Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މިނިވަން މުއައްސަސާ

ގާނޫނަށް ބަދަލު ގެނެސް މިނިވަން މުއައްސަސާތައް ބަލިކަށި ކުރަނީ –ގައުމަށް މި ދެވެނީ ކިހާ ބޮޑު ގެއްލުމެއްކަން އެނގޭބާ؟

ރައީސުލް ޖުމްހޫރިއްޔާ މަޖިލީހުގެ ފައިދާ ނަންގަވާ މިނިވަން މުއައްސަސާތަކަކަށް ގެނައި ކަމަށް މި ފެނުނު ބަދަލަކީ އެތަންތަން ބަލިކަށި ކުރުމެވެ. އަޅުވެތި ކުރުމެވެ. މިނިވަންކަން ގެއްލުވާލުމެވެ. ސުވާލަކީ މިކަންކަން މިހެން ކުރައްވައިގެން އެމަނިކުފާނުގެ ހިތްޕުޅަށް ފަސޭހަކަ ލިބުނަސް ގައުމަށް މި ދެވެނީ ކިހާ ބޮޑު ގެއްލުމެއް ކަން ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގަންނަވާ ބާވައެވެ؟

ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2024 | ހުކުރު 19:41
ރައީސް ޑރ މުހައްމަދު މުއިއްޒު

ރައީސް ޑރ މުހައްމަދު މުއިއްޒު

ސިޔާސީގޮތުން ވަކިފަރާތަކަށް ނުޖެހޭ އަދި ދައުލަތުގެ ތިން ބާރުގެ ނުފޫޒުން އެއްކިބާވެ ތިބެ، މަސައްކަތް ކުރަންޖެހޭ މިނިވަން މުއައްސަސާތަކެއް އުފައްދަނީ މުހިންމު މަގްސަދުތަކެއް ހާސިލު ކުރުމަށެވެ.

މިނިވަން މުއައްސަސާތަކަކީ - ރަނގަޅަށް ޤާއިމުކުރެވި، ގާނޫނުން ބާރުދެވި، ވަސީލަތްތައް ފޯރުކޮށްދެވި އަދި އިތުބާރު ލިބިފައިވާނަމަ - ދައުލަތް ހިންގުމުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޤާނޫނުގެ ވެރިކަން ހަރުދަނާ ކުރުމަށާއި، ހާމަކަން ބޮޑުކަމާއި، ޖަވާބުދާރީވުން އިތުރުކުރުމަށާއި، ކޮރަޕްޝަން ހުއްޓުވުމަށާއި އަދި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އިންތިހާ އަށް މުހިންމު މުއައްސަސާތަކެކެވެ. އެގޭ ސަބަބުން ރައްޔިތުންގެ މުދަލާ ފައިސާ އާއި ވަސީލަތްތައް ރައްކައުތެރި ކުރެވި، ހަމަ އާއި އިންސާފު ގާއިމު ކުރެވި، އަދުލުވެރި ދައުލަތެއްގެ ސިފަ ލިބި، ރައްޔިތުންނަށް އޭގެ ސަބަބުން ހިތްހަމަ ޖެހުމާއި އުފާ ފާގަތިކަން ލިބިގެންދާނެއެވެ.

އެހެން ކަމުން ރައްޔިތުންގެ ޓެކްސް ފައިސާ އިން ޚަރަދު ކޮށްގެން ހިންގާ މިފަދަ މުއައްސަސާތައް އިސްކުރަން ޖެހެނީ ގައުމާއި ރައްޔިތުންނެވެ. އިސްކުރަން ޖެހޭނީ ދައުލަތުގެ ތިން ބާރުގެ ވެރިން ރުއްސުމެއް ނޫނެވެ. ކުރަން ޖެހޭ ކަމަކީ ރައްޔިތުންނަށް އިޚްލާސްތެރިވެ، ނުފޫޒު ގަދަ ފަރާތްތަކުގެ އަތްދަށުނުވެ، ބާރާއި ފައިސާ އަށް ނުހެއްލި ކަރަޕްޝަން އިން ދައުލަތް ސަލާމަތް ކުރުމެވެ. ބާރުގަދަ މަޤާމުތަކުގައި ތިބޭ މީހުންގެ ކޮރަޕްޝަނުން ގައުމު ރައްކައުތެރި ކޮށްދިނުމެވެ.

ކަން މިހެން އޮތް ނަމަވެސް، ދިވެހިރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ ގޮތުގައި އުފައްދާފައިވާ އިލެކްޝަން ކޮމިޝަން އާއި އެންޓި ކަރަޕްޝަން ކޮމިޝަން ގެ ރައީސް އާއި ނައިބު ރައީސް ވެރިކަމުގެ ފަރާތުން އައްޔަން ކުރާ ބަޔަކަށް ގާނޫނަށް ބަދަލު ގެނެސްގެން މި ވަނީ ދާދި ފަހުން ހަދާފައެވެ. މިއީ ޝައްކެއްވެސް ނެތް ގޮތުގައި ނުރައްކަލުގެ ރަނގަބީލެކެވެ. މި ތަންތަން ހުރިހާ ސިފައެއްގައިވެސް މިނިވަންވާން ޖެހެނީ ޝައްކެއް ނެތް މިންވަރަށް އެތަނުން ރައްޔިތުންނަށް އަދާ ކުރަން ޖެހޭ ޒިންމާ އަދާ ކުރުމަށެވެ.

މިސާލަކަށް، އިލެކްޝަންސް ކޮމިޝަނަކީ ސަރުކާރުގެ ނުފޫޒުން މިނިވަންވެ މަސައްކަތް ކުރަން ޖެހޭ ތަނަކަށް ވާން ޖެހެނީ، އިންތިޚާބުތައް ބޭއްވުމުގެ ޒިންމާ ސަރުކާރުގެ އަތުގައި އޮތްނަމަ، ދައުލަތުގެ ބާރު ބޭނުން ކޮށްގެން އިންތިޚާބުގެ ނަތީޖާއަށް ނުރަނގަޅު ނުފޫޒު ފޯރުވުމުގެ ނުރައްކާ އޮންނާތީ އެކަމުން ސަލާމަތް ވުމަށެވެ. އިންތިޚާބު ތަކަކީ ޝައްކާ ވަހުމުގެ ތެރެއިން ކުރިއަށްދާ އެއްޗެއް ނަމަ، ޑިމޮކްރަސީ އެ ދަނީ ބަލިކަށިވަމުންނެވެ. ކޮންމެ އިންތިޚާބަކަށް ފަހު އުފެދޭނީ ހަމަ ނުޖެހުމެވެ. އޭގެ ނަތީޖާ އަކަށް ވާނީ އަބަދުވެސް ގައުމު ހަމަ ނުޖެހުމުގެ ތެރޭގައި އޮންނާން ޖެހުމެވެ. އެފަދަ ގައުމެއް ކުރިއަރާ ދާނީ ކިހިނަކުންތޯއެވެ.

ކަން މިހެން އޮތް އިރު، އެ މުއައްސަސާގެ އެންމެ އިސްވެރިޔާ – ކޮމިޝަންގެ ރައީސް އަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ފަރާތެއްގެ ގޮތުގައި ވުމުން، އެހިސާބުން މުއައްސަސާގެ ތެރެއަށް ސިޔާސީ ނުފޫޒު އެ ވަނީއެވެ. ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކޮށްފާނެތޯ އެހިސާބުން ސުވާލު އުފެދުނީއެވެ.

ސަރުކާރުގެ އެއްވެސް ދައުރެއް ނެތި ރައީސް އާއި ނައިބު ރައީސް އައްޔަން ކުރަމުން އައި މި ދެ ކޮޝަންގެ ތެރެއަށް ރައީސުލް ޖުމްހޫރިއްޔާގެ ދައުރު އިތުރު މި ކުރީ ގައުމަށް ހެޔޮ އެދިގެން ކަމެއް ރަނގަޅު ކުރަން ކުރި ކަމެއްގެ ގޮތުގައި ދެކޭންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ.

އެންޓި ކަރަޕްޝަން ކޮމިޝަންގެ ބާރު މުއިއްޒުގެ މުށުތެރެއަށް ވަނީއެވެ. އިންތިޚާބުތަކާ ބެހޭ ކޮމިޝަންގެ ބާރުތައް ވެސް މުއިއްޒުގެ ކޮންޓްރޯލްގެ ތެރެއަށް ގެންނެވީއެވެ.

މި ދެ މުއައްސަސާގެ މިނިވަން ކަމާ ނުފޫޒުން އެއްކިބާވުން ފަދަ ކަންކަން ޔަގީން ކުރާނީ ކިހިނެއްބާވައެވެ؟

ދެން ރައީސް މުއިއްޒު ވިދާޅުވާނީ، ތިމަންނާ އަކީ މިނިވަން މުވައްސަސާތަކުގެ ހިންގުމުގެ ކަންކަމާ ބެހޭނެ ފަރާތެއް ނޫން ކަމަށެވެ. އެހެންވީއިރު، މި ދެ މުއްސަސާގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް މުއިއްޒު ބޭފުޅުން އައްޔަން ކުރައްވާ ގޮތައް ނިންމެވީ ދެން ކޮން މަގްސަދެއްގައިތޯއެވެ؟ ޝައްކެއްވެސް ނެތް ގޮތުގައި އެއީ އެތަންތަނަށް ނުފޫޒު ފޯރުވުން ނޫން ދެވަނަ އެހެން މަގްސަދެއްގައި ކުރެއްވި ކަމެއް ނޫނެވެ. އެންޓި ކަރަޕްޝަން ކޮމިޝަނުގައި ޚުދު މުއިއްޒުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް އެބަހުއްޓެވެ. މުއިއްޒު އައްޔަން ކުރައްވާ ރައީސް އަކު އެ ކޮމިޝަން ގައި ހުންނަވައިގެން އެކަންކަން އިންސާފުވެރި ކަމާއެކު ބަލާނެ ގޮތަކީ ކޮބައިތޯއެވެ.

ރާއްޖޭގެ މުހިންމު މިނިވަން ދެ މުއައްސަސާ އަކަށް ކުއްލިއަކަށް މި ގެނައި ބަދަލަކީ ދުނިޔެ ގަބޫލު ކުރާ ހަމައިން ބޭރުން ގެނައި ނުރަނގަޅު ބަދަލުތަކެކެވެ.

މި ބަދަލު މި ގެނައީ، މިފަދަ މުއައްސަސާތަކާ ގުޅޭ ބައިނަލްއަޤްވާމީ މިންގަނޑުތައް ދުނިޔެ ބަލައިގަނެފައިވަނިކޮށް އެއިން ކަމަކަށް ފަރުވާލެއް ދިނުމެއް ނެތިއެވެ. މީގެ ތެރެއިން ބައެއް މިންގަނޑުތަކަކީ އދ، ކޮމަންވެލްތް ފަދަ ބައިނަލްއަޤްވާމީ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ފައި ހަމަ ކުރެވޭތޯ ކުރިއަރަމުން އަންނަ ގައުމުތަކުން މަސައްކަތް ކުރަމުން ދަނިކޮށްނެވެ.

މިފަދަ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އުސޫލުތައް އުފެދިފައިވަނީ އެތައް ޒަމާނެއްގެ ރަނގަޅު އަމަލީ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށެވެ. މި މިންގަނޑުތަކަކީ ޤާނޫނީގޮތުން ލާޒިމުކުރާ ކަންކަން ކަމުގައި ނުވިނަމަވެސް، މި މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުމުން މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް ހަރުދަނާވުމަށް އެހީތެރިވެދެއެވެ. އަދި މީގެ ނަތީޖާ އެއްގެ ގޮތުން ބައިނަލްއަގްވާމީ ނަޒަރުން ޤައުމުގެ ނަމާއި ގަދަރު މަތިވެގެން ދެއެވެ.               

ދުނިޔެ ގަބޫލު ކުރާ ގޮތުގައި ސަރުކާރުގެ ބާރު މިނިވަން މުއައްސަސާތަކުގެ މައްޗަށް އިތުރުވުމީ ޑިމޮކްރަސީ ފަހަތައް ސޮއްސާލާ ކަމުގެ ނިޝާނެކެވެ. ސަރުކާރުގެ ނުފޫޒު މިނިވަން މުއައްސަސާތަކުގެ މައްޗަށް ފޯރުވުމަކީ، ހަރުދަނާ ޑިމޮރަސީގެ މައިގަނޑު އެއް ސިފަ ކަމުގައިވާ ޗެކް އެންޑް ބެލެންސް ނިކަމެތިވާ ކަމެކެވެ. އޭގެ ސަބަބުން މުއައްސަސާގެ ނަޒާހާތްތެރިކަން ގެއްލި، ސިޔާސީ ނުފޫޒަށް މުއައްސަސާތައް ދީލާލައި، އެތަންތަނުގެ މައްޗަށް ރައްޔިތުންގެ އިތުރުބާރު ގެއްލިގެން ދެއެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން އިންސާފާ ހަމަހަމަކަން ގެއްލި މުޖްތަމައު ފަސާދަވެގެން ހިނގައިދާނެއެވެ. ރައީސުލް ޖުމްހޫރިއްޔާ ގަޔާ ނުވާހާ ބައެއްގެ މައްސަލަތައް އޭސީސީން ބަލާ ގޮތައް ހެދީމާ ވާނީ ކިހިނެއް ހެއްޔެވެ؟ ރައީސުލްޖުމްހޫރިއްޔާ ރުހޭ ގޮތައް އެކަނި ވިސްނައިގެން ވޯޓާސް ލިސްޓު ހެދުމުން ދެން ވާނީ ކިހިނެއްތޯއެވެ؟ ނުވަތަ މިތަންތަނުން އިންސާފުވެރިކޮށް ކަންކަން ގެންދިޔަ ނަމަވެސް، އެތަނުން ހަމަ އެކަނި ކުރާނީ ސަރުކާރުން ރުހޭ ގޮތައް އެކަނި ކަމަށް މީހުންނަށް ގަބޫލު ކުރެވިފައި އޮންނަ އޮތުން ބަދަލު ކުރާނީ ކިހިނެއްހެއްޔެވެ؟

ތެދެކެވެ. މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލު އެބައޮތެވެ. މުއިއްޒު ބޭނުންވާ ކަމެއް ބޭނުންވާ ޓައިމް ފްރޭމެއްގެ ތެރޭގައި އެތަނުން ގެންދަނީ ކޮށްދެމުންނެވެ.

ރައީސުލް ޖުމްހޫރިއްޔާ މަޖިލީހުގެ ފައިދާ ނަންގަވާ މިނިވަން މުއައްސަސާތަކަކަށް ގެނައި ކަމަށް މި ފެނުނު ބަދަލަކީ އެތަންތަން ބަލިކަށި ކުރުމެވެ. އަޅުވެތި ކުރުމެވެ. މިނިވަންކަން ގެއްލުވާލުމެވެ. ސުވާލަކީ މިކަންކަން މިހެން ކުރައްވައިގެން އެމަނިކުފާނުގެ ހިތްޕުޅަށް ފަސޭހަކަ ލިބުނަސް ގައުމަށް މި ދެވެނީ ކިހާ ބޮޑު ގެއްލުމެއް ކަން ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގަންނަވާ ބާވައެވެ؟

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
ގއ ވިލިނގިލި ބަދަލުވެއްޖެ!

ގއ ވިލިނގިލި ބަދަލުވެއްޖެ!

20 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ސީރިޔާ ހަނގުރާމައިގެ މިސްރާބު ބަދަލުވަނީތަ؟

ސީރިޔާ ހަނގުރާމައިގެ މިސްރާބު ބަދަލުވަނީތަ؟

11 އެޕްރީލު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު