Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީގެ މަރު

މޭރީގެ މަރުގެ ތުހުމަތުކުރެވޭ ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުން ބަލައެއް ނުގަތް

21 ނޮވެމްބަރު 2024 | ބުރާސްފަތި 13:30

މީގެ ކުރިން މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތުހުމަތު ކުރެވި، އޭނާ ހައްޔަރުކޮށް ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 ނޮވެމްބަރު 2024 | ބުރާސްފަތި 13:30
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އަދި މާވިންގެ ލޯބިވެރިޔާ ލަމްހާ

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އަދި މާވިންގެ ލޯބިވެރިޔާ ލަމްހާ

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ މި ހިނގާ ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހުއެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން ހައިކޯޓުން ވަނީ އެ މައްސަލަ ބަލައި ނުގަތުމަށް ނިންމާފައެވެ.

Advertisement - newsAdvertisement

މީގެ ކުރިން މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތުހުމަތު ކުރެވި، އޭނާ ހައްޔަރުކޮށް ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. މި މައްސަލައިގައި ލަމްހާގެ މައްޗަށް ދައުވާ އުފުލީ 2021، އޮކްޓޯބަރު މަހުގެ ތެރޭގައި ޝަރީއަތް ފެށުމަށް ފަހު ލަމްހާގެ އެންމެ ބޮޑު ޝަކުވާއަކީ އަޑުއެހުންތައް ރަނގަޅު ސްޕީޑެއްގައި ކުރިޔަށް ނުދިއުމެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާކުރަނީ ހަލީމަތު ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ އަދި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މާވިންގެ މައްޗަށެވެ. މޭރީގެ މަރުގެ މައްސަލާގައި އުމުރުން 30 އަހަރުގެ މާވިން ހައްޔަރުކުރީ އޮކްޓޫބަރު 27، 2021 ގައެވެ. ލަމްހާ ހައްޔަރުކުރީ ނޮވެމްބަރު 16، 2021 ގައެވެ.

މީގެ ކުރިންވެސް ކްރިމިނަލް ކޯޓުގައި އެދިގެން ލަމްހާ ޝަރުތުތަކާއެކު ދޫކޮށްލިއެވެ. މިދިޔަ ނޮވެމްބަރު މަހު އޭނާ ދޫކޮށްލަން ކޯޓުން އަމުރުކުރި ނަމަވެސް ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، 20 ޑިސެމްބަރު 2023 ގައި ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް އޭނާގެ ބަންދު ދަމަހައްޓާފައެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ލަމްހާގެ ބަންދު މުރާޖައާ ކޮށްދިނުމަށް މިދިޔަ އޮކްޓޫބަރު މަހު ކްރިމިނަލް ކޯޓަށް އަނެއްކާވެސް ހުށަހެޅިއެވެ. އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑު އެހުމުގައި އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައިވާއިރު، ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ވަކި ވަގުތުތަކެއްގައި ބޭރަށް ނުދިއުމާއި، ކޯޓުން އަންގާ ގަޑިތަކަށް، ކޯޓަށް ހާޒިރުވުމާއި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމާއި މާލެއިން ބޭރަށް ފުރައިގެން ނުދިއުމުގެ އިތުރުން މައްސަލައިގައި ހެކި ބަސް ދީފައިވާ އެއްވެސް މީހަކާއި ބައްދަލު ނުކުރުމަށެވެ. މީގެ އިތުރުން މޭރީ ގްރޭސްގެ އާއިލާގެ އެއްވެސް މީހަކާ ވެސް ބައްދަލު ނުކުރުމަށް ޝަރުތުކޮށްފައިވެއެވެ.

އެންމެފަހުން މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ލަމްހާގެ ފަރާތުން ވަނީ ލަމްހާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އަދި ބަންދު ދިގުލައިގެން ދިޔުމުގެ ސަބަބުން އޭނާގެ ހައްގުތައް ގެއްލެމުންދާ ކަމަށް ބުނެފައެވެ. ލަމްހާ ދޫކޮށްލާފައި ހުއްޓާ ހައިކޯޓުން އޭނާ ބަންދުކުރަން އަމުރުކުރީ އޭރު ދަށު ކޯޓުގައި މައްސަލައާއި ގުޅޭ ހެކިބަސް ނަގަމުންދާތީ ޝަރީއަތް ދެން ލަސްވެގެން ނުދާނެ ކަމަށް ބެލުމަށްފަހުއެވެ.

ނަމަވެސް މި މަހުގެ 6 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ލަމްހާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ދެކޮޅު ހެދިއެވެ. އަދި އިތުރު ހެކިންގެ ހެކިބަސް ނެގުން ކުރިއަށް އެބައޮތް ކަމަށާއި، ލަމްހާގެ ބަންދުކޮށްފައި ހުރީ މުޖުތަމައުއަށް ނުރައްކާވާ ފަދަ ޖިނާއީ ބޮޑު ކުށެއް ޖަމާއަތް ހަދައިގެން ކުރުމުގެ ތުހުމަތުގައި ކަމަށެވެ. އެހެންކަމުން އެ ހާލަތް އަދިވެސް އޮތުމުން ލަމްހާ ދޫކޮށްލަން އެއްބަސް ނުވެވޭނެކަމަށް ދައުލަތުން ވަނީ ބުނެފައެެވެ.

ލަމްހާގެ މައްޗަށް، އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އޭނާގެ މައްޗަށް ވަނީ, އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާވެސް އުފުލާފައެވެ. އަދި މި މައްސަލައިގައި ހިމެނޭ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ.

އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދަައުވާވެސް ލަމްހާގެ މައްޗަށް އުފުލާފައިވާއިރު، ލަމްހާ ދިރިއުޅޭ ގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، ލަމްހާ ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލްތަކާއި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވެއެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލަހައި ކޯޓު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
28 އޮކްޓޯބަރު 2025

ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!

28 އޮކްޓޯބަރު 2025
ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!
22 އޮކްޓޯބަރު 2025

އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި، ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާތައް ހިމެނޭހެން އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝެއިޚް ނަސްރުﷲ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

22 އޮކްޓޯބަރު 2025
އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި، ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާތައް ހިމެނޭހެން އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝެއިޚް ނަސްރުﷲ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް