Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއިން ތައިލޭންޑަށް ކަނޑައަޅާ ސަފީރު

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރަކަށް ފުއާދު އައްޔަންކުރުމުގެ މައްސަލަ ކޮމިޓީ އަށް ފޮނުވައިފި

ފުއާދު އަކީ އިލެކްޝަންސް ކޮމިޝަނުގައި ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ނޮވެމްބަރު 2024 | ހޯމަ 06:23
އީސީގެ ރައީސް ފުއާދު ތައުފީގު

އީސީގެ ރައީސް ފުއާދު ތައުފީގު

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރަށް ކުރީގެ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އެކަމަށްޓަކާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ ވަނީ އިއްވަވާދެއްވާފައެވެ. އެ ސިޓީގައި ރައީސް ވިދާޅުވެފައިވަނީ ފޮރިން ސާވިސް ގާނޫނުގެ 14 ވަނަ މާއްދާގެ މަތިން ބޭރު ގައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށް ޓަކައި ކިންގްޑަމް އޮފް ތައިލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މައްޗަންގޯޅި، ތަޅާމުދިގޭ، ފުއާދު ތައުފީގް އައްޔަން ކުރާތީ އެބޭފުޅާ ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުގެ މަޝްވަރާ ހޯދައިދެއްވައި މަޖިލީހުގެ ނިންމުން އަންގަވައިދިނުން އެދިވަޑައިގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށް ހޯމަ ދުވަހު ވަނީ ފޮނުވާފައެވެ.

ފުއާދު އަކީ އިލެކްޝަންސް ކޮމިޝަނުގައި ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، 2008 ވަނަ އަހަރުން ފެށިގެން 2009ގެ ސެޕްޓެމްބަރގެ ނިޔަލަށް ފުއާދު ވަނީ އީސީގެ މެންބަރުކަން ކުރައްވާފައެވެ. އޭގެ ފަހުން 2009ން 2014 އާ ހަމައަށް އީސީގަ ޚިދުމަތްކުރެއްވިއެވެ. 2019 ވަނަ އަހަރު އީސީގެ ރައީސްކަމަށް އަނެއްކާ ވެސް ފުއާދު އައްޔަންކުރިއެވެ. އޭނާގެ ދައުރު ހަމަވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ފުއާދު ތައުފީގުމަޖިލިސް20

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

14 އޮކްޓޯބަރު 2025
ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!
14 އޮކްޓޯބަރު 2025

ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

14 އޮކްޓޯބަރު 2025
ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!
14 މެއި 2025

ޖުޑިޝަރީ ކޮމެޓީ ކުރިއަށް ގެނދިއުމުގައި ޕީއެންސީ މެންބަރުންގެ ހުދުމުހުތާރުކަން ބޮޑުކޮށް ފާހަގަކުރެވުނު: ނާޒިލް

14 މެއި 2025
ޖުޑިޝަރީ ކޮމެޓީ ކުރިއަށް ގެނދިއުމުގައި ޕީއެންސީ މެންބަރުންގެ ހުދުމުހުތާރުކަން ބޮޑުކޮށް ފާހަގަކުރެވުނު: ނާޒިލް
02 މެއި 2025

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް

02 މެއި 2025
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް
19 މާރިޗު 2025

ރަމަޟާން މަހުގެ ފަހު 10 އަކަށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި

19 މާރިޗު 2025
ރަމަޟާން މަހުގެ ފަހު 10 އަކަށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު