Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މީހުންނަށް އިންޒާރު ދިނުމުގެ ނުރައްކާތެރި ކަމުގެ ވާހަކަ ދާޚިލީ ވަޒީރު ދައްކަވާއިރު، ސަރުކާރުގެ ވަށައިގެން ތިއްބެވީ މިޒާތްޒާތުގެ ބޭފުޅުން ނޫންތޯއެވެ؟

މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުރި އަންހެން ކުއްޖަކު ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ހުރެގެން އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ފުރާނައަށް ގެއްލުންދީ ލޭ އޮހޮރުވާލައިގެން ވިއަސް ވެރިކަމުން ބާލަންޖެހޭ ކަމަށް ހުތުރު ބަހުން ލިޔެ ކޮށްފައިވާ ޓްވީޓްގެ މައްސަލަ ދާޚިލީ ވަޒީރު ބައްލަވާލައްވަން ރަނގަޅުނުވާނެ ބާވައޭ ރައްޔިތުން ބުނަން ފަށައިފިއެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2024 | ހޯމަ 12:35
ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުކުރުން

ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުކުރުން

މި ދުވަސްވަރަކީ ޓްވީޓެއްގެ މައްސަލަ ބޮޑުވެގެން އުޅޭ ދުވަސްވަރެކެވެ.

ޓްވީޓްކޮށްގެން އުޅެނީ އިދިކޮޅު ޕާޓީގެ މެމްބަރެކެވެ.

ޓްވީޓުގައި އޮތީ އެއްޗެއް އަގު ބޮޑުވެގެން އެ ގަތުމަށްފަހު ހިތްހަމަ ނުޖެހިގެން ކޮށްފައިވާ ޕޯސްޓެކެވެ.

އޭގައި އޮތީ ކޮންމެވެސް ކައްޒާބެއްގެ ވާހަކައެކެވެ.

ދެން އޮތީ ބޮޑު އަގުގައި އެބުނާ ފޮއްޓެއް ގަތްވާހަކައެވެ. ދެން އޮތީ "ކަލޭ މަށަށް މަގުމަތިން ނުފެންނާށޭ" މިހެންނެވެ.

ޓްވީޓް ކުރި މީހާ ޕޮލިހަށް ހާޒިރުކުރުވުމަށް ޗިޓް ފޮނުވުމާއެކު ސިޔާސީ ފާރާތްތަކުން އެކަމާ ދެކޮޅަށް ޓްވީޓް ކުރަން ފެށިއެވެ. މިތަނުން އެއް ޓްވީޓަކަށް ރައްދުދެއްވާ ދާޚިލީ ވަޒީރު ޓްވީޓެއް ކުރައްވައިފިއެވެ. އޭގައި އޮތީ މީހަކަށް އިންޒާރެއް ދީފި ނަމަ އެކަން ބަލާނެ ކަމަށެވެ. އެބުނާ ޓްވީޓަކުން މީހަކަށް ނުރައްކާ ވެއްޖެ ކަމަށެވެ. ކޮންމެ ކަމެއް ސިޔާސީ ނުކުރުމަށެވެ. މިހާ ހިސާބުން އުފެދުނު ސުވާލަކީ އިންޒާރު ދިނީ ކާކަށް ބާވައެވެ. ނުރައްކާވީ ކާކަށް ބާވައެވެ. މައްސަލަ ހުށަހެޅީ ކާކު ބާވައެވެ. ދާޚިލީ ވަޒީރު މި ދައްކަވަނީ ކާކުގެ ވާހަކަ އެއް ބާވައެވެ.

އެބުނާ ޓްވީޓެއްގައި ލިޔެފައި އޮތް ކައްޒާބު ފުލުހުންނާ ދާޚިލީ ވަޒީރު ރައްދު ކުރައްވަނީ ކާކަށްބާވައެވެ. ނުރައްކާވި މީހެއް އިނގޭނީ ފުރަތަމަ ކައްޒާބަކީ ކާކުކަން އެނގިގެން ނޫންތޯއެވެ. އެއަށްވުރެ ބޮޑަށް އާއްމު ރައްޔިތުން އުފައްދަމުންދާ އެއް ސުވާލަކީ މިބުނާ ޓްވީޓެއް މިހާ ނުރައްކާތެރި އެއްޗަކަށްވެ މީހެއްގެ ފުރާނަޔަށް ނުރައްކާ ވާވަރުގެ މައްސަލަ އަކަށް މިކަންވެ ކޮންމެ ރައްޔިތެއްގެ ދިފާއުގައި އަދި ހިމާޔަތުގައި ފުލުހުން މަސައްކަތް ކުރާނެ ކަމަށް ދާޚިލީ ވަޒީރު ވިދާޅުވެ، ފުލުހުން ލައްވާ މިކަން ތަހުގީގުކުރަން ފެށި އިރު ދާޚިލީ ވަޒީރުވެސް ހިމެނިވަޑައިގަންނަވާ ސަރުކާރުގެ ސިޔާސީ މަގާމު ތަކުގައި ތިއްބެވި ބޭބޭފުޅުންގެ ފަރާތުން އެހެން މީހުންނަށް ކުރިމަތިކުރުވި ތްރެޓް ތަކުގެ މައްސަލަ ފުލުހުން ލައްވާ ބައްލަވަން ދާޚިލީ ވަޒީރު ނޫޅުއްވާ ހުންނަވަނީ ކީއްވެގެންބާވައެވެ.

މިސާލަކަށް މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުރި އަންހެނަކު ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ހުރެގެން އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ފުރާނައަށް ގެއްލުންދީ ލޭ އޮހޮރުވާލައިގެން ވިއަސް ވެރިކަމުން ބާލަންޖެހޭ ކަމަށް ހުތުރު ބަހުން ލިޔެ ކޮށްފައިވާ ޓްވީޓް އޯކޭ ވެފައި ފަހުން މި ކުރި ޓްވީޓް އޯކޭ ނުވަނީ ކީއްވެތޯއެވެ. އެއްކޮޅަށް ހުންނަ މީހާ ކޮށްފިއްޔާ ކޮންމެ ކަމެއްވެސް ހަމަ ވަރިހަމަ ވަނީ ނޫންތޯއެވެ.

ހަމަ މިބުނާ މީހާ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުރެގެން އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރަށް ތްރެޓްކޮށް ހަޑިހުތުރު އެއްޗެހި ގޮވާ ކުރި ޓްވީޓްތަކުގެ ސަބަބުން އިންޑިއާގައި ދިރިއުޅެމުން ދިއަ އަދި އިންޑިއާއަށް ދަތުރުކުރި ދިވެހި ރައްޔިތުންގެ ސަލާމަތަށް ނުރައްކާވެ ރާއްޖޭގެ އިގްތިސާދަށް ދެ ބިލިއަށް ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބުނު މައްސަލަ ދާޚިލީ ވަޒީރު ބައްލަވާލެއްވުން ކިހިނެއް ވާނެތޯއެވެ.

އަދި ހަމަ މިއާއި އެކު މި ސަރުކާރު ހިންގާ ޕާޓީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި އަބްދުލްރަހީމް އަބްދުﷲ އިދިކޮޅުގައި ހުންނަވައިގެން އެމްއެންޑީއެފްގެ ތެރެއަށް ވަދެގަތުމަށާއި ޑިފެންސް މިނިސްޓަރ ދަމާ ނެރުމަށާއި ރައީސް އޮފީސް ތެރެއަށް ވަދެގަތުމަށާއި، އެތަނަށް ވަދެ ރައީސް ސާލީޙް ދަމާ ނެރުމަށް ވިދާޅުވެ ޕޯޑިއަމްތަކުގައި އެބޭފުޅުންގެ ފުރާނަ އަށް ނުރާއްކާވާ ގޮތަށް ތްރެޓް ކޮށް ދައްކަވާފައި ހުރި ވާހަކަތަކުގެ މައްސަލަ ދާޚިލީ ވަޒީރު ބައްލަވާލެއްވުން ކިހިނެއްވާނެތޯއެވެ. އަދި ހަމަ އޭރުގެ ޑިފެންސް މިނިސްޓަރ މާރިޔާދީދީގެ ގެކޮޅު ދޮށަށް ވަޒީރު ނިސްބަތްވެވެޑައިގަންނަވާ އޭރުގެ އޮޕޮޒިޝަންގެ މީހުން ގޮސް ޑިފެންސް މިނިސްޓަރުގެ ފުރާނައަށް ގެއްލުން ދިނުމަށް ގޮވާ ހަޑިހުތުރު އެއްޗެހި ގޮވި މައްސަލަ މިއަދު ދާޚިލީ ވަޒީރު ބައްލަވާލެއްވުން ކިހިނެއް ވާނެތޯއެވެ.

ގައުމުގެ އަމާންކަމަށާއި ސުލްހަ މަސްލަސްކަމުގެ ވާހަކަޔާ ރައްޔިތުންގެ ފުރާނަޔާ ހަށިގަނޑުގެ ރައްކާތެރިކަމުގެ ވާހަކަ އާއި މީހުންނަށް އިންޒާރު ދިނުމުގެ ނުރައްކާތެރި ކަމުގެ ވާހަކަ ދާޚިލީ ވަޒީރު ދައްކަވާއިރު، ވަޒީރު ހުންނެވި ސަރުކާރުގައި ވަށައިގެން ތިއްބެވީ މިޒާތްޒާތުގެ ބޭފުޅުންކަމާއި، އެބޭބޭފުޅުންގެ މައްސަލައެއް ބަލާލުމުގެ ގާބިލުކަން ވަޒީރަށް ލިބިވަޑައިނުގަންނަވާކަން އެއީ ހަޤީގަތް ނޫންތޯއެވެ.

ދަންނަންތޯއެވެ؟ އަދުލާއި ހަމަހަމަކަން ނެތް ތަނެއްގައި އެއްވެސް ހަމަ ޖެހުމެއް ނޯންނާނެއެވެ. ހަމަހަމަކަން ބާއްވަަަވަން އުޅުއްވާ ނަަމަ ދުވަސްވެފައި ހުރި މިދެންނެވި މައްސަަލަތަކުން ފައްޓަވާށެވެ. އެކަމަކު އެކަމެއް ނުވާނެއެވެ. ނުވެސް ކުރެވޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަންބަންތޯޓާ އެއަރޕޯރޓް: ޗައިނާގެ ނުފޫޒާއި، ބެލްޓް އެންޑް ރޯޑްގެ ހީލަތްތެރި ކަމުގެ އަލިގަދަ ހެއްކެއް

ހަންބަންތޯޓާ އެއަރޕޯރޓް: ޗައިނާގެ ނުފޫޒާއި، ބެލްޓް އެންޑް ރޯޑްގެ ހީލަތްތެރި ކަމުގެ އަލިގަދަ ހެއްކެއް

18 ސެޕްޓެމްބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
ރައީސް ޔާމީންގެ ރައީސްކަމުގެ ޝަރުތު ގެއްލުނީތަ؟

ރައީސް ޔާމީންގެ ރައީސްކަމުގެ ޝަރުތު ގެއްލުނީތަ؟

05 އޯގަސްޓު 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

18 ޖުލައި 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު