Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގައި ބަނޑުހައިހޫނުކަން ފުޅާވަނީ، 24 ގަޑީއިރު ތެރޭ އިސްރާއީލުގެ ހަމަލާތަކުން ގާތްގަނޑަކަށް 100 މީހުން ޝަހީދުވެއްޖެ

421 ވަނަ ދުވަސް ފާއިތުވަމުންދާ ހުއްޓުމެއްނެތް އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ހޮނިހިރު ދުވަހުގެ ފަތިހުން ފެށިގެން އެތައް ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް، އެތައް އާންމުންނެއް މަރުވެ އަނިޔާވެފައިވެއެވެ.

ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2024 | ހޮނިހިރު 08:34
ޣައްޒާގެ އިމާރާތަކަށް އިޒްރޭލު ސިފައިން ބޮން އަޅަނީ (ފައިލް)

ޣައްޒާގެ އިމާރާތަކަށް އިޒްރޭލު ސިފައިން ބޮން އަޅަނީ (ފައިލް)

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 100 ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މީގެ ތެރޭގައި އުތުރުގެ ބައިތު ލަހިޔާގެ ދެ އިމާރާތަކަށް ބޮން އަޅާ ދިން ހަމަލާގައި މަރުވި 75 މީހުން ހިމެނެއެވެ.

421 ވަނަ ދުވަސް ފާއިތުވަމުންދާ ހުއްޓުމެއްނެތް އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ހޮނިހިރު ދުވަހުގެ ފަތިހުން ފެށިގެން އެތައް ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް، އެތައް އާންމުންނެއް މަރުވެ އަނިޔާވެފައިވެއެވެ.

ޣައްޒާގެ މަސްދަރުތަކުން ރިޕޯޓުކުރި ގޮތުގައި ޣައްޒާ ސިޓީގެ މެދުތެރޭގައި އޮންނަ އަލް-ރިމާލް ސަރަހައްދުގައި ގެއަކަށް ޔަހޫދީ ބާރުތަކުން ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރުވެ އިތުރު މީހުންނަށް އަނިޔާވެފައިވެއެވެ. އިތުރު މީހުން އިމާރާތުގެ ދަށުވެފައިވާ ކަމަށް ބެލެވެއެވެ.

ޣައްޒާ ސްޓްރިޕްގެ އުތުރުގައިވާ ޖަބާލިޔާ އަލް-ނަޒްލާގައި އިޒްރޭލުގެ އަސްކަރީ ޑްރޯނަކުން ދިން ހަމަލާ އެއް ގައި އާންމުންގެ މީހަކު މަރުވެފައިވެއެވެ.

މީގެ އިތުރުން، ސްޓްރިޕްގެ ދެކުނުގައިވާ ޚާން ޔޫނިސްގެ އިރު އުތުރުގައިވާ އަލް-ސަތާރު އަލް-ޝަރުޤީ ސަރަހައްދުގެ ދުއްވަމުން ދިޔަ މަދަނީ އުޅަނދަކަށް އިޒްރޭލުގެ ބާރުތަކުން ދިން ބޮމުގެ ހަމަލާއެއްގައި ދެ މީހުން މަރުވެ އިތުރު މީހުން ޒަޚަމްވެފައިވެއެވެ.

އިސްރާއީލުގެ އޮކިއުޕޭޝަން ބާރުތަކުން 7 އޮކްޓޯބަރު 2023 އިން ފެށިގެން ޣައްޒާ ސްޓްރިޕް އަށް ކުރަމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން 44،363 ފަލަސްތީނު ރައްޔިތުން މަރުވެފައިވެއެވެ. މީގެ ތެރޭގައި ގިނަ އަދަދެއް އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަދި 105،070 މީހުން ޒަޚަމްވެފައިވެއެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި ކާބޯތަކެއްޗަށް އިޒްރޭލުން ހުރަސް އަޅަމުން ދާތީ ފަލަސްތީނު މީހުންގެ މެދުގައި ބަނޑުހައިހޫނުކަމާއި ވޭނުގެ މިންވަރު ވަނީ "ކާރިސާގެ" ދަރަޖައަށް ގޮސްފައެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި

30 މެއި 2017
ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
11 މާރިޗު 2017

ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ

11 މާރިޗު 2017
ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު