Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް 2025

މީހާގެ އަތައް ސަބްސިޑީ ލިބޭ ގޮތައް ނިޒާމު ބަދަލު ކުރަނީ

ޓާގެޓެޑް ސަބްސިޑީ ދިނުމުގައި އިންސާފުވެރިކަމާއެކު އެހީތެރިކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހާ ކަނޑައަޅާނެ ގޮތެއް އަދި މީހާގެ އަތައް ފައިސާ ފޯރުކޮށްދޭނެ ގޮތުގެ ތަފްސީލު ދެއްވާފައެއް ނުވޭ

ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2024 | ބުރާސްފަތި 18:38
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ދައުލަތުގެ ބަޖެޓު 2025 ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަނީ

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ދައުލަތުގެ ބަޖެޓު 2025 ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަނީ

ކުންފުނިތަކަށް މިހާރު ސަބްސިޑީގެ ގޮތުގައި ދޭ ފައިސާ، ކުންފުންޏަށް ދިނުމުގެ ބަދަލުގައި ބޭނުން ޖެހިފައިވާ މީހާގެ އަތައް ދޭ ގޮތައް ނިޒާމު ބަދަލު ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

"އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުންނަށް ދެވޭ އެހީއާއި ސަބްސިޑީ އަކީ އެންމެ ބޭނުންޖެހިފައިވާ މީހާ ދެނެގަނެ، އެންމެ އިންސާފުވެރިކަމާއި އެކު ދެވޭ އެހީތަކަކަށް ހެދުމަކީ މުޅި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ މުހިންމު ފިޔަވަޅެއް," 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވި ގޮތުގައި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނިތަކަށް މިހާރު ދެމުންދާ ސަބްސިޑީތަކުގެ ބަދަލުގައި، އެންމެ ބޭނުންޖެހިފައިވާ ދިވެހިރައްޔިތުން ދެނެގަނެ، ސީދާ އެ ރައްޔިތު މީހާގެ ޖީބަށް ސަބްސީޑީ ލިބޭގޮތަށް ނިޒާމު ބަދަލުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވި ނަމަވެސް، އިންސާފުވެރިކަމާއެކު އެހީތެރިކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހާ ކަނޑައަޅާނެ ގޮތެއް އަދި މީހާގެ އަތައް ފައިސާ ފޯރުކޮށްދޭނެ ގޮތުގެ ތަފްސީލު ދެއްވާފައެއް ނުވެއެވެ.

ފަރުދުންނަށް ސަބްސިޑީ ލިބޭ ގޮތައް ނިޒާމަށް ބަދަލު ގެންނަން މި އަހަރުގެ ބަޖެޓުގައިވެސް ހިމަނާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2024 ވަނަ އަހަރަށް އެމްޑީޕީ ސަރުކާރުން އެކުލަވާލި ބަޖެޓު ތަންފީޒު ކުރަން ހަވާލުވީ އަލަށް އިންތިޚާބުވި ޕީއެންސީ ސަރުކާރަށް ކަމަށް ވުމާއެކު އަހަރު ނިމިގެން ދިޔައިރުވެސް އެ ނިޒާމު އިސްލާހު ކުރެވިފައި ނުވާކަން ފާހަގަ ކުރެވެއެވެ.

މިނިސްޓަރ ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވީ، ފަރުދުންނަށް ސަބްސިޑީ ދޭ ނިޒާމަކަށް، ނިޒާމު ބަދަލު ނުކުރެވުނީ މިކަމުގެ ޢަމަލީ މަސައްކަތް ކުރީ  ސަރުކާރުން ކޮށްފައި ނެތުމުން އެކަން ތަންފީޒު ނުކުރެވުނީ ކަމުގައެވެ. މިނިސްޓަރު ވިދާޅުވީ، މިކަމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކޮށް 2025 ވަނަ އަހަރު އައު ނިޒާމަށް ހިޖުރަކުރެވޭ ވަރަށް ތައްޔާރުވެވިފައިވާ ކަމަށެވެ.

ބަޖެޓް 2025ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

16 ނޮވެމްބަރު 2025
މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް: ޒިޔާދު

މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް: ޒިޔާދު

03 ނޮވެމްބަރު 2025
"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"

"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"

02 ނޮވެމްބަރު 2025
ޒަމީރު ޖަވާބުދާރީ ނުވާތީ، އެމްޑީޕީގެ މެމްބަރުން ފިނޭންސް މިނިސްޓްރީ އަށް

ޒަމީރު ޖަވާބުދާރީ ނުވާތީ، އެމްޑީޕީގެ މެމްބަރުން ފިނޭންސް މިނިސްޓްރީ އަށް

08 ސެޕްޓެމްބަރު 2025
ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!

ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!

07 އޯގަސްޓު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު