Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިއޮޓް އިންޓަރނޭޝަނަލް

"ކަނެކްޓް މިއޮޓް" - 25 އަހަރުގެ ތަޖުރިބާ އާއެކު ސިއްހީ މައުލޫމާތު ހިއްސާކުރުމުގެ މުއްސަނދި ސެމިނާއެއް

ބައެއް ސިއްހީ ތަޖުރިބާކާރުންގެ ބަސްވެސް މި ރަސްމިއްޔާތުގެ ތެރެއިން ވަނީ ގެނެސްދީފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2024 | ހުކުރު 13:14
"ކަނެކްޓް މިއޮޓް" ސެމިނާގެ ތެރެއިން

"ކަނެކްޓް މިއޮޓް" ސެމިނާގެ ތެރެއިން

ނަޒާހަތްތެރިކަމާއި އެކު 25 އަހަރު ޚިދުމަތުގައި ދެމި އޮތް މިއޮޓް އިންޓަރނޭޝަނަލްގެ ފަރާތުން ކަނެކްޓް މިއޮޓްގެ ނަމުގައި ޚާއްސަ ސެމިނާއެއް ރާއްޖޭގައި ބާއްވައިފިއެވެ.

އިންޑިއާގެ އެ ހޮސްޕިޓަލްގެ އިސްނެގުމާއި އެކު ކުރިއަށް ދިޔަ އެ ސެމިނާ އަކީ ސިއްހީ ކާމިޔާބު ތަޖުރިބާތައް ދިވެހިރާއްޖޭގެ ޑޮކްޓަރީ އަދި ސިއްހީ އާއިލާ އާ ހިއްސާކޮށް، ދެ ފަރާތުގެ ސިއްހީ ޢިލްމު ބަދަލުކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދިޔަ ސެމިނާއެކެވެ. 25 އަހަރުގެ ތަޖުރިބާ އާއެކު ސިއްހީ މައުލޫމާތު ހިއްސާކުރުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިޔަ، މުއްސަނދި މި ސެމިނާއަކީ އެ ދާއިރާގެ ތަޖުރިބާކާރުންނާއި މުފައްކިރުން ހިމެނޭހެން ކުރިއަށް ގެންދިޔަ ކާމިޔާބު ސެމިނާއެކެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު އެ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިއޮޓްގެ މެނޭޖިން ޑިރެކްޓަރ ޑރ.ޕްރިތްވީ މޮހަންދާސް ވަނީ މިއޮޓްގެ ޚިދުމަތްތައް ފެށިގެން މިހާހިސާބަށް އައި ގޮތަށް އަލިއަޅުވާލައްވާފައެވެ. އޭނާ ވަނީ އެ ހޮސްޕިޓަލްގެ ދިގު ތާރީހީ ތަޖުރިބާ ސެމިނާގެ ބައިވެރިންނާއި ހިއްސާކުރައްވާފައެވެ. އޭގެ އިތުރުން އެއްކޮޅުން ސިއްހީ ދާއިރާއަށް އާއްމުން ކުރަމުންދާ އިތުބާރު ދަށްވަމުން ދާއިރު ޓެކްނޮލޮޖީ ދަނީ އެ ދާއިރާ އިން ވެސް ކުރިއަރަމުންކަން އޭނާ ވަނީ ފާހަަގަކުރައްވާފައެވެ. އެހެންކަމުން އާއްމުން އިތުބާރު ކުރާ ފެންވަރު ރަނގަޅު ޚިދުމަތެއް ދެމެހެއްޓެނެވި ގޮތެއްގައި ދިނުމަކީ ބުރަ ޒިންމާއެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެ ޚިދުމަތްތައް އަދާހަމަކޮށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް މިއޮޓް އިންޓަރނޭޝަނަލް އިން ދަނީ ކެނޑިނޭޅި މަަސައްކަތްކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއޮޓް އިން މަސައްކަތް ކުރަނީ އާއްމުންނަށް އަތްފޯރާ ފަދަ ޚިދުމަތެއް ދިނުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިއޮޓްގެ ފައުންޑަރ މެމްބަރ ޕްރޮފެސަރ މޮހަންދާސްގެ ތަސައްވުރަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅު ތަޖުރިބާ އެ ހޮސްޕިޓަލް މެދުވެރިކޮށް ބަލި މީހުންނަށް ފޯރުކޮށްދިނުން ކަަމަށް ޑރ.ޕްރިތްވީ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ސިއްހީ ދާއިރާގައި ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން ބައެއްކަހަލަ ކަންކަމަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމާއި، މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑު ކަންކަމުގެ ސަބަބުން އާއްމުން ބައެއް އޮޕަރޭޝަންތައް ކުރުމަށް ޖެހިލުންވާކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ސިއްހީ ދާއިރާގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެ ހޮސްޕިޓަލުން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށް އެނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޚިދުމަތް ދިނުމުގައި ފެންވަރު ރަނގަޅު އިންސާނީ ވަސީލަތްތައް ޤާއިމްކުރުމުގެ އިތުރުން ޒަމާނީ ސިއްހީ ވަސީލަތްތަކަށް އިންވެސްޓްކުރުމަށް އެ ހޮސްޕިޓަލުން އިސްކަންދެއްވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތުގައި މިއޮޓްގެ ޤާބިލް ޑޮކްޓަރ، ޑިރެކްޓަރ ކާރްތިކް ވަނީ އިންޓަރވެންޝަނަލް ރޭޑިއޮލޮޖީ އާއި މެދު ވާހަކަދައްކަވާފައެވެ. އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ސަބަބުން އަވަހަށް ރިކަވަރވުމަށް މަގުފަހިވާ ކަމަށް އޭނާ ވިދާޅުވިއެވެ، ޖެނިކިއުލަރ އާޓްރީ އެމްބޮލައިޒޭޝަން އަކީ މި ޒަމާނަށް ފެތޭ ކާމިޔާބު ނިޒާމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ކުޑަ ޑިވައިސް އެއް ހަށިގަނޑަށް ލައްވައިގެން ބަލި މީހާގެ ހުރި ބަލި ދެނެެގަނެވޭ ނުވަތަ ބައްޔަށް ފަރުވާދެވޭ ނިޒާމެކެވެ. ޑރ.ކާރްތިކް ވަނީ އެ ނިޒާމް ބޭނުންކުރުމުގެ ފައިދާތަކާއި ކާމިޔާބު ކޭސް ސްޓަޑީތަކަށް އަލިއަޅުވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި މިއޮޓްތެ ތާރީހާއި ބެހޭ ބައެއް ވީޑިއޯކްލިޕްތައް ވަނީ ދައްކާލާފައެވެ. އަދި ބައެއް ސިއްހީ ތަޖުރިބާކާރުންގެ ބަސްވެސް މި ރަސްމިއްޔާތުގެ ތެރެއިން ވަނީ ގެނެސްދީފައެވެ.

އިންޑިއާގެ ޗެންނާއިގައި 1999 ވަނަ އަހަރު ހަމައެކަނި ޓްރޯމާ ކެއަރ އަދި ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި އެކު ފެށި މި ހޮސްޕިޓަލް އަކީ މިހާރު 1000 އެނދުގެ ފުޅާ ޚިދުމަތްތަކެއް ދެމުން އަންނަ ހޮސްޕިޓަލެކެވެ. 60 އަށް ވުރެ ގިނަ ސްޕެޝަލިޓީ އިން މި ހޮސްޕިޓަލުގައި ޚިދުމަތްދެ އިރު މިއޮޓްގެ ޚިދުމަތްތައް 130 ޤައުމަށް ވަނީ ފުޅާކޮށްފައެވެ. ފާއިތުވި އަހަރުތަކުގައި އެ ހޮސްޕިޓަލުން ފޯރުކޮށްދިން ޚިދުމަތްތަކާއި އެކު މިއޮޓްވެފައި ވަނީ މުޅި ދުނިޔޭގައި ވެސް އެންމެ ފާހަގަކޮށްލެވޭ، އިތުބާރު ހުރި ހޮސްޕިޓަލްތަކުގެ ތެރެއިން އެއް ހޮސްޕިޓަލަށެވެ. މިތަނުގެ އެންމެ ޚާއްސަ އެއް ސިފައަކީ ހިތްގައިމު އިންޓީރިއާ އާއި ހިތްފަސޭހަ ތަޖުރިބާއެވެ. ކޮންމެ ބަލި މީހަކަށް ވެސް މިއޮޓް އިން ޚިދުމަތްދެމުން ދަނީ އެ ކޭސްއަކަށް ޚާއްސަ ސަމާލުކަމެއް ދީގެންނެވެ. ހަމައެންމެ އަގުގެ ގޮތުން ބަލާ އިރު އެހެން ތަންތަނަށް ވުރެ ހެޔޮ އެހެންނަމަވެސް ފެންވަރު ރަނގަޅު ބަރޯސާ ވެވޭ ފަދަ ޚިދުމަތެއް މިއޮޓް އިންޓަރނޭޝަނަލް ހޮސްޕިޓަލްގެ ފަރާތުން ދަނީ ފޯރުކޮށްދެމުންނެވެ. ހަމައެހެންމެ ސިއްހީ ދާއިރާ އިން މީހުން ތަމްރީންކުރުމުގައި ވެސް މިއޮޓް އިންޓަރނޭޝަނަލް އަކީ މުހިންމު ހިއްސާދާރެކެވެ.

މިއޮޓް އިންޓަރނޭޝަނަލް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
މާމިގިލީގައި 23 އަހަރުގެ ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ!

މާމިގިލީގައި 23 އަހަރުގެ ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ!

04 އެޕްރީލު 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު