Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ، ލުބުނާން ހަނގުރާމަ

އިޒްރޭލުން ހަމަލާދީ ލުބުނާނުގައި 6 މީހުން، ފަލަސްޠީނުގައި މަދުވެގެން 24 މީހުން މަރާލާ، 112 މީހުން ޒަޚަމް ކޮށްލައިފި

ޣައްޒާގެ ރައްޔިތުން މަޖުބޫރުން އެމީހުންގެ ވަޒަނުން ނެރެ އިޒްރޭލުގެ ބާރުތަކުން ބޭރުކޮށްފައިވަނީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ގޮތުގައި ބެލެވޭ މިންވަރަށް ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައި.

ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2024 | ހުކުރު 05:30
ބުރާސްފަތި ދުވަހު ދީރުލް ބިލާހް އަށް އިޒްރޭލުން ދިން ހަމަލާއެއްގައި ޒަޚަމްވި ކުއްޖަކު ހޮސްޕިޓަލަށް ގެންނަނީ

ބުރާސްފަތި ދުވަހު ދީރުލް ބިލާހް އަށް އިޒްރޭލުން ދިން ހަމަލާއެއްގައި ޒަޚަމްވި ކުއްޖަކު ހޮސްޕިޓަލަށް ގެންނަނީ

ލުބުނާނުގެ ހަތަރު ޕެރަމެޑިކުންނާއެކު ޖުމްލަ ހަ މީހުން އެ ޤައުމުގެ ދެކުނުގެ ނަބަތިއްޔާ ސަރަޙައްދުގައި ހުރި ސިވިލް ޑިފެންސް މަރުކަޒަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި މަރުވެއްޖެކަމަށް، އަދި ބާލްބެކް ސިޓީ ކައިރީގައި ހުރި އެހެން ސިވިލް ޑިފެންސް މަރުކަޒަކަށް ދިން ދެވަނަ ހަމަލާއެއްގައި 12 ސަލާމަތީ ޚިދުމަތްތެރިން މަރުވެއްޖެކަމަށް ލުބުނާނުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ރިޕޯޓުކޮށްފިއެވެ.

އަނެއްކޮޅުން އިޒްރޭލުގެ ހަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަލަސްޠީނުގައި މަދުވެގެން 24 މީހުން މަރުވެ، 112 މީހުން ޒަޚަމް ވެފައިވާ ކަމަށް ޣައްޒާގެ ސިއްޙަތާ ވުޒާރާއިން ބުނެފިއެވެ.

ފަލަސްޠީނު ދަރިކޮޅުގެ އެމެރިކާގެ ކޮންގްރެސް މެންބަރު ރަޝީދާ ޠަލީބް ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އިސްތިޢުފާ ދިނުމަށް ގޮވާލައްވާފައެވެ. އެއީ ޣައްޒާއަށް އިންސާނީ އެހީ އިތުރުކުރުމަށް އިޒްރޭލުގެ އިދާރާތަކަށް ދީފައިވާ ސުންގަޑި ހަމަވެ، އެކަން ނުކުރުމުން އިޒްރޭލަށް އެއްވެސް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި، އިޒްރޭލަށް ދޭ އެހީ ކުރިއަށް ގެންދާނެ ކަމަށް އެމެރިކާ އިން ބުނުމާ ގުޅިގެންނެވެ.

ޣައްޒާގެ ރައްޔިތުން މަޖުބޫރުން އެމީހުންގެ ވަޒަނުން ނެރެ އިޒްރޭލުގެ ބާރުތަކުން ބޭރުކޮށްފައިވަނީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ގޮތުގައި ބެލެވޭ މިންވަރަށް ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.

"ހިއުމަން ރައިޓްސް ވޮޗްއިން ދެނެގަތް ގޮތުގައި މަޖުބޫރުން މީހުން ނެރެ ބޭރުކުރުން ވަނީ ފުޅާ ދާއިރާއެއްގައި ހިންގާފައެވެ. އަދި ހެކިތަކުން ދައްކާ ގޮތުގައި މިކަން ވަނީ ނިޒާމީ ގޮތެއްގައި އަދި ދައުލަތުގެ ސިޔާސަތެއްގެ ބައެއްގެ ގޮތުގައި ހިންގާފައެވެ. މިފަދަ ޢަމަލުތައް އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ގޮތުގައިވެސް ބެލެވެއެވެ،" އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި 7 އޮކްޓޯބަރު 2023 އިން ފެށިގެން މަދުވެގެން 43,736 ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އޭގެ އިތުރުން، 103,370 މީހުން ވަނީ ޒަޚަމްވެފައެވެ.

ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ލުބުނާނަށް އިޒްރޭލުން ދިން ހަމަލާތަކުގައި މިހާތަނަށް، 3،386 މީހުން މަރުވެ، 14،417 މީހުން ޒަޚަމްވެފައިވެއެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

23 މާރިޗު 2017
 އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް
21 މާރިޗު 2017

ބަޣްދާދުގައި ކާރު ބޮމެއް ގޮއްވާލައި މަދުވެގެން 20 މީހުން މަރުވެއްޖެ

21 މާރިޗު 2017
ބަޣްދާދުގައި ކާރު ބޮމެއް ގޮއްވާލައި މަދުވެގެން 20 މީހުން މަރުވެއްޖެ
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
10 މާރިޗު 2017

ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި

10 މާރިޗު 2017
ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު