Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތި އަތުލައިގަތުން

މި އަހަރުގެ މިހާތަނަށް 655 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި

ރާއްޖޭ ރީތި ނަމެއްގެ ގޮތުގައި ބޭރަށް ވިއްކެންވެސް އޮތީ ވެސް މި ގައުމުގައި ހަމަޖެހުން ގާއިމްކޮށްގެން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2024 | ހޯމަ 05:42
އަތުލައިގަނެފައިވާ މަސްތުވާތަކެތި (ފައިލް ފޮޓޯ)

އަތުލައިގަނެފައިވާ މަސްތުވާތަކެތި (ފައިލް ފޮޓޯ)

މުޅި ރާއްޖޭގައިވެސް، ބޮޑުވެފައި ހުރި ހުރިހާ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި، މި އަހަރުގެ މިހާތަނަށް 655 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޑުރަގުގެ ވަބާ ކަމަށާއި، މިއީ ގައުމުގައި ޒަމާންތަކެއްވީ ބޮޑު މައްސަލައެއް ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ކޮންމެ ރަށެއްގައި، ކޮންމެ މުޖުތަމައެއްގައި އެ މައްސަލަ އެބައޮތް ކަމަށާއި، ރައްޔިތުން އެމައްސަލަ ހައްލުކުރަން ބޭނުންވާ ކަމަށެވެ. އަދި ޒުވާނުންވެސް އެކަމުން ދުރުކޮށްގެން، ބޭނުންތެރި، ބިނާކުރަނިވި، ފައިދާހުރި ބަޔަކަށް ހަދަން މައިންބަފައިންވެސް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭ ރީތި ނަމެއްގެ ގޮތުގައި ބޭރަށް ވިއްކެންވެސް އޮތީ ވެސް މި ގައުމުގައި ހަމަޖެހުން ގާއިމްކޮށް، ސްޓެބިލިޓީ އޮތް، ރައްކާތެރި، އަމާން ގައުމަކަށް ހެދިގެން ކަމަށާއި، އެކަން ކުރެވޭނީ ޑުރަގުގެ ވަބާއިންވެސް ދުރަށް ގޮސްފައިވާ، ބިނާކުރަނިވި މުޖުތަމައެއް ގާއިމް ކުރެވިގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިމައްސަލަ ހައްލު ކުރުމަށް ޚާއްސަ އިސްކަމެއްދީފައިވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ޑުރަގުގެ ވިޔަފާރީގައި އުޅޭ ބޭރު މީހުން ރާއްޖޭގައި ވަރަށްގިނަ ކަމަށާއި، މިދިޔަ އަހަރުގެ ތެރޭގައި 153 ބޭރު މީހުން ޑުރަގާ އެކީގައި ހިފައި 153 މީހުން ޑީޕޯޓުކޮށްފައިވާ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ޑުރަގުގެ ވިޔަފާރި ކުރާ ނުވަތަ ޑުރަގް ބޭނުންކުރާ ތަންތަން ސަރޗް ކުރުންވެސް އިންތިހާއަށް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން، މި ނިމިގެންދާ އަހަރު، 13435 ތަނެއް ބަލައި، އެކަމުގައި އުޅޭ ފަރާތްތައް ހޯދާފައިވާ ކަމަށެވެ.

އަތުލައިގަނެފައިވާ މަސްތުވާތަކެއްޗަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިއަހަރުގެ މިހާތަނަށް 655 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށާއި، މިތަކެތި ނައްތާލާނީ ނޫސްވެރިންގެ ކުރިމަތީގައި ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގައުމު ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކާއި، ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ އެ އެހީތެރިކަމާއި، އެ އެއްބާރުލުމާ އެކީގައި މަސައްކަތް ކުރުމުން މި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މަސްތުވާތަކެތިމަސްތުވާތަކެތީގެ މައްސަލަރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް

މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް

30 ނޮވެމްބަރު 2025
ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ

ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ

25 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު