Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖިހާދުގެ ޝަރީއަތް

ޖިހާދުގެ މައްސަލަ ބަލައިގަންނަން ޖެހޭނެ ކަމަށް ފެނިވަޑައިގަތީ އެންމެ ފަނޑިޔާރަކަށް

ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ރައުޔަކީ ހައިކޯޓުގެ ރެޖިސްޓަރަރ މައްސަލަ ބަލައި ނުގަންނަން ނިންމީ ރަނގަޅަށް ކަމަށް

ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2024 | އަންގާރަ 15:07
ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު

ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު

ކުރީގެ ނައިބު ރައީސް އަބްދު ﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބަލައިގަންނަން ޖެހޭނެ ކަމަށް ފެނިވަޑައިގަތީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އެންމެ ފަނޑިޔާރަކަށެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލަ ކްރިމިނަލް ކޯޓުން ނުބެލޭނެ ކަމަށް ބުނެ ބޭރުކޮށްލުމުން ޕީޖީ އިން ހައިކޯޓަށް ހުށަހެޅީ އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބަލަން އަމުރުކޮށް ދިނުމަށެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުން މައްސަލަ އިސްތިއުނާފް ކުރީ ކްރިމިނަލް ކޯޓުގެ ނިންމުން ބިނާކުރި އަސާސެއް ނެތުމާއި އެކަށީގެންވާ މިންވަރަށް ސަބަބު ބަޔާން ކޮށްފައި ނެތުމުން ކަމަށް ބުނެއެވެ.

އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވުމާ ގުޅިގެން އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން މައްސަލަ ބަލައިގަންނަން ޖެހޭނެ ކަމަށް ނިންމެވީ ފަނޑިޔާރު ހަސަން ޝަފީއު އެކަންޏެވެ.

ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ރައުޔަކީ ހައިކޯޓުގެ ރެޖިސްޓަރަރ މައްސަލަ ބަލައި ނުގަންނަން ނިންމީ ރަނގަޅަށް ކަމަށެވެ.

އެ ގޮތުން ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ދީބާނާޒް ފަހުމީ ނިންމެވީ، މައްސަލަ ބަލައި ނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށެވެ.

ހައި ކޯޓުގެ ރަޖިސްޓްރަރ މައްސަލަ ބަލައި ނުގަތުމަށް ނިންމެވީ އަލުން މައްސަލަ ހުށަހަޅަން ދިން މުއްދަތު ހަމަވި ފަހުން ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހުން މައްސަލަ ހުށަހަޅާފައިވާތީ ކަމަށް ބުނެއެވެ.

އެހެން ނަމަވެސް ޕީޖީ އޮފީހުން މުއްދަތު އިތުރުކޮށްދިނުމަށް އެދުނު ނަމަވެސް މައްސަލަ ރަޖިސްޓްރީ ނުކޮށްދިން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝިއަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމު މިހާރު އަދާ ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް ޖިހާދުގެ މައްޗަށް އުފުލި ދައުވާ އަކީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ދައުލަތަށް ފައިދާ ނުވާ ގޮތަށް ކަމަށް ބުނެ އެވެ.

މައްސަލަ ހައި ކޯޓުގައި ފުރަތަމަ އޮއްވާ އެ ކޯޓުން އެ މައްސަލަ ބޭރުކޮށްލީ ޖިހާދު ދިރިއުޅުއްވާ އެޑްރެސް ސާފުނުވާތީ ކަމަށް ބުނެ އެވެ.

ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2024

ހައިކޯޓުން ބަލައި ނުގަތުމުން ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް

15 ޑިސެމްބަރު 2024
ހައިކޯޓުން ބަލައި ނުގަތުމުން ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް
30 އޮކްޓޯބަރު 2024

ޖިހާދުގެ މައްސަލަ ހައިކޯޓަށް ބަލައިނުގަތުމަށް ނިންމި ނިންމުން މުރާޖަޢާކުރުމަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފި

30 އޮކްޓޯބަރު 2024
ޖިހާދުގެ މައްސަލަ ހައިކޯޓަށް ބަލައިނުގަތުމަށް ނިންމި ނިންމުން މުރާޖަޢާކުރުމަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފި
29 އޮކްޓޯބަރު 2024

ޖިހާދުގެ އިސްތިއުނާފު މައްސަލަ ބަލައި ނުގަތުމުން މުރާޖާ ކުރުމަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅަނީ

29 އޮކްޓޯބަރު 2024
ޖިހާދުގެ އިސްތިއުނާފު މައްސަލަ ބަލައި ނުގަތުމުން މުރާޖާ ކުރުމަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅަނީ
28 އޮކްޓޯބަރު 2024

ޖިހާދުގެ މައްސަލަ ހައިކޯޓުން އަނެއްކާ ވެސް ބޭރުކޮށްލައިފި

28 އޮކްޓޯބަރު 2024
ޖިހާދުގެ މައްސަލަ ހައިކޯޓުން އަނެއްކާ ވެސް ބޭރުކޮށްލައިފި
25 ޖުލައި 2024

ކޯޓުން ބޭރުކޮށްލި ޖިހާދުގެ މައްސަލައަކީ ކޮމިޝަނުން ތަހުގީގުކުރި މައްސަލައެއް ނޫން - އޭސީސީ

25 ޖުލައި 2024
ކޯޓުން ބޭރުކޮށްލި ޖިހާދުގެ މައްސަލައަކީ ކޮމިޝަނުން ތަހުގީގުކުރި މައްސަލައެއް ނޫން - އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު