Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޤައުމީ ފުޓުބޯޅަ ޓީމު

އަހަރެއް ފަހުން ކުޅުނު މެޗުގައި ރާއްޖެ އިން ބަންގްލަދޭޝް ބަލިކޮށްފި

މިއީ ބަންގްލަދޭޝްގައި އެ ޤައުމާ ދެކޮޅަށް ކުޅެގެން ރާއްޖެ މޮޅުވީ ފުރަތަމަ ފަހަރެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2024 | ބުރާސްފަތި 05:12
ބަންގްލަދޭޝް އާއި ދިވެހި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން

ބަންގްލަދޭޝް އާއި ދިވެހި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު މޮޅުވެއްޖެ އެވެ.

ބަންގްލަދޭޝްގެ ބަޝުންދަރާ އެރީނާގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗު ރާއްޖެ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. އެއީ މެޗުގެ ފުރަތަަމަ ހާފުގައި ރާއްޖެ އިން ޖެހި ލަނޑުންނެވެ. މެޗު ފަށައިގެން 18 ވަނަ މިނެޓުގައި ރާއްޖެ އިން ވަނީ ބަންގްލަދޭޝް ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ރާއްޖެ އަށް ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ އެ ލަނޑު ޖެހީ ހަމްޒާ މުޙައްމަދު (ހަމްޕު) ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިބުނު ބޯޅަ ބޮލުން ގޯލަށް ވައްދާލައިގެންނެވެ. އޭގެ ފަހުން ވެސް މެޗުގައި ރާއްޖެ އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

މިއީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޤައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގެ ކުރިން، އެންމެ ފަހުން ޤައުމީ ޓީމުން މެޗެއް ކުޅުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަަހުގެ 17 ވަނަ ދުވަހު ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ވަނީ ބަލިވެފަ އެވެ. އަނެއްކޮޅުން މިއީ ބަންގްލަދޭޝްގައި އެ ޤައުމާ ދެކޮޅަށް ކުޅެގެން ރާއްޖެ މޮޅުވީ ފުރަތަމަ ފަހަރެވެ. ބައިނަލްއަޤުވާމީ މި ބްރޭކުގައި ރާއްޖެ އިން ދެ މެޗު ވެސް ކުޅެނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ދެން ނިކުންނާނީ ހޮނިހިރު ދުވަހު އެވެ.

ބަންގްލަދޭޝް އަތުން ހޯދި މި ތާރީޚީ މޮޅު ރާއްޖެ އިން ޚާއްސަކޮށްފައި ވަނީ ޤައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) އަށެވެ. އުމުރުން 38 އަހަރުގައި ބަކާ ނިޔާވެފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ. ބަންގްލަދޭޝް މެޗަށްފަހު ޤައުމީ ޓީމުގެ ކުޅުންތެރިން ވަނީ އެ މޮޅު ބަކާ އަށް ޚާއްސަ ކުރަން ބޭނުންވާކަން ހާމަކޮށްފައިވާ ޕޯސްޓަރެއް ހިފައިގެން ތިބެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު