Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒަކިއްޔާގެ މަރު

ޒަކިއްޔާގެ މަރުގެ ތަހުގީގުގައި ބޮޑެތި ކަންބޮޑުވުންތަކެއް، ކޮންމެ ލަސްވުމަކީ ނުތަނަވަސް ކަމެއް ކަމަށް ބުނެ ރައްޔިތުން މަގުމައްޗަށް

ވަޅީގައި އޭރު ނެތް ލެ އެއް ފޮޓޯގައި ހުރީ ކީއްވެތޯ ސުވާލު ކޮށްފައިވޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2024 | ހުކުރު 17:36
ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލާ ހޮޅުދޫގައި ބޭއްވި އެއްވުމުގެ ތެރެއިން

ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލާ ހޮޅުދޫގައި ބޭއްވި އެއްވުމުގެ ތެރެއިން

ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ނ.ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގުގައި ހުރި ކަންބޮޑުވުންތައް ހާމަކޮށް އެ މައްސަލާގައި އިންސާފު ހޯދައިދިނުމަށް ގޮވާލާ ހޮޅުދޫގައި ބޮޑު އެއްވުމެއް ބާއްވައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ހޮޅުދޫގައި ބޭއްވި މި އެއްވުމުގަައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބައިވެރިވެ އަޑު އުފުލާފައެވެ.

Advertisement - newsAdvertisement

ރަށުގެ ގިނަ ރައްޔިތުން ބައިވެރިވި މި އެއްވުމުގައި ޒަކިއްޔާއަށް އިންސާފު ހޯދާއިދިނުމަށާއި، ތަހުގީގުގައި ހުރި ގިނަ ކަންބޮޑުވުންތައް ފާހަގަކޮށްފައިވެއެވެ.

މި އެއްވުމުގައި، ޒަކިއްޔާގެ މަރުގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން ހާމަ ކުރި މައުލޫމާތުތަކުގައި ސުވާލު އުފެދޭ އެތައް ކަމެއް ހުރިކަން ފާހަގަކޮށް ބޯޑުތަކުގައި ޝުޢޫރުފާޅުކޮށްފައިވެއެވެ. އެގޮތުން ކޮންމެ ލަސްވުމަކީ ނުތަނަވަސް ކަމެއް ކަމަށާއި، ރައްޔިތުން ގުނބޯ ހައްދަން ނޫޅުއްވުމަށް ގޮވާލާފައިވެއެވެ. ހަނު ނުތިބޭނެ ކަމަށާއި، އިންސާފު ހޯދައިދިނުމަށް ގޮވާލާފައިވެއެވެ. އަދި ވެ ނިމިގެން އުޅެނީ "ހަމަ އެހާ ކުޑަ" ކަމެއްތޯ އާއި، ވަޅީގައި އޭރު ނެތް ލެ އެއް ފޮޓޯގައި ހުރީ ކީއްވެތޯ އާއި ހުރިހާ ކަމެއް ކަށަވަރު ކުރީ ގޭގައި ތިބި މީހުންގެ ބާޔާނުން އެކަނިތޯ ވަނީ ސުވާލު އުފައްދާފައެވެ.

މި އަނިޔާވެރި މަރުގެ ތަހުގީގު އަވަސްކުރުމަށް ގޮވާލާ ބޭއްވި މި އެއްވުމުގެ ބައިވެރިން ތިބީ ކަޅު ހެދުމުގައެވެ. އަދި ކޮންމެ މީހެއްގެ މޫނުމަތިން ފެނުނީ ހިތްދަތިކަމާ ނުތަނަވަސް ކަމެވެ. ރަށުގެ އާބާދީއެއް އޮތްގޮތަށް މި އެއްވުމުގައި ބައިވެރިވެ ޝުއޫރު ފާޅުކޮށްފައިވާއިރު، އެންމެ ބޮޑަށް ފާހަގަކުރި އެއްކަމަކީ އެންމެ ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ފާހަގަކުރި ކަންކަން ސާފުނުވުމާއި، މި މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް މިންވަރެވެ.

އެއްވުމުގައި ވާހަކަ ދެއްކި ޒަކިއްޔާގެ އާއިލާގެ މީހަކު ބުނީ، މިއީ މުޅި ރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށާއި، އެއީ އަމިއްލަ މަރެއް ނޫން ކަމަށެވެ. އެމަރުގެ ފަހަތުގައި ފޮރިވިފައިވާ ކަންތައްތަކެއް ވާކަން ފާހަގަކޮށް އޭނާ ބުނީ، ހަށިގަނޑުން ފެނުނު ޒަޚަމްތަކުން އެކަން ވަރަށް ރަނގަޅަށް އިނގޭ ކަމަށެވެ.

އޭނާ ބުނި ގޮތުގައި ޒަކިއްޔާ އަމިއްލަ އަށް މަރުނުވާނެ ކަން ހޮޅުދޫ ރައްޔިތުން ވެސް ގަބޫލު ކުރެއެވެ. އެކަމަކު ފުލުހުންނަކަށް އެކަން ނުހޯދުނު ކަމަށް އޭނާ ފާހަގަ ކުރިއެވެ.

ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ޑޮކްޓަރުގެ މައުލޫމާތުން ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުންކަން އެނގޭ ކަމަށެވެ.

އެހެންކަމުން މިހާތަނަށް ތަހުގީގުން ހޯދުނު ހޯދުންތަކުން ޒަކިއްޔާއަށް ލިބިފައިވާ އަނިޔާގެ ޒަޚަމްތަކަކީ ނުވަތަ ޒަކިއްޔާ މަރުވެފައިވަނީ އިތުރު އެއްވެސް ފަރާތެއްގެ އަމަލެއްގެ ސަބަބުން ދޭހަކޮށްދޭނެ އެއްވެސް ހެއްކެއް ފެންނަން ނެތުމާއެކު އެ މައްސަލާގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަމަށް ސާމިހު ވިދާޅުވިއެވެ.

ޒަކިއްޔާގެ ވާތް ފަރާތުގައި ފުން ތިން ޒަހަމެއް، އަދި ކަނާތް ފަރާތުގައި ފުން ދެ ޒަހަމެއްގެ އިތުރުން ކަރުގެ މެދާ ހިސާބުން ތިލަކޮށް ހުރި އެއް ޒަހަމު ހުރިކަން ފާހަގަ ކުރެވުނު ކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސާމިހު ވިދާޅުވިއެވެ.

ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި މައްސަލާގައި އޭނާ މަރާލި ކަމަށާއި އެކަމުގައި އިންސާފު އަވަސްކޮށްދިނުމަށް އެދި ހޮޅުދޫގައި ނޮވެމްބަރު 25 ވަނަ ދުވަހު ވެސް ވަނީ އެއްވުމެއް ބާއްވާފައެވެ.

ހޮޅުދޫ ޒަކިއްޔާ މޫސާގެ މަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޒަކިއްޔާގެ މަރުގެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅައިފި

ޒަކިއްޔާގެ މަރުގެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅައިފި

28 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު