Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ މެދުތެރެއަށް އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށްލައިފި

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް މަދުވެގެން 43,799 ފަލަސްތީނު މީހުން މަރުވެފައިވާކަން ރެކޯޑުތަކުން ދައްކައެވެ. އަދި 103,601 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2024 | އާދީއްތަ 10:32
އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވި މީހެއްގެ ކައިރީގައި އާއިލާ މީހަކު ހިތާމަ ކުރަނީ

އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވި މީހެއްގެ ކައިރީގައި އާއިލާ މީހަކު ހިތާމަ ކުރަނީ

އާދިއްތަ ދުވަހުގެ ފަތިހު ޣައްޒާގެ މެދުތެރޭގައި ހުރި އަލް-ބުރެއިޖް އަދި އަލް-ނުސީރާތް ރެފިއުޖީ ކޭމްޕްތަކުގައި ހުރި ދެ ގެއަކަށް އިޒްރޭލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ހަމަލާދީފިއެވެ. މި ހަމަލާގައި މަދުވެގެން 7 ފަލަސްތީނު މީހުން ޝަހީދުވެ، އަދި އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ. ބައެއް މީހުން ފުނޑުވެފައިވާ އިމާރާތްތަކުގެ  ދަށުވެފައިވުމާއެކު، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަފާ ނިއުސް އިން ވަނީ ބުނެފައެވެ.

ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި، ފުރަތަމަ ހަމަލާ އަމާޒުކޮށްފައިވަނީ އަލް-ބުރެއިޖް ކޭމްޕްގައި ހުރި އާންމު ރައްޔިތެއްގެ ގެއަކަށެވެ. މި ހަމަލާގައި 3 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ. މި ހަމަލާއާ ގުޅިގެން އިމާރާތުގެ ދަށުވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށް ބެލެވޭއިރު، ދަތި ހާލުގައި މީހުން ސަލާމަތްކުރާ ޓީމުތަކުން ދަނީ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ވަކި އެހެން ހަމަލާއެއްގައި، އިޒްރޭލުގެ ބޮން އަޅާ ބޯޓުތަކުން އަމާޒުކޮށްފައިވަނީ ނުސީރާތް ރެފިއުޖީ ކޭމްޕްގައި ހުރި އާންމު މީހެއްގެ ގެއަކަށެވެ. މި ހަމަލާގައި މަދުވެގެން 4 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ.

ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ޒަޚަމްވާ މީހުންގެ އަދަދު ގިނަވުމާއެކު، އެ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް ބަލިމީހުން ބަލައިގަތުމުގައި ގޮންޖެހުންތަކާ ކުރިމަތިވެފައިވާތީ، މެޑިކަލް ޓީމުތަކަށް ވަނީ ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް މަދުވެގެން 43,799 ފަލަސްތީނު މީހުން މަރުވެފައިވާކަން ރެކޯޑުތަކުން ދައްކައެވެ. އަދި 103,601 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
02 އެޕްރީލު 2017

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު