Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާސަންދަ ނުލިބޭ މައްސަލަ

އާސަންދަ ނުލިބޭ މައްސަލައިގެ ކަންބޮޑުވުމާއެކު ހުށަހެޅި ކުއްލި މައްސަލައަކީ ކުއްލި މައްސަލައެއް ނޫންކަމަށް އަބްދުއްރަހީމް ނިންމަވައިފި

މިއީ މިފަދައިން ވޯޓަށް ނާހާ ބޭރުކޮށްލި ދެވަނަ ކުއްލި މައްސަލަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2024 | ބުދަ 09:52
މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާސަންދައާއި ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި

މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާސަންދައާއި ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި

އާސަންދަ ނުލިބޭ މައްސަލައިގެ ކަންބޮޑުވުމާއެކު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި ކުއްލި މައްސަލައަކީ ކުއްލި މައްސަލައެއް ނޫންކަމަށް ނިންމާ, މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ނުދެއްވާ މައްސަލަ ބޭރުކޮށްލައިފިއެވެ.

މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 23 ވަނަ މާއްދާގައި، ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ އަސާސީ ހައްގެއް ކަމަށް ކަނޑައަޅައި، ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކަށް އެ ހައްގު ރައްޔިތުންނަށް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ދައުލަތުން މަސައްކަތް ކުރަންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ގާނޫނު އަސާސީގެ 18 ވަނަ މާއްދާގައި ގާނޫނު އަސާސީއާ އެއްގޮތަށް އަމަލުކުރުމާއި، ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އިޖްތިމާއީ ސިއްހީ އިންޝިއުރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަކީ، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލުއިފަސޭހަގޮތެއްގައި ލިއްބައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ސިއްހީ ފަރުވާގެ އިންޝިއުރަންސްއާ ބެހޭ ނިޒާމެއް އެކަށައަޅައި، އެ ނިޒާމު ހަރުދަނާ ގޮތެއްގައި ހިނގާނެ ބެލެހެއްޓުމުގެ އުސޫލުތައް ބަޔާންކުރާ ގާނޫނުކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް އަސާސީ ސިއްހީ ހިދުމަތް ލުއިފަސޭހަގޮތެއްގައި ލިއްބައިދިނުމަށް، "އާސަންދަ"ގެ ނަމުގައި 2011 ވަނަ އަހަރު ފެށި ގައުމީ ސިއްހީ ފަރުވާގެ އިންޝިއުރަންސް ނިޒާމު ދިވެހި ދައުލަތުން ފައިސާ ހަރަދުކޮށްގެން ހިންގަމުންދާ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް އައި އިރު، ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ހިދުމަތް ހޯދުމަށް ދާ ދިވެހި ރައްޔިތުން، ޑޮކްޓަރަށް ދެއްކުމަށާއި، ޓެސްޓްތައް ހެދުމަށް ލިބެމުން އައި އާސަންދަ ނުލިބި، މި ކަންކަމަށް އަމިއްލަ އަތުން ހަރަދުކުރަންޖެހުމުގެ ކަންބޮޑުވުމާއި ޝަކުވާ ރައްޔިތުން ކުރަމުންދާ ކަމަށެވެ.

އަދި މި މައްސަލައަކީ ތަކެތީގެ އަގުބޮޑުވުމާއެކު ދިރިއުޅުމުގެ ހަރަދުތައް އުފުލެމުންދާ އަދި ރައްޔިތުންގެ އަތްމަތި ދަތިވެފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ބަރުދާސްތުނުކުރެވޭނެ ވަރުގެ އިތުރު ތަކުލީފެއް މުޅި އާބާދީއަށް ކުރިމަތިވެދާނެ ފަދަ ކަމެއް ކަމަށެވެ.

އަދި އިޖްތިމާއީ ސިއްހީ އިންޝިއުރަންސްގެ ގައުމީ ނިޒާމުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ރ) ގައި ގައުމީ ސިއްހީ ފަރުވާގެ އިންޝިއުރަންސް ސްކީމް ހިންގުމަށް މާލީގޮތުން ދަތިވެއްޖެ ހާލަތްތަކުގައި އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް މާލީ ވުޒާރާގައި އެދުމުން އެ ވުޒާރާއިން އެކަން ހައްލުކޮށްދޭންވާނެކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ސ) ގެ (3) ވަނަ ނަންބަރުގައި، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުމާއި، އަދި މިކަންކަން ކުރުމަށްޓަކައި ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ކަމަށެވެ.

ނަމަވެސް ކުއްލި މައްސަލަ ބަލައިގަންނަން ދެކޮޅު ހައްދަވާ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މައްސަލަ ބޭރުކޮށްލަން ނިންމަވާފައެވެ.

މިއީ މިފަދައިން ވޯޓަށް ނާހާ ބޭރުކޮށްލި ދެވަނަ ކުއްލި މައްސަލައެވެ. މީގެ ކުރިން އިސްރާއީލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ މެންބަރު މުހައްމަދު އިބްރާހިމް ކުރިން ހުށަހެޅުއްވި މައްސަލަވެސް ވަނީ ބޭރުކޮށްލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު