފޮމޭޝަން ސިސްޓަމް' ތަޢާރަފުކޮށްފި

01 އޮކްޓޯބަރު 2025
މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތު ހިމެނޭ 'ލޭންޑް އިންފޮމޭޝަން ސިސްޓަމް' ތަޢާރަފުކޮށްފި
01 އޮކްޓޯބަރު 2025

ޑޮމެސްޓިކް ހާބަރަކީ މާލޭ ސިޓީ ކައުންސިލްގެ ބިމެއް، އެމްޕީއެލްއިން އެ ބިން ބޭނުންކުރަމުން ދަނީ ގާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

01 އޮކްޓޯބަރު 2025
ޑޮމެސްޓިކް ހާބަރަކީ މާލޭ ސިޓީ ކައުންސިލްގެ ބިމެއް، އެމްޕީއެލްއިން އެ ބިން ބޭނުންކުރަމުން ދަނީ ގާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު