Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެދޮރުވެރިޔާ ސްކީމް

މިސަރުކާރުން ހެދި ފްލެޓް ލިސްޓުވެސް މި ސަރުކާރަށް ގޯސް އަލުން ލިސްޓު ހަދަނީ

ހައުސިންގ މިނިސްޓްރީން މިހާރު ބުނަނީ، މިމަސައްކަތް "ފުރިހަމަ އަށް ނިންމާލުމަށް" އިތުރު ވަގުތު ބޭނުން ވާތީ ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އިއުލާނު ކުރުން ނޮމެބަރު މަހުގެ ދެވަނަ ހަފުތާގެ ނިޔަލަށް ލަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2024 | ހޯމަ 06:28
ރައްޔިތުންނަށް ކުރީ ސަރުކާރުން ދީފައިވާ މި ސަރުކާރުން ހިފަހައްޓައިގެން އުޅޭތީ އެކަމާ ކަންބޮޑުވެ ބަޔަކު މަޖިލީސް ކައިރީގައި އިހުތިޖާޖު ކުރަނީ

ރައްޔިތުންނަށް ކުރީ ސަރުކާރުން ދީފައިވާ މި ސަރުކާރުން ހިފަހައްޓައިގެން އުޅޭތީ އެކަމާ ކަންބޮޑުވެ ބަޔަކު މަޖިލީސް ކައިރީގައި އިހުތިޖާޖު ކުރަނީ

މި ސަރުކާރުން ހެދި ފުލެޓު ލިސްޓު ވެސް އެންމެ ފަހުން ރަނގަޅު ނޫން ކަމަށް ކަނޑައަޅާ، 'ގެދޮރުވެރިޔާ" ސްކީމަށް ހުށަހެޅި ހުރިހާ ފޯމެއް އަލުން އިވެލުއޭޓު ކޮށް ފްލެޓް ލިސްޓު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސުލް ޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އުފެއްދި 'ހައުސިންގ އެޑްވައިޒަރީ ކޮމިޓީ' އާއި މާލޭ ސިޓީ ކައުންސިލުން އެކުލަވާލި 'ހައުސިންގ ކޮންސަލްޓޭޓިވް ކޮމިޓީ' އިން އެކުލަވާލި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުވެސް ރަނގަޅު ކަމަށް ނުފެންނަ ކަމަށެވެ.

Advertisement - newsAdvertisement

މިކަމަށް އެކުލަވާލި ކޮމިޓީތަކުގެ މަސައްކަތް ގޯސްވުމުގެ ސަބަބުން ލިސްޓު އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ގެންދަނީ ސީދާ ހައުސިންގ މިނިސްޓްރީން ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވައިލެވުނު 'ހައުސިން އެޑްވައިޒަރީ ކޮމިޓީ' އާއި މާލެ ސިޓީ ކައުންސިލުން އެކުލަވައިލި 'ހައުސިން ކޮންސަލްޓެޓިވް ކޮމިޓީ' އިން ވެސް 'ގެދޮރުވެރިޔާ' ސްކީމުގެ ދާއިމީ ލިސްޓު އެކުލަވައިލާފައިވާ ގޮތް ރަނގަޅު ކަމަށް ނުފެންނާތީ، މި ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތައް ރީ-އިވެލުއޭޓް ކުރުމުގެ މަސައްކަތް މި މިނިސްޓަރީން ވަނީ ފަށައިފަ އެވެ." ހައުސިންގ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ހައުސިންގ މިނިސްޓްރީން މިހާރު ބުނަނީ، މިމަސައްކަތް "ފުރިހަމަ އަށް ނިންމާލުމަށް" އިތުރު ވަގުތު ބޭނުން ވާތީ ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އިއުލާނު ކުރުން ނޮމެބަރު މަހުގެ ދެވަނަ ހަފުތާގެ ނިޔަލަށް ލަސްކޮށްފައިވާ ކަމަށެވެ.

"މި އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ވަގުތީ ލިސްޓު އާންމު ކުރުމުގެ މަސައްކަތްތައް މިނިސްޓްރީން ކުރަމުން ގެންދާނެ،" ކަމަށް ހައުސިންގ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓު ނެރުން ސަރުކާރުން ފަސްކުރަން ނިންމިއިރު މިދިޔަ ހޮނިހިރު ދުވަހު މިނިސްޓަރ އަލީ ހައިދަރު ވިދާޅުވެފައި އޮތީ، އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފްލެޓް ލިސްޓު އާންމު ކުރާނެ ކަމަށެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން މީގެ ކުރިން ހައުސިން މިނިސްޓަރ އަލީ ހައިދަރު ވިދާޅުވީ ފޯރމްތައް އިވަލުއޭޓްކޮށް ނިމޭ އިރު ޕޮއިންޓްތަކަށް ބަދަލު އައުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ފްލެޓަށް އެދި ހުށަހެޅި މީހުންގެ ފޯރމްތައް އިވަލުއޭޓްކުރުމުގެ މަރުހަލާގެ ކިހާ އިންސައްތައެއް ނިމިފައިވޭތޯ ސާފުކުރުމަށް ރާއްޖެ އެމްވީން ސުވާލުކުރުމުން އޭރުވެސް ހައިދަރު ވިދާޅުވީ އިވަލުއޭޝަންގެ މަރުހަލާ ކުރިއަށް ގޮސްފައިވާ މިންވަރު އެނގިވަޑައިނުގަންނަވާ ކަމަށެވެ. ހުރިހާ ފޯމެއް އަލުން އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރާ ކަމަށް ހައުސިން މިނިސްޓްރީން ބުނިއިރު މިފަހަރުވެސް މިނިސްޓްރީން އިވަލުއޭޝަން މަރުހަލާ ކުރިއަށް ގެންދާ ގޮތާއި އެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފްސީލެއް ހާމަ ނުކުރާކަން ފާހަގަކުރެވެއެވެ.

މި ސްކީމްގެ ދަށުން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް ކުރީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އޭރު އެމްޑީޕީގެ ސަރުކާރުން ނިންމީ ފްލެޓަށް އެދި ހުށަހެޅި އެންމެންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދިނުމަށެވެ. އޭގެ ތެރެއިން 4000 ފުލެޓުގެ މަސައްކަތް ކޮންޓްރެކްޓްކޮށް އޭރު މަސައްކަތް ވަނީ ފަށާފައެވެ. އަދި މި ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރި 700 ހައުސިން ޔުނިޓުގެ މަސައްކަތްތައް ނިންމައި އިންޑިއާ ސަރުކާރުން ވަނީ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހު އެ ތަންތަން ވަނީ ސަރުކާރާ ހަވާލުކޮށްފައެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓް ލިބޭ ދާއިމީ ލިސްޓު އިއުލާން ކުރީ 15 ނޮވެމްބަރު 2023 ގައެވެ.

ގެދޮރުވެރިޔާ ސްކީމްގެދޮރުވެރިކަމާއި، ބިމާއި، ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު، ޑރ. ޢަލީ ޙައިދަރު އަޙުމަދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!

މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!

14 ނޮވެމްބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕޯލޯއާއި ހަވާލުކުރި ސޯޝަލް ހައުސިންގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން އޮތީ ހުއްޓާލާފައި: އަކްރަމް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕޯލޯއާއި ހަވާލުކުރި ސޯޝަލް ހައުސިންގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން އޮތީ ހުއްޓާލާފައި: އަކްރަމް

16 އޮކްޓޯބަރު 2025
ގޯއްޗާއި، ފްލެޓު ދޫކުރުމުގައި މި ސަރުކާރުން މިހާތަނަށް 16 ފަހަރަށް ސްޓޭންޑް ބަދަލުކޮށްފައިވޭ: ނިޝާން

ގޯއްޗާއި، ފްލެޓު ދޫކުރުމުގައި މި ސަރުކާރުން މިހާތަނަށް 16 ފަހަރަށް ސްޓޭންޑް ބަދަލުކޮށްފައިވޭ: ނިޝާން

16 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު