Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަޕްލިމެންޓަރީ ބެޖެޓް 2024

ސަރުކާރުން ބަޖެޓް ޚަރަދު ކުރި ގޮތް ރައްޔިތުންނަށް ސިއްރު ކުރަން ފާސްކޮށްފި

ބަޖެޓު ޚަރަދު ކުރިގޮތް ހާމަކުރަން ނުފެންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޕީއެންސީ އަށް ނިސްބަތްވާ 14 މެމްބަރުން ވަނީ ވޯޓު ދީފައި.

ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2024 | އާދީއްތަ 09:34
ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން، 27 އޮކްޓޯބަރ 2024

ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން، 27 އޮކްޓޯބަރ 2024

2024 ވަނަ އަހަރަށް ފާސްކުރި ބަޖެޓު މިހާތަނަށް ޚަރަދު ކުރި ގޮތް ރައްޔިތުންނަށް ސިއްރުކުރަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ހިމެނޭ ސަރުކާރު މެމްބަރުން ވޯޓު ދީގެން ފާސްކޮށްފިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި 2024 ވަނަ އަހަރުގެ 49 ބިލިއަން ރުފިޔާގެ ބަޖެޓުގެ އިތުރަށް ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅުމުން، އެ ބަޖެޓް ދިރާސާ ކުރުމަށް ނެގި މަޖިލީހުގެ ކޮމިޓީގެ އާދިއްތަ ދުވަހުގެ ބައްދަލުވުމުގައި، ބަޖެޓުން މިއަދާ ހަމައަށް ހަރަދުކުރި ގޮތުގެ ތަފުސީލު ހާމަ ކުރުމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރ އަބްދުލް ޣަފޫރު މޫސާ ހުށަހަޅުއްވާ، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ތާއީދު ކުރެއްވުމުން އެ ހުށަހެޅުން، ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ މެމްބަރުންނާއި ޖުމްހޫރީޕާޓީގެ ލީޑަރުގެ ވޯޓުން ވަނީ ފެއިލު ކޮށްލާފައެވެ.

މެމްބަރު ޣަފޫރުގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ އެމްޑީޕީ އަށް ނިސްބަތްވާ 3 މެމްބަރުންނާއި އެމްޑީއޭ އަށް ނިސްބަތްވާ މެމްބަރު މުހައްމަދު އައްބާސް ވޯޓު ދެއްވި އިރު، އެ ހުށަހެޅުން ފާސްކުރަން ނުފެންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޕީއެންސީ އަށް ނިސްބަތްވާ 14 މެމްބަރުން ވަނީ ވޯޓު ދީފައެވެ.

މި އަހަރުގެ ބާކީ ބަޔަށް ބޭނުންވާ ހަރަދުތައް ހަމަޖެއްސުމަށް ކަމަށް ބުނެ ސަރުކާރުން ވަނީ 5.1 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުސްވި ހަފްތާގައި ހުށަހަޅާފައެވެ.

ސަރުކާރުން އިތުރަށް މިއަހަރަށް 5.1 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމުން، މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް އެކަމަށް ފާޑުކިޔާފައެވެ. އިދިކޮޅު މެމްބަރުން ވިދާޅުވީ، 49 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާ ހިސާބަށް އައިއިރު ހަރަދު ކުރެވިފައިވާ ކަމަށް އޮތީ އެންމެ 18 ބިލިއަން ރުފިޔާ ކަމަށާއި، ބާކީ 31 ބިލިއަން ރުފިޔާއަށް ވީ ގޮތެއް ނޭނގޭ ކަމުގައެވެ. އިދިކޮޅު މެމްބަރުންގެ ކަންބޮޑުވުމަކީ، 31 ބިލިއަނަށް ވީ ގޮތެއް ހާމަނުކޮށް އިތުރު ފަސް ބިލިއަން ރުފިޔާ ހޯދުމަށް ސަރުކާރުން ހުށަހެޅުމެވެ.

ސަޕްލިމެންޓަރީ ބަޖެޓަށް ވާހަކަފުޅު ދައްކަވަމުން ހުސްވި ހަފްތާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ ސަރުކާރުން އިތުރު ބަޖެޓެއް ހޯދުމަށް ހުށަހަޅާފައިވާއިރު، އެއްވެސް ޕްރޮޖެކްޓެއް ހިނގާ މަންޒަރެއް ނުފެންނަ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް ޚަރަދު ނުކުރާ ވަރަށް މި ސަރުކާރުން ޚަރަދު ކޮށްފި ކަމުގައެވެ.

"އެއްވެސް ޕްރޮޖެކްޓެއް ހިނގާ މަންޒަރެއް ނުފެނޭ. ހަރަދު ވެއްޖެ ދުވަހަކު ވެސް ހަރަދު ނުވާ ވަރަށް. އެ ހަރަދު ހިނގި ގޮތެއް ފެންނާކަށް ނެތް،" މައުރޫފް ވިދާޅުވިއެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހޯމަ ދުވަހު ހާޒިރުވުމަށް ވަނީ ހަމަޖެހިފައިވާއިރު، ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ، މިހާތަނަށް ޚަރަދުވެފައިވަނީ 37 ބިލިއަން ރުފިޔާ ކަމުގައެވެ. އެހެން ނަމަވެސް އެ ޚަރަދުތަކުގެ ތަފްސީލު މިނިސްޓަރ ހާމަކުރައްވާއެއް ނުވެއެވެ.

ކޮންމެ މަހަކު އެއްފަހަރު ދައުލަތުގެ ޚަރަދާއި އާމްދަނީގެ ހިސާބުތައް އާންމު ކުރަން ގާނޫނު ލާޒިމު ކުރި ނަމަވެސް ޑރ. މުއިއްޒުގެ ސަރުކާރުން ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ މާލީ ހިސާބުތައް އާންމު ކޮށްފައެއް ނުވެއެވެ.

ދައުލަތުގެ މާލީ ހިސާބުތައް އާންމު ނުކުރާތީ އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު، ވޯލްޑް ބޭންކުންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސަޕްލިމެންޓަރީ ބެޖެޓް 2024 ފިނޭންސް މިނިސްޓަރ މޫސާ ޒަމީރުބަޖެޓް ކޮމިޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
ޒަމީރު ޖަވާބުދާރީ ނުވާތީ، އެމްޑީޕީގެ މެމްބަރުން ފިނޭންސް މިނިސްޓްރީ އަށް

ޒަމީރު ޖަވާބުދާރީ ނުވާތީ، އެމްޑީޕީގެ މެމްބަރުން ފިނޭންސް މިނިސްޓްރީ އަށް

08 ސެޕްޓެމްބަރު 2025
400 ހައުސިންގ ޔުނިޓު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގައި ފަށާނެ: ސަރުކާރު

400 ހައުސިންގ ޔުނިޓު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގައި ފަށާނެ: ސަރުކާރު

14 އެޕްރީލު 2025
ސައުދީން ވީއައިއޭ ތަރައްގީ ކުރުމަށް ބޭނުންވާ އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

ސައުދީން ވީއައިއޭ ތަރައްގީ ކުރުމަށް ބޭނުންވާ އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

14 އެޕްރީލު 2025
ޤަވައިދަށް ގެނައި ހީލަތްތެރި ބަދަލުން ޕްރައިވެޓްސެކްޓަރަށް ފުރުޞަތު ގެއްލޭނެ: އަމީރު

ޤަވައިދަށް ގެނައި ހީލަތްތެރި ބަދަލުން ޕްރައިވެޓްސެކްޓަރަށް ފުރުޞަތު ގެއްލޭނެ: އަމީރު

27 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު