Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއައު ގަވައިދު

ކޮންޓްރެކްޓަރުންނަށް އަދަބު ދެވޭނެ ގަވައިދެއް ހަދައިފި

20 އޮކްޓޯބަރު 2024 | އާދީއްތަ 05:21

މި ގަވައިދުގެ ދަށުން 16 ކުށެއް ވަނީ ކަނޑައަޅާފައިވާއިރު، މައްސަލަތައް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ޕްރޮކިއުމަންޓް އެޕީލް ބޯޑަށް

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 20 އޮކްޓޯބަރު 2024 | އާދީއްތަ 05:21
މިނިސްޓްރީ އޮފް ފިނޭންސްގެ އިމާރާތް

މިނިސްޓްރީ އޮފް ފިނޭންސްގެ އިމާރާތް | ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ޓެންޑަރުތަކުގައި ބައިވެރިވާ ބިޑަރުންނާއި، ސަޕްލަޔަރުންނާއި، ކޮންޓްރެކްޓަރުންނަށް އަދަބު ދެވެނޭ އައު ގަވާއިދެއް މިނިސްޓްރީ އޮފް ފިނޭންސް އިން ތަޢާރަފުކޮށްފިއެވެ.

މި ގަވާއިދުގައި މިހާތަނަށް މާލިއްޔަތު ގަވާއިދު ނުވަތަ މާލިއްޔަތު ޤާނޫނުގައި ނުހިމެނޭ ކުށްތަކަށް އަދަބު ކަނޑައަޅާފައިވެއެވެ.

މި ގަވާއިދުގައި 16 ބާވަތެއްގެ ކުށް ހިމަނާފައިވެއެވެ. މީގެ ތެރޭގައި ދޮގު ލިޔެކިޔުންތައް ހުށަހެޅުމާއި، މުހިންމު މަޢުލޫމާތު ފޮރުވުމާއި، އެހެން ބިޑަރުންނަށް ހުރަސްއެޅުމަށް މަސައްކަތްކުރުން ފަދަ ކުށްތައް ހިމެނެއެވެ.

މި ފަދަ މައްސަލަތައް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމުގެ މަސްއޫލިއްޔަތު މި ގަވައިދުގެ ދަށުން ޕްރޮކިއުމަންޓް އެޕީލް ބޯޑާ ވަނީ ހަވާލުކޮށްފައެވެ.

ގަވައިދު ބުނާ ގޮތުން، ގަވައިދުގައި ކަނޑައަޅާފައިވާ ކުށެއް ކޮށްފިނަމަ، ބިޑުގެ ޖުމްލަ އަގުގެ 2.5 އިން ސައްތަ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. ޖޫރިމަނާގެ އަދަދު ކަނޑައަޅާނީ ކުށުގެ ކުޑަބޮޑުމިނަށް ބަލައިގެން ކަމަށް ގަވައިދުގައި ބުނެއެވެ.

ޖޫރިމަނާ ކުރުމުގެ އިތުރުން، ކުށެއް ކުރި ފަރާތަކަށް ކުރިއަށް އޮތްތަނުގައި ބިޑު ހުށަހެޅުމުގެ ފުރުސަތު ނުދިނުމަށް ނިންމިދާނެ ކަމަށް ގަވައިދުގައި ވެއެވެ. މިގޮތުން ކުށެއް ކުރީ ފުރަތަމަ ފަހަރު ނަމަ 3 މަހާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށް، ދެވަނަ ފަހަރު ނަމަ 2 އަހަރާއި 3 އަހަރާ ދެމެދުގެ މުއްދަތަކަށް، އަދި އޭގެ އިތުރަށް ކުށެއް ކޮށްފިނަމަ 5 އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ބަންދު ކުރެވިދާނެ ކަމަށް ގަވައިދުގައި ވެއެވެ. މީގެ އިތުރުން، ކުރީގެ ސަސްޕެންޝަނަކަށްފަހު 3 އަހަރުގެ ތެރޭގައި އައު ކުށެއް ކޮށްފިނަމަ، ސަސްޕެންޝަންގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށްވެސް ގަވައިދުގައި ކަނޑައަޅާފައިވެއެވެ.

ޖޫރިމަނާ ނުވަތަ ސަސްޕެންޝަނަށް ހުށަހެޅޭ ފަރާތްތަކަށް އެކަމުގެ ސަބަބު ބަޔާންކޮށް އެންގުމާއެކު އެ ފަރާތަކަށް އެކަމަށް ޖަވާބުދާރީވުމަށް 5 ދުވަސް ދޭން ޖެހޭނެ ކަމަށް ގަވައިދު ބުނެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

05 މާރިޗު 2022

ފޭސްބުކް މެދުވެރިކޮށް ޕްރީޕެއިޑް ރީޗާޖް ކުރެވޭގޮތް އުރީދޫ އިން ހަދައިފި

05 މާރިޗު 2022
ފޭސްބުކް މެދުވެރިކޮށް ޕްރީޕެއިޑް ރީޗާޖް ކުރެވޭގޮތް އުރީދޫ އިން ހަދައިފި
07 ޖުލައި 2021

ސައުތު އޭޝިޔާގެ ފަތުރުވެރިންނަށް މިމަހު 15ގެ ފަހުން ރިސޯޓުތަކަށް، 30 ގެ ފަހުން ރަށްރަށުގެ ގެސްޓްހައުސްތަކަށް ދެވޭނެ

07 ޖުލައި 2021
ސައުތު އޭޝިޔާގެ ފަތުރުވެރިންނަށް މިމަހު 15ގެ ފަހުން ރިސޯޓުތަކަށް، 30 ގެ ފަހުން ރަށްރަށުގެ ގެސްޓްހައުސްތަކަށް ދެވޭނެ
07 ޖުލައި 2021

ރެސްޓޯރެންޓުތަކާއި ކެފޭތަކުން ރޭގަނޑު 11:30 އާހަމައަށް ޑައިނިންގގެ ޚިދުމަތް ދެވޭނެ

07 ޖުލައި 2021
ރެސްޓޯރެންޓުތަކާއި ކެފޭތަކުން ރޭގަނޑު 11:30 އާހަމައަށް ޑައިނިންގގެ ޚިދުމަތް ދެވޭނެ
23 ޖޫން 2021

ކާބޯތަކެއްޗާއި މުދާ ވިއްކާ ތަންތަނުން ޚިދުމަތް ދެވޭނެ ގަޑިތަކަށް ބަދަލުތަކެއް

23 ޖޫން 2021
ކާބޯތަކެއްޗާއި މުދާ ވިއްކާ ތަންތަނުން ޚިދުމަތް ދެވޭނެ ގަޑިތަކަށް ބަދަލުތަކެއް
09 ޑިސެމްބަރު 2020

ބީއެމްއެލް މެދުވެރިކޮށް އީއައިބީގެ ކޮވިޑް ރިލީފް ލޯނަށް މިހާރު އެދެވޭނެ

09 ޑިސެމްބަރު 2020
ބީއެމްއެލް މެދުވެރިކޮށް އީއައިބީގެ ކޮވިޑް ރިލީފް ލޯނަށް މިހާރު އެދެވޭނެ
24 ނޮވެމްބަރު 2020

ދިރާގުގެ ނައުއެމްވީ އެޕް: މިހާރު ފަސޭހަކަމާއެކު އެންޖީއޯތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ

24 ނޮވެމްބަރު 2020
ދިރާގުގެ ނައުއެމްވީ އެޕް: މިހާރު ފަސޭހަކަމާއެކު އެންޖީއޯތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ
23 އޯގަސްޓު 2020

އުރީދޫ މޯލްޑިވްސްއިން އޯޑޮކް ޓެލެމެޑެސިން ޕްލެޓްފޯރމާއެކު ޕާޓްނާޝިޕް ހަދައިފި

23 އޯގަސްޓު 2020
އުރީދޫ މޯލްޑިވްސްއިން އޯޑޮކް ޓެލެމެޑެސިން ޕްލެޓްފޯރމާއެކު ޕާޓްނާޝިޕް ހަދައިފި
20 ޖޫން 2020

ބީއެޗްއެމްއިން އޮންލައިންކޮށް ވިޔަފާރި ކުރެވޭ ގޮތް ހަދައިފި

20 ޖޫން 2020
ބީއެޗްއެމްއިން އޮންލައިންކޮށް ވިޔަފާރި ކުރެވޭ ގޮތް ހަދައިފި
24 ފެބުރުއަރީ 2020

މީޑިއާނެޓް ޑީކޯޑަރ ބޭނުންކޮށްގެން ކަރޯކޭ ބޭނުން ކުރެވޭގޮތް ހަދައިފި

24 ފެބުރުއަރީ 2020
މީޑިއާނެޓް ޑީކޯޑަރ ބޭނުންކޮށްގެން ކަރޯކޭ ބޭނުން ކުރެވޭގޮތް ހަދައިފި
24 ސެޕްޓެމްބަރު 2019

ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެއައި ފަތުރުވެރިންނަށް އަނބުރާ ގައުމަށް ދެވޭނެ ގޮތް ހަދައިދޭނަން

24 ސެޕްޓެމްބަރު 2019
ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެއައި ފަތުރުވެރިންނަށް އަނބުރާ ގައުމަށް ދެވޭނެ ގޮތް ހަދައިދޭނަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް