Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ފަރެސްމާތޮޑާ އަތުން ކުޑަހުވަދޫ އަށް މުހިންމު މޮޅެއް

27 ނޮވެމްބަރު 2024 | ބުދަ 04:41

މޮޅާއެކު ކުޑަހުވަދޫ އިން އޮތީ ގުރޫޕު އޭގެ ތިން ވަަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗުން ތިން ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ނޮވެމްބަރު 2024 | ބުދަ 04:41
މެޗުގައި ލަނޑު ޖެހުމަށްފަހު ކުޑަހުވަދޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ކުޑަހުވަދޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ގދ.ފަރެސްމާތޮޑާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ދ.ކުޑަހުވަދޫ އިން މުބާރާތުގައި މުހިންމު މޮޅެއް ހޯދައިފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި އަންގާރަ ދުވަހުގެ ހަވީރު މި ދެ ޓީމު ބައްދަލު ކުރިއިރު، ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ އެވެ. އެހެންކަމުން އެ މެޗުން މޮޅުވުން ދެ ޓީމަށް ވެސް އޮތީ މުހިންމުވެފަ އެވެ. އެ މެޗުގައި ކުޑަހުވަދޫ އިން ފަރެސްމާތޮޑާގެ މައްޗަށް ކުރި ހޯދީ 3-0 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ކުޑަހުވަދޫ އިން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް މެޗުގައި ކުޑަހުވަދޫ އިން ތިން ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ވަރަށް ކުރީ ކޮޅު ކުޑަހުވަދޫ އަށް ލީޑު ލިބުނީ ފަރެސްމާތޮޑާ ކުޅުންތެރިޔެއް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އެއީ ކުޑަހުވަދޫގެ މުޙައްމަދު ޒިހާން ޙުސެއިން ފޮނުވާލި ބޯޅަ، ކުޅުންތެރިޔާގެ ގައިގައި ޖެހިފައި ގޯލަށް ވަދެގެންނެވެ. އޭގެ ފަހުން މެޗުގައި ކުޑަހުވަދޫގެ ދެ ވަނަ ލަނޑު ޖެހީ ޒިހާން އެވެ. މެޗުގައި ކުޑަހުވަދޫގެ ތިން ވަނަ ލަނޑު ޖަހަން ޒިހާން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ފަރެސްމާތޮޑާގެ ގޯލު ކީޕަރުގެ އަތުގައި ޖެހިފަ އެވެ.

މި މެޗުގައި ކުޑަހުވަދޫ އިން ކުޅެފައި ވަނީ އެ ޓީމުގެ މުޙައްމަދު ސައިފް އަދި އަޙުމަދު ރިޟްވާން ނުލަ އެވެ. އެއީ ފުރަތަމަ މެޗުގައި ފުވައްމުލައް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ކުޅުންތެރިންނަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.

މޮޅާއެކު ކުޑަހުވަދޫ އިން އޮތީ ގުރޫޕު އޭގެ ތިން ވަަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗުން ތިން ޕޮއިންޓާ އެކު އެވެ. މި ގުރޫޕުގެ އެއް ވަަނައިގައި އޮތީ ދެ މެޗުން ވެސް މޮޅުވެފައިވާ ފުވައްމުލައް ސިޓީ އެވެ. ދެ ވަނައިގައި ދ.މީދޫ އަށް ތިން ޕޮއިންޓު ލިބެނީ އެއް މެޗު ކުޅެގެންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް