Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސީ ޚިދުމަތް

މިނިސްޓަރ އަމީން އިތުރުފުޅު ހައްދަވައިފި، ކަންތައް ކުރެއްވީ ދިމާ އިދިކޮޅަށް: ޑީއޭއެމް

ޓެކްސީ ކުރަން އުޅެއޭ ބުނީމާ އެއްވެސް ވަރަކަށް ހާސްވާކަށް ނުޖެހޭ ކަމަށާއި، ޖެހުނީ މިސްއިންފޮމޭޝަންގެ މައްސަލައެއް ކަމަށް މިނިސްޓަރ ކުރިން ވިދާޅުވި

ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2024 | ބުދަ 05:18
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ސަރުކާރުން ޓެކްސީ ޚިދުމަތް ދިނުމާ ބެހޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން އިތުރުފުޅު ހައްދަަވައިފި ކަމަށާއި، ކަންކުރެއްވީ މުޅިން އިދިކޮޅަށް ކަމަށް ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑީއޭއެމް) އިން ބުނެފިއެވެ.

ޑީއޭއެމްގެ ހިންގާ ކޮމިޓީގެ އިސް އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ސަރުކާރުން މާލޭގައި ޓެކްސީ ޚިދުމަތްދޭ ވާހަކަ އާ ގުޅިގެން މި އަހަރުގެ އޮގަސްޓު މަހުގެ 4 ވަނަ ދުވަހު މިނިސްޓަރ އަމީން އާ އެކު ބައްދަލުވުމެއް ބޭއްވި ކަމަށާއި، އެ ބައްދަލުވުމުގައި މިދާއިރާގެ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް އަދި ކޮންސަލްޓޭޓިވް ޕްރޮސެސް އެއް ގެންގޮސްފައި ނޫނީ ޓެކްސީ ޚިދުމަތް ނުފަށާނެ ކަމަށާއި، ސަރުކާރުން ޓެކްސީ ޚިދުމަތުގެ ތެރެއަށް ނުވަަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށެވެ.

ޑީއޭއެމްގެ އިސް ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އަމީން މިހެން ވިދާޅުވުމަށްފަހު، އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ޓެކްސީ ޚިދުމަތް ފެށުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލު ކުރައްވާނެ ކަމަށާއި، ޓެކްސީ ޚިދުމަތް ފަށަން ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.

ޑީއޭއެމްގެ އޮފިޝަލުންނަށް ކުރިން މިނިސްޓަރ ސާފުކޮށްދެއްވި ގޮތުގައި ޓެކްސީ ކުރަން ސަރުކާރަށް ބޭރު ގައުމެއްގެ އެހީގައި ލިބޭ ކާރުތައް ބޭނުން ކުރުމަށް އޮތް އެއްގޮތަކީ އެކާރުތައް ސްކީމެއްގެ ތެރެއިން ޓެކްސީ ކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރުން ނުވަތަ ކުރީގެ ކާރުތަކަށް އެކާރުތައް ކުޑަ ފީއެއް ދައްކާގޮތަށް ބަދަލުކުރުން ކަމުގައެވެ.

އޭގެ އިތުރުން މިނިސްޓަރ ވިދާޅުވި ކަމަށް ވަނީ ޓެކްސީ ލައިނެއް ހެދުމަށްފަހު އެވްރެޖްކޮށްލީމަ ލިބޭ ވަރު ކަލްކިއުލޭޓް ކުރުމަށްފަހު، މެއިންޓެނެންސްކުރުން، ސާފުކުރުން އަދި ތެޔޮ އަޅަން ނުޖެހޭ ގޮތަށް މިހާރު ޓެކްސީ ދުއްވާ ފަރާތްތަކަށް ކާރު ދޫކުރުން ކަމަށެވެ.  

މިނިސްޓަރ އެ ބައްދަލުވުމުގައި ޓެކްސީ ކުރަނީ އާމްދަނީ ހޯދަން ކަމަށާއި، އެހެން ކަމުން ޓެކްސީ މަސައްކަތުގެ ތެރެއަށް ސަރުކާރަކުން ނުވަންނާނެ ކަމަށާއި، މިކަން ކުރާނެ ގޮތެއް މަޝްވަރާކޮށްފައި ނޫނީ ނުނިންމާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

ޓެކްސީ ލައިން ހެދީމާ ކުރިމަތިވެދާނެ ބިރުވެރިކަމެއް އެބައޮތް ކަމަށް ވިދާޅުވަމުން، މިހާރުވެސް އެބިރުވެރިކަން އެބައޮތް ކަމަށާއި، އެއީ އެހެން ވަޒީފާތަކުގައި ތިބި ހާއްޞަކޮށް ރެގިއުލޭޓްކުރަން ތިބި ފަރާތްތައް މީގެ ތެރެއަށް ވަނީމަ ނުރައްކަލަކަށް ވެދާނެކަން ފާހަގަކުރައްވަމުން ފުލުހުންނާއި ސިފައިން ޓެކްސީ ކުރާތީ މައްސަލަތަކެއް އުޅޭކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

"އެހެންވީމާ އެއްވެސް ވަރަކަށް ހާސްވާކަށް ނުޖެހޭ، މިކަންތައް ކުރާށޭ މިއުޅެނީ ބުނީމާ، ޖެހުނީ މިސްއިންފޮމޭޝަންގެ މައްސަލައެއް، އަދި ޑިސްކަޝަން ޕްރޮސެސްއެއް މިއީ." ޑީއޭއެމްގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް އެ ބައްދަލުވުމުގައި ސާފުކޮށްދެއްވި ގޮތުގައި، އެހީގެ ގޮތުގައި ކާރުތައް ލިބެން އަންނަނީ 2025 ވަނަ އަހަރުގެ ފަހުކޮޅު ކަމަށާއި، ޑީއޭއެމް އާ މަޝްވަރާ ކޮށްފައި ނޫނީ އެއްވެސް ކަމެއް ނުނިންމާނެ ކަމަށެވެ.

ސަރުކާރުން ސެޕްޓެމްބަރު މަހު ފުރަތަމަ ދުވަހު ޓެކްސީ ޚިދުމަތާ ބެހޭ ގޮތުން މަޝްވަރާތައް ފަށަން ހަމަ ޖައްސާފައި އޮތް ކަމަށް ޑީއޭއެމް އަށް މިނިސްޓަރ މައުލޫމާތު ދެއްވި ނަމަވެސް އެ ބައްދަލުވުމުގެ ފަހުން މިކަމާބެހޭ އެއްވެސް ޚަބަރެއް މިނިސްޓްރީން ނުވާ ކަމަށްވެސް މި ނޫހާ ވާހަކަ ދެއްކި އޮފިޝަލް ހާމަކޮށްފައިވެއެވެ.

ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑީއޭއެމް)ޓެކްސީ ޑްރައިވަރުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

21 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު