Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ތިން ވަނަ މެޗުން ވެސް މޮޅުވެ، ފުވައްމުލައް ދެ ވަނަ ބުރަށް

ނަތީޖާ އާއެކު ފުވައްމުލަކުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ހޯދިއިރު، މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ އެ ޓީމު އޮތީ މި ގުރޫޕުގެ އެއް ވަނައި ގައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޑިސެމްބަރު 2024 | އާދީއްތަ 06:01
މެޗުގައި ލަނޑު ޖެހުމަށްފަހު ފުވައްމުލައް ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ފުވައްމުލައް ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ކުޅުނު ތިން ވަނަ މެޗުން ވެސް މޮޅުވެ، ފުވައްމުލައް ސިޓީން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފި އެވެ.

މުބާރާތުގެ ގުރޫޕު އޭގައި ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި ފުވައްމުލަކުން ވަނީ ދ.މީދޫގެ މައްޗަށް 4-0 އިން ކުރި ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ފުވައްމުލަކުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަދި އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ފަހު ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފުވައްމުލަކުގެ ދެ ލަނޑު ވެސް ޖެހީ އަލީ ޝަމާލް ޢަބްދުﷲ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ފުވައްމުލަކުގެ ތިން ވަނަ ލަނޑު ޖެހީ އިނާން އަޙުމަދު އެވެ. އެ ލަނޑު އޭނާ ޖެހީ ޝަމާލް ހުރަސްކޮށްދިން ބޯޅައެއް އެއް ފަހަރުން ގޯލަށް ފޮނުވާލައިގެންނެވެ. މެޗުގެ އެންމެ ފަހު ވަގުތުގައި ފުވައްމުލަކަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ޝަމާލް ވަނީ މެޗުގައި އޭނާގެ ހެޓްރިކް ހަމަކޮށްފަ އެެވެ.

ނަތީޖާ އާއެކު ފުވައްމުލަކުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ހޯދިއިރު، މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ އެ ޓީމު އޮތީ މި ގުރޫޕުގެ އެއްވަނައި ގައެވެ. ދެ ވަނައިގައި އޮތް ކުޑަހުވަދޫ އަށް ދެ މެޗުން ލިބެނީ ތިން ޕޮއިންޓެވެ. ތިން ވަނައިގައި މީދޫ އަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު