Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19

"ފައިސާ ގޯނި އުފުއްލެވި" މެމްބަރަށް. ނަމާދަށް އެރުން މަނާކުރީ ކޮން އިރަކުތޯއެވެ؟

އެހެން ވިދާޅުވީ މީޑިއާއަކުން ދައްކަމުންދިޔަ ޕޮގްރާމެއްގައި

އަހުމަދު ސިރާޖް
އަހުމަދު ސިރާޖް, ރާއްޖެ އެމްވީ | 4 އެޕްރީލު 2020 | ހޮނިހިރު 08:42
ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް

ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް

މިހާރު މަނީ ލޯންޑަރިންގެ ދަޢުވާ އެއް ސާބިތުވެ 5 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ދައުރުގައި ދައުލަތުން ވައްކަން ކުރުން އޮތީ ރީލޯޑްއެއް ކޮށްލުންހާ އަދާއިގެ ކަމަކަށް ހައްދަވާފައެވެ. ދައުލަތުގެ އިސްވެރިން ދިޔައީ އެއްބާރު އަނެއްބާރުގެ ތެރެއައް އަތްބާނާ ފުއްގަނޑެއް މޮޑޭހެން މޮޑެމުންނެވެ.

ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ތިބީ މަޖިލިސް ތަޅުއަޅުވާ ނުހައްގުން ރައްޔިތުންގެ ފައިސާއިން މުއްސަނދިކަން ހޯދުމަށް ފޫގަޅައިގެންނެވެ. ޢަބްދުﷲ ޔާމީން ގެ ބާރާއި ނުފޫޒް ތާއަބަދަށް ދެމިގެންދާނެ ކަމަށް ދެކިގެންނެވެ. އިންސާފް އަރާ ހަމަކޮށްފާނެ ކަމުގެ ބިރެއްނެތި، ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ދިޔައީ ބޮޑެތި ކުށްތަކަށް އަރައިގަނެ އެކުށްތައް ކުރީ ތިމަންނާމެން ކަމަށް ވިދާޅުވެ ރައްޔިތުން ކުރިމަތީ އިއުތިރާފް ވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް "ފައިސާ ގޯނި ހިފައިގެން" މެމްބަރުން ކައިރިއަށް ފައިސާ ބަހަން ވަޑައިގެންކަމަށް ފަޚުރުވެރި ކަމާއެކު ވިދާޅުވި އަޑު އެހީމެވެ. އަބަދުވެސް ބުނާތީ އަހަނީ އަޑުގަދަ މީހާގެ ރުއްގިނަވާނެ ކަމަށެވެ. ނަމަވެސް އަޑުގަދަ މީހާ ދެކެ ރުޅިއަންނަ މީހުން ގިނަވާނެކަން ހަނދުމަފުޅު ނެތުނީތޯއެވެ.

ގުދަން ބެލެހެއްޓުމުގައި އުޅުއްވަނިކޮށް ރައްޔިތުން ތިބޭފުޅާ މަޖިލީހަށް ހޮވީ ރައްޔިތުންގެ ހެވާ ލާބަޔަށް ކަންކުރާނެ ކަމުގެ އުންމީދުގައެވެ. "ފައިސާ ގޯނި ހިފައިގެން" މެމްބަރުން ކައިރިއަށް ފައިސާ ބަހަން ދާކަށްނޫނެވެ. އެދުވަހު ރައްޔިތުން އަތުގައިވެސް ބާރުއޮތްކަން ހަނދުމަފުޅު ނެތުމުން މިއަދު ރައްޔިތުން މިވަނީ ބޮޑުތަނުން ނޫނެކޭ ބުނެފަ ނޫންތޯއެވެ؟ އެވަރުންވެސް އަދިވެސް ރައްޔިތުން ގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުން ހުއްޓާކަށް ނުވޭތޯއެވެ؟ ދާދިފަހުން މީޑިއާއަކުން ދައްކަމުންދިޔަ ޕޮގްރާމެއްގައިވެސް މަނިކުފާނު މިވަނީ ވަރަށް ބޮޑު އިތުރުފުޅެއް ހައްދަވާފައެވެ.

މަނިކުފާނެވެ. އިސްލާމިކް މިނިސްޓްރީން ނަމާދުކުރުން މަނާކުރީ ކޮންއިރަކުތޯއެވެ؟ ސިޔާސީ ކަންކަމުގައި ދީން އަށްޑަނައަކަށް ނުހަށްދަވާށެވެ. މަނިކުފާނަށް ނޭނގިދާނެ ކަމަށް ބުނެލަދޭނަމެވެ.

އިސްލާމިކް މިނިސްޓްރީން މަނާކުރީ މިސްކިތަށް ނަމާދަށް ދިއުމެވެ. އެއީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބިރުވެރިކަން ބޮޑުކަމުން ޖަމާއަތުގައި ނަމާދު ކުރުން މިވަގުތަށް ބުއްދިވެރި ކަމަކަށް ނުފެންނާތީއެވެ. އެއްފަހަރުވެސް ނަމާދު ނުކުރަން މިނިސްޓްރީން އަންގާފައެއް ނުވެއެވެ. މަނިކުފާނު ތިޔަ އަޑުއައްސަވަނީ ޔަހޫދީން އަޑުއަހާހެންނެވެ. ޔަހޫދީންނަށްވެސް އަޑު އިވުނީ ނަމާދާ ގާތްނުވަން އެންގެވި ބަސްފުޅު އެކަންޏެވެ. ފަހަތުން އެންގެވި "މަސްތުވެގެން ވާ ހާލުގައި" މި ބަސްފުޅު އަޑެއްނީވުނެވެ.

އިސްމާއިލް. ދަންނަވަންތޯއެވެ. އަޑު ކިތަންމެ ގަދަޔަސް އިންސާފު އަރާހަމަކުރާނެއެވެ. ކުރިން ހިންގާފައި ހުރި ޖަރީމާތައް މަތިން އަދި ރައްޔިތުން ހަނދާނެއް ނުނެތެއެވެ. ދެންވެސް ރައްޔިތުން ގާތު މާފަށް އެދިލައްވާށެވެ. މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ މެދުގައި ސާބިތު ނުހިފޭ ދޮގު ވާހަކަތައް ދެއްކެވުން ހުއްޓާލައްވާށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

14 ސެޕްޓެމްބަރު 2017
ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

16 އޯގަސްޓު 2017
ގ. ދޫވެއްސަށް ވެއްދި ހަލާލު ނޫން ފައިސާ!

ގ. ދޫވެއްސަށް ވެއްދި ހަލާލު ނޫން ފައިސާ!

16 އޯގަސްޓު 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!

އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!

15 ޖުލައި 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު